Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާން އިން އެ ޤައުމުގެ މިސައިލް ނިޒާމު ވަރުގަދަ ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ބުނެފި

އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ހޯދާފައިވާ މައުލޫމާތު ތަކަށް ބިނާކޮށް ރިޕޯޓުތައް ބުނާ ގޮތުގައި، އީރާން އިން މިހާރު ދަނީ އެ ޤައުމުގެ އަސްކަރީ ވަސީލަތްތައް އަލުން ބިނާކޮށް، ހަނގުރާމަ އަށް ތައްޔާރު ވަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 މެއި 2026 | ހުކުރު 06:59
އެމެރިކާ އާއި އީރާންގެ ދިދަ.

އެމެރިކާ އާއި އީރާންގެ ދިދަ. | ރޮއިޓާސް

އީރާން އިން އެ ޤައުމުގެ މިސައިލްގެ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ. 

އެމެރިކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިޒްރޭލް އިން ދިން ހަަމަލާ ތަކުގައި ސުންނާފަތި ވެފައިވާ އިމާރާތް ތަކުގެ ކުނި ތަކުގެ ދަށުގައި ފޮރުވިފައިވާ، ނުވަތަ ވަޅުލެވިފައިވާ މިސައިލް ތަކާއި ގޮވާ ތަކެތި ނެގުމުގެ މަސައްކަތް މިހާރި އީރާން އިން ހަލުވިކަމާ އެކު ކުރަމުން އަންނަ ކަމަށެވެ. 

މިއީ ކުރިއަށް އޮތް ތަނުގައި ކުރިމަތި ވެދާނެ ހަމަލާ އަކުން ދިފާއުވުމަށާއި، ބަދަލު ހިފުމުގެ ހަމަލާއެއް ދިނުމަށްޓަކައި އީރާން އިން ކުރަމުންދާ މަސައްކަތް ތަކެއް ކަމަށް އެމެރިކާގެ އޮފިޝަލުން ޤަބޫލު ކުރެ އެވެ. 

އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ހޯދާފައިވާ މައުލޫމާތު ތަކަށް ބިނާކޮށް ރިޕޯޓުތައް ބުނާ ގޮތުގައި، އީރާން އިން މިހާރު ދަނީ އެ ޤައުމުގެ އަސްކަރީ ވަސީލަތްތައް އަލުން ބިނާކޮށް، ހަނގުރާމަ އަށް ތައްޔާރު ވަމުންނެވެ. ޚާއްސަކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވީ ފަހުން، އީރާންއާ މެދު ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ދަށުން އަސްކަރީ ކުރިމަތިލުމަކަށް ގޮސްދާނެ ކަމުގެ ބިރު އީރާން އަށް އޮތް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ. 

މީގެ އިތުރުން އީރާން އިން މިހާރު ކުރަމުންދާ މަސައްކަތް ތަކުގެ ތެރޭގައި ހަލާކުވެފައިވާ އަސްކަރީ މަރުކަޒު ތަކުން ބޭނުން ކުރެވިދާނެ ހަތިޔާރުތައް ހޯދުމާއި، އެ ތަކެތި މަރާމާތު ކޮށްގެން ބޭނުން ކުރެވޭނެ ގޮތް ހެދުން ހިމެނެ އެވެ. މިއީ އެ ޤައުމުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އަޅަމުންދާ އަވަސް ފިޔަވަޅެއްގެ ގޮތުގައި އެމެރިކާގެ އޮފިޝަލުން ސިފަ ކުރެ އެވެ. 

ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި އީރާންއާ މެދު ގެންގުޅުނު "މެކްސިމަމް ޕްރެޝަރު" ނުވަތަ އެންމެ މަތީ ދަރަޖައިގެ ފިއްތުންތައް ކުރިމަތި ކުރުމުގެ ސިޔާސަތު އަލުން އިއާދަވެދާނެ ކަމަށް ބެލެވޭތީ، މުޅި މެދު އިރުމަތީގެ މަސްރަހު މިހާރު އޮތީ ވަރަށް ބޮޑަށް ނުތަނަވަސްވެފަ އެވެ. މި ނުތަނަވަސްކަމުގެ ތެރޭގައި އީރާން އަށް އެ ޤައުމުގެ މިސައިލް ޕްރޮގްރާމް އިތުރަށް ހަލުވި ކުުރުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް ބައިނަލްއަޤުވާމީ މުޖުތަމައުން ދެކެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ އިން މަސައްކަތް ކުރަނީ އީރާންގައި ބައިބައިވުން އުފައްދައި، ވެރިކަން ވައްޓާލަން: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް

އެމެރިކާ އިން މަސައްކަތް ކުރަނީ އީރާންގައި ބައިބައިވުން އުފައްދައި، ވެރިކަން ވައްޓާލަން: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް

30 އެޕްރީލު 2026
ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!

ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!

30 އެޕްރީލު 2026
އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް

އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް

30 އެޕްރީލު 2026
އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

29 އެޕްރީލު 2026
އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު