Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކަރަބޯ ކަޕް

ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި

މިވަގުތަކީ އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އިނގިރޭސިވިލާތަށް ވެސް ނުތަނަވަސްކަން ކުރިމަތިވެފައިވާ ވަގުތެއް. ނަަމަވެސް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތަށް އަމާޒުކޮށް ހަމަލާއެއް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މާރިޗު 2026 | އަންގާރަ 04:40
ކަރަބޯ ކަޕްގެ ފައިނަލް މެޗުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

ކަރަބޯ ކަޕްގެ ފައިނަލް މެޗުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީ އިމޭޖަސް

ކަރަބޯ ކަޕްގެ ފައިނަލްގައި އާސެނަލް އާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރި މެޗު ބައްލަވަން ވެސް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވަޑައިގެންނެވުމުން، އެކަމުގެ ސަމާލުކަން ގިނަ ބަޔަކަށް ލިބިއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ސިޓީ އިން ވަނީ 2-0 އިން އާސެނަލް ބަލިކޮށް ކަރަބޯ ކަޕް ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި ޖެހި ދެ ލަނޑާ އެކު ސިޓީ އިން އާސެނަލް ބަލި ކުރިއިރު، އެ ޓީމުން ވަނީ ނުވަ ވަނަ ފަހަރަށް ކަރަބޯ ކަޕްގެ ތަށި އުފުލާލައިފަ އެވެ.

އެ މެޗު ބައްލަވަން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވިއިރު، ސްޓާމާ އަކީ އާސެނަލްގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އެ މެޗުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު މެޗު ބައްލަވަން ވެސް ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި އެވެ. އެ މެޗާ އެއްގޮތަށް، ކަރަބޯ ކަޕްގެ ފައިނަލް މެޗުގައި ވެސް ބޮޑު ވަޒީރު ވަނީ ބައެއް އާންމުންނާ ބައްދަލު ކުރައްވައި، ވަގުތު ހޭދަ ކުރައްވައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ބައެއް ފަރާތް ތަކުން ވަނީ ސޯޝަލް މީޑިއާގައި އެކި ކަހަލަ ޝުއޫރުތައް ފާޅު ކޮށްފަ އެވެ. އެގޮތުން ސިޔާސީ ގޮތުންނާއި، ސަރަހައްދީ ގޮތުން ވެސް ބޮޑު ނުތަނަވަސްކަމެއް އޮތް ދަނޑި ވަޅެއްގައި، ބޮޑު ވަޒީރު ފެންނަނީ ވަރަށް "ކޫލް" ބޭފުޅެއްގެ ގޮތުގައި ކަމަށް ބައެއް ފަރާތް ތަކުން ފާހަގަ ކޮށްފައިވެ އެވެ. އަދި ބޮޑު ވަޒީރު ބޭނުންފުޅުވަނީ ވީހާ ވެސް ގިނައިން އާންމުންގެ ތެރެއިން ފެންނަން ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. 

މީގެ އިތުރުން ބޮޑު ވަޒީރު ސްޓާމާ އަކީ އަބަދު ވެސް އާސެނަލްގެ ސަޕޯޓަރެއް ކަށާއި، އާސެނަލް ކުޅޭ މެޗުތައް ބައްލަވަން ވަޑައިގެންނެވުމަކީ ސްޓާމާގެ އާދައެއް ކަަމަަށް ބައެއް ފަރާތް ތަކުން ބުނެފައިވެ އެވެ. ޚާއްޞަކޮށް ބޮޑު ވަޒީރުގެ މަގާމުގައި ހުންނެވި ނަމަވެސް، އާސެނަލް އިން ކުޅޭ މުހިންމު މެޗުތައް ބައްލަވަން ވަޑައިގެންނެވުމަށް ސްޓާމާ އިސްކަން ދެއްވާ ކަމަށް ވެސް އާންމުން ވަނީ ފާހަގަ ކޮށްފަ އެވެ. 

މިވަގުތަކީ އެމެރިކާ އާއި އިޒްރޭލް އިން އީރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން، އިނގިރޭސިވިލާތަށް ވެސް ނުތަނަވަސްކަން ކުރިމަތިވެފައިވާ ވަގުތެކެވެ. ނަަމަވެސް، ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ އިނގިރޭސިވިލާތަށް އަމާޒުކޮށް ހަމަލާއެއް އަތުވެދާނެ ކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ.

ކަރަބޯ ކަޕްއިނގިރޭސިވިލާތްއާސެނަލްކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އިން އިނގިރޭސިވިލާތަށް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް: ބޮޑު ވަޒީރު ސްޓާމާ

އީރާން އިން އިނގިރޭސިވިލާތަށް ހަމަލާއެއް ދީފާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް: ބޮޑު ވަޒީރު ސްޓާމާ

23 މާރިޗު 2026
އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

23 މާރިޗު 2026
އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

އިނގިރޭސިވިލާތަށް ހަމަލާ ދެވޭ ފެންވަރުގެ މިސައިލް އީރާން އަތުގައި ހުރި ކަމުގެ އިންޒާރު، ބޮޑު ވަޒީރު ސްޓާމާ އަށް ދީފި

22 މާރިޗު 2026
ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

ޓްރަމްޕް އަކީ އަމިއްލަ އަށް ވާހަކަ ދެއްކޭނެ މީހެއް، އަހަރަމެން ޖަވާބު ދޭކަށް ނުޖެހޭނެ: އިނގިރޭސިވިލާތުގެ ހައުސިން ސެކްރެޓަރީ

22 މާރިޗު 2026
ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

22 މާރިޗު 2026

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު