Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އެމެރިކާ އިން މަސައްކަތް ކުރަނީ އީރާންގައި ބައިބައިވުން އުފައްދައި، ވެރިކަން ވައްޓާލަން: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޣަލިބާފް

އިޤްތިޞާދީ ގޮތުން އީރާން އަށް ދަތިކޮށް، ކަނޑުގެ މަގުން ބަނދަރުތައް ބަންދު ކޮށްގެން އީރާން ކުޑަ ކަކޫ ޖެއްސުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވި. އޭގެ ބޭނުމަކީ ޤައުމުގެ އެތެރޭގައި ހަމަ ނުޖެހުން އުފައްދައި، އީރާންގެ ބާރު ކަނޑުވާލުން ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 10:55
އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް.

އީރާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް. | ރޮއިޓާސް

އެމެރިކާ އިން މަސައްކަތް ކުރަނީ އީރާންގެ އެތެރޭގައި ބައިބައިވުން އުފައްދައި، އީރާންގެ ވެރިކަން ވައްޓާލަން ކަމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ޣަލިބާފް ވިދާޅުވެއްޖެ އެވެ. 

އީރާންގެ ސިޔާސީ މަސްރަހުގައި ވެސް ނުފޫޒު ގަދަ ބޭފުޅެއްގެ ގޮތުގައި ފާހަަގަ ކުރެވޭ ޣަލިބާފް މިހެން ވިދާޅުވީ، އީރާންގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ބުދަ ދުވަހު ދެއްވި ބަޔާނެއްގަ އެވެ. 

ޣަލިބާފް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަކީ، އީރާންގެ ރައްޔިތުންނާއި، އެ ޤައުމުގެ ސިޔާސީ ފަރާތްތައް އަދި ހަރުކަށި ފިކުރުގެ މީހުންނާ މެދު ބައިބައިވުން އުފެއްދުން ކަމަށެވެ. އަދި އެއަށް ފަހު އިޤްތިޞާދީ ގޮތުން އީރާން އަށް ދަތިކޮށް، ކަނޑުގެ މަގުން ބަނދަރުތައް ބަންދު ކޮށްގެން އީރާން ކުޑަ ކަކޫ ޖެއްސުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އޭގެ ބޭނުމަކީ ޤައުމުގެ އެތެރޭގައި ހަމަ ނުޖެހުން އުފައްދައި، އީރާންގެ ބާރު ކަނޑުވާލުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން ދެމުންދާ ހަމަލާ ތަކުގައި އީރާންގެ އެންމެ މަތީވެރިޔާ، އާޔަތުﷲ އަލީ ޚާމަނާއީ އާއި  އެހެން އިސް ލީޑަރުން ތަކެއް އަވަހާރަ ކޮށްލާފައިވާ މި ދަނޑިވަޅުގައި، އީރާންގެ ބާރުވެރިކަން އޮތްގޮތާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ގެންދެ އެވެ. މި މަހުގެ ކުރީ ކޮޅު އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ އީރާންގެ ސަރުކާރު ވަރަށް ބޮޑަށް ބައިބައި ވެފައިވާ ކަމަށާއި، އެއީ ހައިރާން ވާން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. 

ނަމަވެސް، އީރާން އިން ފެންނަނީ އެމެރިކާގެ ބިރު ދެއްކުންތަކާއި، ފިއްތުން ތަކުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖަހާ މަންޒަރެވެ. އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމާނައީ ވެސް ގެންދަވަނީ ބަރާބަރަށް ޤައުމުގެ ކަންކަން ބައްލަވަމުން ކަަމަށާއި، އެމެރިކާ އިން ބޭނުންވާހާ ގޮތަކަށް އީރާން އިން ދޫ ނުދޭނެ ކަމަށް މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ. 

އެމެރިކާ އާއި އީރާާންއާ ދެމެދު ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާ ތަކުގައި ވެސް ބައިވެރިވެ ވަޑައިގެންނެވި ޣަލިބާފް އިތުރަށް ވިދާޅުވީ، ދުޝްމަނުން މިހާރު ވަނީ އައު މަރުޙަލާ އަކަށް ފިޔަވަޅު އަޅާފައި ކަމަށެވެ. އެގޮތުން ކަނޑުގެ މަގުން ބަނދަރުތައް ބަންދު ކުރުމާއި، މީޑިއާގެ ވަސީލަތްތައް ބޭނުން ކޮށްގެން ދޮގު ޚަބަރު ފެތުރުމުގެ ބޭނުމަކީ، އީރާންގެ އެތެރޭގެ މަސްރަހު ގަޑު ބަޑު ކޮށްލުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. މި ނުރައްކަލުން ސަލާމަތްވުމަށް އޮތް ހަމައެކަނި ޙައްލަކީ ޤައުމީ އެއްބައިވަންތަކަން ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމެރިކާ އިން އީރާންގެ ބަނދަރުތައް ބަންދު ކުރަން ފަށާފައި ވަނީ، ދުނިޔޭގެ ތެލާއި ގޭސް އުފުލުމުގައި މުހިންމު ދައުރެއް އަދާ ކުރާ ހޮރްމޫޒް ކަނޑު އޮޅި ބަންދު ކުރާނެ ކަމުގެ އިންޒާރު އީރާން އިން ދިނުމާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މި ފިޔަވަޅު ތަކުގެ ސަބަބުން އީރާންގެ އިޤްތިޞާދަށް ބޮޑެތި ގޮން ޖެހުން ތަކެއް ކުރިމަތިވަމުންދާކަން ފާހަގަ ކުރެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ މުހައްމަދު ބާގިރު ގަލިބާފްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!

ޓްރަމްޕް އާއެކު ކުރިއަށް ގެންދިޔަ 90 މިނެޓުގެ ފޯނު ކޯލެއްގައި ޕުޓިންގެ ވަރުގަދަ އިންޒާރެއް!

30 އެޕްރީލު 2026
އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް

އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް

30 އެޕްރީލު 2026
އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

29 އެޕްރީލު 2026
އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

29 އެޕްރީލު 2026
ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ

ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު