Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް

މޮޅާ އެކު އާސެނަލް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ އެގްރިގޭޓް ނަތީޖާ 3-1 އިން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 މާރިޗު 2026 | ބުދަ 04:28
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުގެ ދެ ވަނަ ލެގުގައި ބަޔާ ލެވަކޫސަން ބަލިކޮށް، އާސެނަލް އިން މުބާރާތުގެ ކުއާޓާ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ލެވަކޫސަންގެ ދަނޑުގައި މި ދެ ޓީމު ބައްދަލު ކުރި ފުރަތަމަ ލެގު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. އެހެންވެ ދެ ވަނަ ލެގުން މޮޅުވާ ޓީމަކަަށް ކުއާޓާ ފައިނަލްގެ ފުރުސުަތު އޮތީ ތަނަވަސްވެފަ އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އާސެނަލް އަށް ލީޑު ނަގައިދިނީ އެބްރެޗީ އެޒޭ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ލިއާންޑްރޯ ޓްރޮސާޑް އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގެ 63 ވަނަ މިނެޓުގައި ޑެކްލަން ރައިސް ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.

މޮޅާ އެކު އާސެނަލް އިން މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދީ އެގްރިގޭޓް ނަތީޖާ 3-1 އިންނެވެ. މި ސީޒަންގައި އާސެނަލް އިން އަންނަނީ ރަނގަޅު ނަތީޖާ ތަކެއް ނެރެމުންނެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްބަޔާ ލެވަކޫސަން

އިތުރަށް ކިޔާލަން

16 މާރިޗު 2026

ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި

16 މާރިޗު 2026
ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި
15 މާރިޗު 2026

އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

15 މާރިޗު 2026
އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް
14 މާރިޗު 2026

އާސެނަލް އަށް އެންމެ މުހިންމީ ލީޑު ހިފެހެއްޓުން: އާޓެޓާ

14 މާރިޗު 2026
އާސެނަލް އަށް އެންމެ މުހިންމީ ލީޑު ހިފެހެއްޓުން: އާޓެޓާ
12 މާރިޗު 2026

ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

12 މާރިޗު 2026
ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި
12 މާރިޗު 2026

ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި

12 މާރިޗު 2026
ޗެލްސީ ބަލިކޮށް، ޕީއެސްޖީ އިން ފުރުސަތު ބޮޑު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު