Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ފުރަތަމަ ލެގުގައި އާސެނަލް އިން ސްޕޯޓިން ބަލިކޮށްފި

މެޗުން މޮޅުވެ އާސެނަލް އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އާސެނަލްގެ އަމިއްލަ ދަނޑުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އެޕްރީލު 2026 | ބުދަ 07:42
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ހަވާޓްޒް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ހަވާޓްޒް އުފާ ފާޅު ކުރަނީ | ރޮއިޓާސް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ސަޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އާސެނަލް މޮޅުވެއްޖެ އެވެ. 

ސްޕޯޓިންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އާސެނަލް އިން ލަނޑު ޖަހާފައި ވަނީ ވެސް، މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް އާސެނަލް އިން ވަނީ ރަނގަޅަށް ކުޅެ ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. އާސެނަލް އަށް ލީޑު ނަގައިދޭން އެ ޓީމުގެ ލިއާންޑްރޯ ޓްރޮސާޑް އާއި، ވިކްޓަ ޔޮކަރޭޝް އަށް ލިބުނު ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. ސްޕޯޓިން އިން ވެސް ވަނީ އާސެނަލް ކޮޅަށް ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 64 ވަނަ މިނެޓުގައި އާސެނަލްގެ މާޓިން ޒުބިމެންޑީ ލަނޑެއް ޖަހައި އެ ޓީމަށް ކުރި ހޯދައިދިން ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން މެޗު އެއްވަރުވާން ދަނިކޮށް، އާސެނަލް މޮޅުވެފައި ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު އާސެނަލް އަށް ޖަހައިދިނީ ކައި ހަވާޓްޒް އެވެެ. އެއީ ގެބްރިއެލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. 

މެޗުން މޮޅުވެ އާސެނަލް އިން މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފައިވާއިރު، ކުއާޓާ ފައިނަލްގެ ދެ ވަނަ ލެގު އޮންނާނީ އާސެނަލްގެ އަމިއްލަ ދަނޑުގަ އެވެ. މިދިޔަ ސީޒަންގައި ވެސް އާސެނަލް ވަނީ ޗެެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. ނަމަވެސް ސެމީ ފައިނަލްގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަތުން ބަލިވެ އާސެނަލް ވަނީ މުބާާރާތުން ކަޓައިފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުއާސެނަލްސްޕޯޓިން ސީފީ

އިތުރަށް ކިޔާލަން

08 އެޕްރީލު 2026

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

08 އެޕްރީލު 2026
ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި
07 އެޕްރީލު 2026

ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި

07 އެޕްރީލު 2026
ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި
05 އެޕްރީލު 2026

ސައުތެމްޓަން އަތް ދަށުގެ އާސެނަލް ކަޓައިފި

05 އެޕްރީލު 2026
ސައުތެމްޓަން އަތް ދަށުގެ އާސެނަލް ކަޓައިފި
30 މާރިޗު 2026

އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

30 މާރިޗު 2026
އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ
24 މާރިޗު 2026

ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި

24 މާރިޗު 2026
ސިޓީ އަތުން އާސެނަލް ބަލިވި ފައިނަލް މެޗު ބައްލަވަން ވެސް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު