Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-އިޒްރޭލް

އިޒްރޭލް އިން ހިޒްބުﷲ އަށް ހަމަލާ ދޭއިރު އިމާރާތް ތަކަށް އަމާޒު ކޮށްގެން ނުވާނެ، ގޯސް ވާނީ އިޒްރޭލް: ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ ހިޒްބުﷲ އާއި އެ ޖަމާއަތަށް އެންމެ ބޮޑު ވާގިވެރި ކަމެއް ދޭ ޤައުމަކީ އީރާން ކަމަށާއި، އީރާން އިން ލުބުނާން ހަލާކު ކޮށްލާފައިވާ ކަމަށް. އެެމެރިކާގެ އެކްސިއޯސް އަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން ނައްތާލުމުން، އޮޓޮމެޓިކުން ހިޒްބުﷲ ވެސް ނައްތާލެވެނޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 05:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް

އިޒްރޭލް އިން ލިބުނާންގެ ހިޒްބުﷲ ޖަމާއަތަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް ދޭއިރު، އިމާރާތް ތަކަށް އަމާޒުކޮށް ހަމަލާ ދީގެން ނުވާނެ ކަމަށް އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް އަންގާފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ، އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަށް އެކަން އަންގާފައިވާ ކަމަށާއި، އިމާރާތް ތަކަަށް ހަމަލާ ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގެ ސަބަބުން އިޒްރޭލް ގޯސް ވާނެ ކަމަށާއި، އިޒްރޭލް އަކީ ގޯސް ބައެއްގެ ގޮތުގައި ސިފަ ވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ ހިޒްބުﷲ އާއި އެ ޖަމާއަތަށް އެންމެ ބޮޑު ވާގިވެރި ކަމެއް ދޭ ޤައުމަކީ އީރާން ކަމަށާއި، އީރާން އިން ލުބުނާން ހަލާކު ކޮށްލާފައިވާ ކަމަށެވެ. އެެމެރިކާގެ އެކްސިއޯސް އަށް ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، އީރާން ނައްތާލުމުން، އޮޓޮމެޓިކުން ހިޒްބުﷲ ވެސް ނައްތާލެވެނޭ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ލުބުނާން އާއި، އެ ޤައުމުގެ މިހާރުގެ ސަރުކާރު އަލުން ކުރި އަރަައިގެން ދެވޭނެ ކަމަށް އިތުބާރު ކުރައްވާ ކަަމަށެވެ. 

އެކްސިއޯސް އަށް މައުލޫމާތު ދެމުން އެމެރިކާާގެ އޮފިޝަލަކު ވިދާޅުވީ، އެމެރިކާ އިން ހިޒްބުﷲ ގެ މައްޗަށް ސިޔާސީ ގޮތުން އިތުރު ޕްރެޝަރު ތަކެއް ކުރާނެ ކަމަށާއި، ލުބުނާންގެ އަސްކަރީ ޤާބިލުކަން އިތުރު ކުރެވޭނެ ގޮތް ތަކެއް ވެސް ބަލާނެ ކަމަށެވެ. އެ އޮފިޝަލް އިތުރަށް ވިދާޅުވީ، އެމެރިކާގެ ވިސްނުމަކީ އެކަންކަން ވަރަށް އަވަހަށް ކުރިއަށް ގެންދިޔުން ކަމަށެވެ. 

މި ހަފުތާގެ ކުރީ ކޮޅު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ލުބުނާންގެ ސިފައިންގެ ތެރެއިން ޗެކް ކުރެވިފައިވާ ބައި ތަކަށް ތަމްރީން އާއި، ހަތިޔާރާއި، ޤާބިލުކަން ދިނުމަށް އެމެރިކާ އިން މަސައްކަތް ކުރާނެ ކަމަށެވެ. އެއީ ހިޒްބުﷲގެ މައްޗަށް ފިޔަވަޅު އެޅުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިޔުއެއްގައި ރޫބިއޯ ވިދާޅުވީ، ލުބުނާންގެ ސިފައިންގެ ކިބައިގައި އެކަން ކުރުމުގެ ބޭނުން އޮތް ނަމަވެސް، ފުރިހަމަ ޤާބިލުކަން ނެތް ކަމަށެވެ. ރޫބިއޯ ވަނީ އިޒްރޭލް އާއި ލުބުނާންގެ ތެރޭގައި ދާއިމީ ގޮތެއްގައި ސަލާމަތީ ސަރަހައްދެއް ޤާއިމު ކުރުމުގެ ވިސްނުން ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭނާ ވިދާޅުވީ އިޒްރޭލް އިން އެކަން ބޭޏުން ވަނީ ދާއިމީ ގޮތެއްގައި ނޫން ކަމަށާއި، އިޒްރޭލް އިން ދާއިމީ ގޮތެއްގައި ލުބުނާންގައި ތިބެން ބޭނުން ނުވާ ކަމަށެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އިޒްރޭލް-ލުބުނާންއެމެރިކާ-އިޒްރޭލުއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

29 އެޕްރީލު 2026
އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

29 އެޕްރީލު 2026
ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ

ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ

29 އެޕްރީލު 2026
ނަތަންޔާހޫ އަށް މައާފު ދިނުމުގެ ކުރިން، މަޝްވަރާ ކުރަން އިޒްރޭލްގެ ރައީސް ދައުވަތު ދެއްވައިފި

ނަތަންޔާހޫ އަށް މައާފު ދިނުމުގެ ކުރިން، މަޝްވަރާ ކުރަން އިޒްރޭލްގެ ރައީސް ދައުވަތު ދެއްވައިފި

29 އެޕްރީލު 2026
ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ

ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު