Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަރަބޯ ކަޕް

އާސެނަލް ބަލިކޮށް ސިޓީ އިން ކަރަބޯ ކަޕް ކާމިޔާބު ކޮށްފި

މޮޅާ އެކު ސިޓީ އިން ވަނީ ނުވަ ވަނަ ފަހަރަށް ކަރަބޯ ކަޕްގެ ތަށި އުފުލާލާފައި. މި ކާމިޔާބާ އެކު ސިޓީ އަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ ވެފައި ވަނީ ކަރަބޯ ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދި ފުރަތަމަ ކޯޗަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 މާރިޗު 2026 | ހޯމަ 02:13
ސިޓީ އިން ކަރަބޯ ކަޕްގެ ތަށި އުފުލާލަނީ

ސިޓީ އިން ކަރަބޯ ކަޕްގެ ތަށި އުފުލާލަނީ | ރޮއިޓާސް

ކަރަބޯ ކަޕްގެ ފައިނަލްގައި ވާދަވެރި އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މެންޗެސްޓަރ ސިޓީ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗު ސިޓީ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ސިޓީ އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ދެ ޓީމުން ވަނީ ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެއްވެސް ޓީމަކަށް ފުރުސަތުގެ ބޭނުން ނުކުރެވުނުއިރު، ފުރަތަމަ ހާފު ނިމުނީ އެއްވެސް ލަނޑެއް ނުފެނި އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 60 ވަނަ މިނެޓުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސިޓީ އަށް ޖަހައިދިނީ އެ ޓީމުގެ ޒުވާން ކުޅުންތެރިޔާ ނިކޯ އޯރައިލީ އެވެ. އެއީ އާސެނަލްގެ ގޯލު ކީޕަރު ކެޕާ އަރިއްޒަބަލާގާ އަށް ހެދުނު ގޯހެއްގައި ލިބުނު ބޯޅަ އަކުން އޭނާ ޖެހި ލަނޑެކެވެ.

ސިޓީ އިން ލީޑު ނެގިތާ ހަތަރު މިނެޓު ފަހުން އެ ޓީމުން ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކުރީ ވެސް ނިކޯ އޯރައިލީ ޖެހި ލަނޑުންނެވެ. އެ ލަނޑު އޭނާ ޖެހީ ސިޓީގެ މަތެއުސް ނޫނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލިބުނު ބޯޅަ އަކުންނެވެ. ސިޓީ އިން ދެ ލަނޑު ޖެހި ފަހުން ވެސް، އާސެނަލް އިން ވަނީ ލަނޑު ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ.

މޮޅާ އެކު ސިޓީ އިން ވަނީ ނުވަ ވަނަ ފަހަރަށް ކަރަބޯ ކަޕްގެ ތަށި އުފުލާލައިފަ އެވެ. މި ކާމިޔާބާ އެކު ސިޓީ އަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ ވެފައި ވަނީ ކަރަބޯ ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދި ފުރަތަމަ ކޯޗަށެވެ. 

ކަރަބޯ ކަޕްއާސެނަލްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

22 މާރިޗު 2026

ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ

22 މާރިޗު 2026
ކަރަބޯ ކަޕް ކާމިޔާބު ކުރިޔަސް، ލީގު ލިބޭކަން ޔަޤީނެއް ނުވާނެ": ގާޑިއޯލާ
22 މާރިޗު 2026

އާޓެޓާ ހުރީ ތަށި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަމާ އެކު!

22 މާރިޗު 2026
އާޓެޓާ ހުރީ ތަށި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަމާ އެކު!
18 މާރިޗު 2026

ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް

18 މާރިޗު 2026
ރެއާލް ނުހުއްޓުވުނު، ދެ ވަނަ ލެގުގައި ވެސް ސިޓީ ބަލިކޮށް ކުއާޓާ ފައިނަލަށް
18 މާރިޗު 2026

ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް

18 މާރިޗު 2026
ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް
16 މާރިޗު 2026

ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި

16 މާރިޗު 2026
ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި
15 މާރިޗު 2026

ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

15 މާރިޗު 2026
ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު
15 މާރިޗު 2026

އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

15 މާރިޗު 2026
އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް
14 މާރިޗު 2026

ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް

14 މާރިޗު 2026
ރެއާލް މެޗުގެ ނަތީޖާއާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، މިއީ ސިޓީ އަށް ފަރިތަ ކަމެއް ކަމަށް
14 މާރިޗު 2026

އާސެނަލް އަށް އެންމެ މުހިންމީ ލީޑު ހިފެހެއްޓުން: އާޓެޓާ

14 މާރިޗު 2026
އާސެނަލް އަށް އެންމެ މުހިންމީ ލީޑު ހިފެހެއްޓުން: އާޓެޓާ
12 މާރިޗު 2026

ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި

12 މާރިޗު 2026
ވަލްވާޑޭގެ ހެޓްރިކާ އެކު، ރެއާލް އިން ސިޓީ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު