Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކަރަބޯ ކަޕް

އާޓެޓާ ހުރީ ތަށި ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަމާ އެކު!

މިވަގުތާ ހަމައަށް އައިއިރު އާސެނަލް އޮތް ފެންވަރާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، މާޒީވި ދުވަސް ތަކުގައި އާސެނަލް އިން ކުރި މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަމަށް އޭނާ ބުނި. ޚާއްސަކޮށް އެންމެ މުހިންމު ވަގުތުގައި، އެންމެ ރަނގަޅު ކުޅުން ދައްކަން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 މާރިޗު 2026 | އާދީއްތަ 03:27
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ | ރޮއިޓާސް

ކަރަބޯ ކަޕްގެ ފައިނަލްގައި ވާދަވެރި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނައިރު، ފައިނަލް މެޗުން މޮޅުވެ މުބާރާތުގެ ތަށި ކާމިޔާބު ކުރެވޭނެ ކަމުގެ އިތުބާރާއި ޔަޤީންކަން އޮތް ކަމަށް، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅޭ ފައިނަލް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އޭނާ ބޭނުން ވަނީ ހަަމައެކަނި ތަށި ކާމިޔާބު ކުރަން ކަމަށެވެ. އެގޮތުން ފައިނަލް މެޗުގެ ކުރިން ލިބޭ ވަގުތު ތަކުގައި މެޗަށް ތައްޔާރުވެ، ރަނގަޅު ރޫޙެއް ޓީމުގައި ބޭއްވުމަކީ މުހިންމު ކަަމެއް ކަމަށް އާޓެޓާ ބުންޏެވެ. އާސެނަލް އޮތީ މެޗަށް ތައްޔާރަށްކަން ފާހަގަކޮށް އާޓެޓާ ބުނީ، މުބާރާތް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން ވެސް އޮތް ކަމަށެވެ.

މެޗުގެ ކުރިން އެއްވެސް ކަހަލަ ހާސްވުމެއް އޮތްތޯ ސުވާލު ކުރުމުން އާޓެޓާ ބުނީ، އެކަހަލަ އެއްވެސް ކަމެއް ނެތް ކަމަށެވެ. އޭގެ ބަދަލުގައި އޭނާ ހުރީ ވަރަށް ޕޮޒިޓިވްކޮށް ކަމަށާއި، މެޗާ މެދު ވަރަށް އުފާވެރި އިޙުސާސް ތަކެއް ކުރެވޭ ކަމަށް އާޓެޓާ ބުނެފައިވެ އެވެ. އެއާ އެކު އާޓެޓާ ބުނީ، މިއީ ސީޒަންގެ އެންމެ މުހިންމު ވަގުތު ކޮޅު ކަމަށާއި، މިއީ ސީޒަންގެ އެންމެ ވާދަވެރި ވަގުތަށް ވާނެ ކަމަށެވެ. އޭނާ ބުނީ އާސެނަލް އޮތީ ރަނގަޅު ފެންވަރެއްގައިކަން ސާބިތުކޮށްދޭން ޖެހޭނީ ދަނޑު މަތިން ކަމަށެވެ.

އާސެނަލްގެ ޓީމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އާޓެޓާ ބުނީ، އޭނާގެ ނަޒަރުގައި އަދި ވެސް ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް، މިވަގުތާ ހަމައަށް އައިއިރު އާސެނަލް އޮތް ފެންވަރާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، މާޒީވި ދުވަސް ތަކުގައި އާސެނަލް އިން ކުރި މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ކުރާނެ ކަމަށް އޭނާ ބުންޏެވެ. ޚާއްސަކޮށް އެންމެ މުހިންމު ވަގުތުގައި، އެންމެ ރަނގަޅު ކުޅުން ދައްކަން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

އާދީއްތަ ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި އާސެނަލް އާއި ސިޓީ ބައްދަލު ކުރާ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގައެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި އާސެނަލް އާއި ސިޓީ ބައްދަލު ކުރިއިރު، އެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ.

ކަރަބޯ ކަޕްއާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް

ދެ ވަނަ ލެގު ކާމިޔާބުކޮށް، އާސެނަލް ކުއާޓާ ފައިނަލް އަށް

18 މާރިޗު 2026
ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި

ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި

16 މާރިޗު 2026
އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

15 މާރިޗު 2026
އާސެނަލް އަށް އެންމެ މުހިންމީ ލީޑު ހިފެހެއްޓުން: އާޓެޓާ

އާސެނަލް އަށް އެންމެ މުހިންމީ ލީޑު ހިފެހެއްޓުން: އާޓެޓާ

14 މާރިޗު 2026
ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން

ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން

12 މާރިޗު 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު