Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ޖަރުމަން

ޖަރުމަނުގައި ތިބި 5،000 އެމެރިކާ ސިފައިން ބޭލުމަށް އަމުރުކޮށްފި

ޖަރުމަނުން އެމެރިކާއަށް އެތެރެކުރާ އުޅަނދުތަކުން ނަގާ ޓެރިފް 25 އިންސައްތައަށް ބޮޑުކުރަން ރައީސް ޓްރަމްޕް ނިންމެވުމާއެކު، ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ނުތަނަވަސްކަން ވަނީ ބޮޑުވެފައި. މީގެ އިތުރުން، ވިލާތުގެ ދިފާއީ ކަންކަމުގައި އެ ގައުމުތަކުން އަމިއްލައަށް ޒިންމާ އުފުލަންޖެހޭނެ ކަމަށް ވިދާޅުވެ، ޖަރުމަނާއި އިޓަލީ އަދި ސްޕެއިންގައި ތިބި އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް ވޮޝިންޓަނުން ދަނީ ކުރަމުން. މި ނިންމުންތަކާ ގުޅިގެން ޖަރުމަނުން ބުނެފައިވަނީ ސިފައިން މަދުކުރުމަށް ތައްޔާރަށް އޮތް ނަމަވެސް، އެ ގައުމުގައި ހުރި އެމެރިކާގެ މުހިންމު އަސްކަރީ މަރުކަޒުތައް ބަންދުކުރުމަކީ ނުކުރެވޭނެ ކަމެއް ކަމަށް.

ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 07:54
ޖަރުމަނުވިލާތުގެ ގްރަފެންވޯއާ ޓްރެއިނިން ސައިޓުގައި 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހު ކުރިއަށްދިޔަ "ޑައިނަމިކް ފްރަންޓް 23" ތަމްރީނުތަކުގެ ތެރެއިން، ވަޒަން ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ލައިވް ފަޔަރިން އެކްސަސައިޒް ހިނގަމުންދާ ގޮތް ސިފައިން ބަލަނީ.

ޖަރުމަނުވިލާތުގެ ގްރަފެންވޯއާ ޓްރެއިނިން ސައިޓުގައި 2023 ވަނަ އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހު ކުރިއަށްދިޔަ "ޑައިނަމިކް ފްރަންޓް 23" ތަމްރީނުތަކުގެ ތެރެއިން، ވަޒަން ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ލައިވް ފަޔަރިން އެކްސަސައިޒް ހިނގަމުންދާ ގޮތް ސިފައިން ބަލަނީ. | ރޮއިޓާސް

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެމެރިކާއާއި ވިލާތުގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ޖަރުމަނުވިލާތުގައި ތިބި އެމެރިކާގެ 5،000 ސިފައިން ބޭލުމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަމުރުކުރައްވައިފި ކަމަށް ޕެންޓަގަނުން ހުކުރު ދުވަހު ބުނެފިއެވެ.

މި ނިންމުން އައިސްފައި މިވަނީ، ވިލާތުގެ އިއްތިހާދުން މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ސޮއިކުރި ވިޔަފާރީގެ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ތުހުމަތުކުރައްވައި، އެ އިއްތިހާދުން އެމެރިކާއަށް އެތެރެކުރާ ކާރާއި ލޮރީ ފަދަ އުޅަނދުތަކުން ނަގާ ޓެރިފް ނުވަތަ ޑިއުޓީ އަންނަ ހަފުތާއިން ފެށިގެން 25 އިންސައްތައަށް ބޮޑުކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާން ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުން ދަނީ މަޝްވަރާގެ މޭޒުގައި ވޮޝިންޓަން "ލަދުގަންނުވަމުން" ކަމަށް ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާރޒް ހޯމަ ދުވަހު ވިދާޅުވުމާ ގުޅިގެން، ޓްރަމްޕް ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަކީ މައްސަލައެއް ނޫން ކަމަށް މާރޒް ދެކެވަޑައިގަންނަވާ ކަމަށާއި، އޭނާއަށް ދެއްކެވޭ ވާހަކައެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޖަރުމަނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރުމާ މެދު ވޮޝިންޓަނުން "ދިރާސާކޮށް މުރާޖައާ ކުރަމުންދާ" ކަމަށާއި، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް މިދިޔަ ބުދަ ދުވަހު އެމެރިކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.

ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކުރިއަށް އޮތް 6 މަސް ދުވަހާއި 12 މަސް ދުވަހުގެ ތެރޭގައި ސިފައިން ބޭލުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެ އިތުރުން ޕާނެލް ވިދާޅުވީ، މި ނިންމުމަކީ ވިލާތުގައި އެމެރިކާގެ އަސްކަރީ ބާރުތައް ގާއިމުކޮށްފައިވާ ގޮތް ވަރަށް ފުރިހަމައަށް މުރާޖައާ ކުރުމަށްފަހު، އެ ސަރަހައްދުގެ އަސްކަރީ ބޭނުންތަކަށާއި މިހާރުގެ ހާލަތަށް ރިއާޔަތްކޮށް ނިންމި ނިންމުމެއް ކަމަށެވެ.

ޓްރަމްޕްގެ ވެރިކަމުގެ ދެ ދައުރުގައިވެސް، ޖަރުމަނާއި ވިލާތުގެ އެހެން ބައިވެރި ގައުމުތަކުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދުކުރާނެ ކަމުގެ އިންޒާރު އެތައް ފަހަރަކު ދެއްވާފައިވެއެވެ. އޭނާ ވިދާޅުވަމުން ގެންދަވަނީ ވިލާތުގެ ދިފާއީ ކަންކަމުގައި ވޮޝިންޓަނަށް ބަރޯސާވުމުގެ ބަދަލުގައި، އެ ގައުމުތަކުން އަމިއްލައަށް ބޮޑު ޒިންމާއެއް އުފުލަންޖެހޭނެ ކަމަށެވެ.

މާސިޑީޒް ބެންޒް އަދި ބީއެމްޑަބްލިއު ފަދަ ޖަރުމަނުގެ ކާރު އުފައްދާ ކުންފުނިތަކުން އެމެރިކާގެ ރައްޔިތުންގެ އަތުން ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ހުކުރު ދުވަހު ޓްރަމްޕް ތުހުމަތު ކުރެއްވިއެވެ. އަދި ޖަރުމަނާއި "ވިލާތުގެ އެހެން ގައުމުތަކުން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކޮށްފައި ނުވާ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިލާތުގެ އިއްތިހާދުން ބޭރުކުރާ އުޅަނދުފަހަރުގެ ބޮޑު ބަޔަކީ ޖަރުމަނުގެ އުފެއްދުންތަކަށް ވާތީ، އުޅަނދުތަކުން ނަގާ ޓެރިފް ބޮޑުކުރުމުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ޖަރުމަނަށެވެ.

'އަހަރެން އެކަން ނުކުރަންވީ ކީއްވެ؟'

އީރާނުގެ އަސްކަރީ ބާރުތަކުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެކުލަވާލާފައިވާ ފައުޖުގައި ބައިވެރިނުވާ ނުވަތަ ހަނގުރާމައަށް ތާއީދު ނުކުރާ އެކުވެރި ގައުމުތަކަށް އަދަބު ދިނުމަށް ޓަމްޕް މިހާރު ހުންނެވީ އަޒުމް ކަނޑައަޅުއްވައިގެން ކަމަށް ބެލެވެއެވެ.

އިޓަލީއާއި ސްޕެއިން ހަނގުރާމައާ ދެކޮޅު ހަދާތީ، އެ ގައުމުތަކުންވެސް އެމެރިކާ ސިފައިން ބާލާފާނެ ކަމަށް ބުރާސްފަތި ދުވަހު ޓްރަމްޕް ވިދާޅުވިއެވެ. އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، "އިޓަލީގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭ ކަމަށާއި، ސްޕެއިންގެ އަމަލުތައް ހުރީ ވަރަށް ގޯސްކޮށް" ކަމަށެވެ.

"އާނ، ބޮޑަށް ބެލެވެނީ އެކަން ކުރާނެ ކަމަށް. އަހަރެން އެކަން ނުކުރަންވީ ކީއްވެ؟" ޓްރަމްޕް ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ ޑިސެމްބަރު 31 ގެ ނިޔަލަށް، އިޓަލީގައި އެމެރިކާގެ 12،662 ސިފައިން އަދި ސްޕެއިންގައި 3،814 ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ. ޖަރުމަނުގައި ތިބީ 36،436 ސިފައިންނެވެ.

މޮރޮކޯއަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަދައްކަވަމުން ޖަރުމަނުގެ ފޮރިން މިނިސްޓަރު ބުރާސްފަތި ދުވަހު ވިދާޅުވީ، އެމެރިކާ ސިފައިން މަދުކުރުމަށް ޖަރުމަނު އޮތީ "ތައްޔާރަށް" ކަމަށާއި، ނޭޓޯގެ ހުރިހާ ގުނަވަންތަކެއްގައި އިތުބާރާއެކު އެކަމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޖަރުމަނުގައި ތިބޭ އެމެރިކާ ސިފައިން މަދުކުރުމާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވި ނަމަވެސް، ޖަރުމަނުގައި ހުރި އެމެރިކާގެ ބޮޑެތި އަސްކަރީ މަރުކަޒުތައް ބަންދުކުރުމަކީ އެއްގޮތަކަށްވެސް މަޝްވަރާ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ ރާމްސްޓައިން އެއާ ބޭސްއަކީ އެމެރިކާއަށާއި ޖަރުމަނަށްވެސް ބަދަލު ނުކުރެވޭނެ ފަދަ މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ.

ޔޫކްރެއިނަށް ދޭ އެހީތެރިކަން

ވިލާތުގެ އިއްތިހާދުން ބުރާސްފަތި ދުވަހު ބުނީ ވިލާތުގައި އެމެރިކާ ސިފައިން ތިބުމަކީ ވޮޝިންޓަނުގެވެސް މަސްލަހަތު އޮތް ކަމެއް ކަމަށާއި، އެމެރިކާއަކީ ވިލާތުގެ ސަލާމަތާއި ދިފާއުގައި މުހިންމު ބައިވެރިއެއް ކަމަށެވެ.

މިދަނޑިވަޅުގައި ޓްރަމްޕް އަނެއްކާވެސް މާރޒްއަށް ފާޑުވިދާޅުވަމުން، އީރާނުގެ ކަންކަމުގެ ތެރެއަށް "އަތްބޭނުމުގެ" ބަދަލުގައި ޔޫކްރެއިން ހަނގުރާމަ ނިންމުމަށް ސަމާލުކަން ދިނުމަށް ގޮވާލެއްވިއެވެ.

2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އެރުމާ ގުޅިގެން ވިލާތުގެ ބާރުތައް އޮތީ ސަމާލުކަމުގެ ހާލަތުގައެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކާއި، ވިލާތުގެ ދިފާއީ ކަންކަމުން ދުރުވާނެ ކަމަށް އެމެރިކާއިން ބުނަމުންދާ ބުނުންތަކުގެ ސަބަބުން، މި މައްސަލަ ވަނީ އެޖެންޑާގެ އެންމެ ކުރިއަށް އައިސްފައެވެ.

މާރޒް ވަނީ ގައުމީ ސަލާމަތަށް އިސްކަންދެއްވައި، އެތައް އަހަރެއް ވަންދެން ބަޖެޓާއި ވަސީލަތްތައް މަދުވެފައި އޮތް ޖަރުމަނުގެ އަސްކަރިއްޔާއަށް މީގެ ކުރިން ނުކުރާހާ ބޮޑު އިންވެސްޓްމަންޓްތަކެއް ކުރާނެކަން އިޢުލާން ކުރައްވާފައެވެ.

މީގެ އިތުރުން، ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޖަރުމަނު ދެމިއޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޖަރުމަނަކީ އެމެރިކާއަށްފަހު ޔޫކްރެއިނަށް އެންމެ ގިނައިން އެހީތެރިކަން ފޯރުކޮށްދޭ ގައުމެވެ.

ޕީޓް ހެގްސެތްފްރީޑްރިކް މާރޒްޔޫރަޕިއަން ޔޫނިއަންއެމެރިކާ-ޖަރުމަން

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި

01 އެޕްރީލު 2026
އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

20 މާރިޗު 2026
ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް

ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް

18 މާރިޗު 2026
އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ

އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ

14 މާރިޗު 2026
އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

14 މާރިޗު 2026

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު