Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އަށް ނިއުކްލިއާ ޕްރޮގްރާމްގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް އިނގިރޭސި ރަސްގެފާނު ވެސް އެއްބަސްވޭ: ޓްރަމްޕް

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާން އަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް، އިނގިރޭސިވިލާތުގެ ރަސްގެފާނު ވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް. ޓްރަމްޕް ވިދާޅުވީ، އެކަމުގައި އޭނާގެ ސިޔާސަތު ތަކަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ވެސް އެއްބަސްވާ ކަމަށާއި، އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އެޕްރީލު 2026 | ބުދަ 09:14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް. | ގެޓީ އިމޭޖަސް

ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އީރާން އަށް އޮވެގެން ނުވާނެ ކަމަށް، އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނަ ވެސް ޤަބޫލުފުޅު ކުރައްވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމަށް، ވައިޓް ހައުސްގައި އޮތް ޚާއްސަ ފަރިއްކޮޅެއްގައި ޓްރަމްޕް ވަނީ އީރާންއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. 

ޓްރަމްޕް ވިދާޅުވީ، އޭނާގެ ސަރުކާރުން މިހާރު މެދު އިރުމަތީގެ ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތައް ވަަރަށް ރަނގަޅަށް ކުރިއަށް ދަމުން އަންނަ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، އެ ސަރަހައްދުގައި ކުރަމުންދާ ކަންކަން ރަނގަޅު ގޮތުގައި ކުރިއަށްދާ ކަމަށާއި، އެކަމުގައި އެމެރިކާ އޮތީ ވަރަށް ކުރީގައި ކަމަށެވެ. 

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން އެ ޤައުމުގެ ދުޝްމަނުންނާ ދެކޮޅަށް ހަނގުރާމައިގެ ކާމިޔާބީ ތަކެއް ހޯދާފައިވާ ކަމަށެވެ. އީރާން އަށް ނިސްބަތް ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ދުޝްމަނުންނަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި، އެކަމަށް އެމެރިކާ އިން ކުރަމުން އަންނަ ވަކާލާތު ދޫކޮށް ނުލާނެ ކަމަށެވެ. 

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އީރާން އަށް ނިއުކްލިއާ ހަތިޔާރު ހޯދުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް، އިނގިރޭސިވިލާތުގެ ރަސްގެފާނު ވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، އެކަމުގައި އޭނާގެ ސިޔާސަތު ތަކަށް އިނގިރޭސިވިލާތުގެ ރަސްގެފާނު ވެސް އެއްބަސްވާ ކަމަށާއި، އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކޭ ކަމަށެވެ. 

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް، އެމެރިކާ އަށް ކުރެއްވި ތާރީޚީ ދަތުރުފުޅަކީ ދެ ޤައުމުގެ ދެ މެދުގައި ގުޅުން ބަދަހި ކުރުމާއި، ބައިނަލްއަޤުވާމީ މައްސަލަ ތަކުގައި ދެ ޤައުމުން އެކުގައި މަސައްކަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ. 

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-ބްރިޓަންއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްކިންގް ޗާލްސް

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

29 އެޕްރީލު 2026
އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި
29 އެޕްރީލު 2026

ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ

29 އެޕްރީލު 2026
ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ
29 އެޕްރީލު 2026

ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ

29 އެޕްރީލު 2026
ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ
28 އެޕްރީލު 2026

އެހެން ޤައުމު ތަކުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު އެމެރިކާ އަކަށް ނެތް: އީރާން

28 އެޕްރީލު 2026
އެހެން ޤައުމު ތަކުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު އެމެރިކާ އަކަށް ނެތް: އީރާން
28 އެޕްރީލު 2026

އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި

28 އެޕްރީލު 2026
އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު