Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިންތިޚާބީ ޝަކުވާ

ހުޅުމާލޭ މެދުދާއިރާގެ ވޯޓު އަލުން ގުނަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ހުޅުމާލޭ މެދުދާއިރާގެ ވޯޓުތައް އަލުން ގުނުމަށް އެދި އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމީ، އިލެކްޝަންސް ކޮމިޝަނުގެ ނިންމުން ގާނޫނާ ހިލާފުވާ ސަބަބެއް ބަޔާންކޮށްދެވިފައި ނުވާތީ. މި ދާއިރާގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް އެންމެ 11 ވޯޓުގެ ތަފާތަކުން. މީގެ އިތުރުން، އިންތިޚާބީ ޝަކުވާތަކާ ގުޅޭގޮތުން އެ ޕާޓީން ހުށަހެޅި އެހެން މައްސަލަތައް ވެސް ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ވަނީ ނިންމަވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މެއި 2026 | ހޮނިހިރު 13:36
ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް

ހައިކޯޓު ބޭރުން ނަގާފައިވާ ފޮޓޯ އެއް | ހައި ކޯޓް

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ މެދުދާއިރާގެ ގޮނޑީގެ ވޯޓުތަކެއް އަލުން ގުނަން އަމުރު ކޮށްދިނުމަށް އެދި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.

މި ގޮނޑިއަކީ މާލޭ ސިޓީ ކައުންސިލުން ޕީއެންސީއަށް ލިބުނު 2 ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ.

Advertisement - newsAdvertisement

ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، 916 ވޯޓުން އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސަނީހް ހަނީފުއެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު ސަފާތު އަހުމަދު ޒާހިރަށް ލިބިފައި ވަނީ 905 ވޯޓެވެ. އެހެންކަމުން ދެ ކެންޑިޑޭޓުގެ ވޯޓުގައި އުޅެނީ ވަރަށް ކުޑަ ފަރަޤެކެވެ.

އެމްޑީޕީން ހައިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ މައްސަލައިގައި ބުނެފައިވަނީ އެ ދާއިރާގެ ވޯޓު ފޮށްޓެއްގެ ވޯޓުތައް ގުނުމުގައި ބާތިލް ވޯޓެއް ސައްހަ ވޯޓެއްގެ ގޮތުގައި ގުނާފައި އޮތް ކަމަށާއި، ދެ ކެންޑިޑޭޓުންގެ މެދުގައި ވޯޓުގެ ފަރަގު ކުޑަކަމުން އަލުން ވޯޓު ގުނައިފި ނަމަ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށެވެ.  

އެހެންނަމަވެސް  ވޯޓު ކަރުދާސް އަލުން ނުގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ގޯސްވާ ސަބަބެއް އެމްޑީޕީގެ ފަރާތުން ބުނެދީފައި ނުވާތީ ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ މި މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.

އެމްޑީޕީން މި ނޫންވެސް އިތުރު މައްސަލަތައް ކޯޓަށް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަތައްވެސް ކޯޓުން ބަލައިގެންފައެއް ނުވެއެވެ.

އޭގެ ތެރޭގައި ވޯޓު ފޮށި ގުނި އިރު، އިންތިހާބުތަކާ ބެހޭ ގާނޫނާ ހިލާފަށް ބާތިލް ވޯޓު ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާއި، ސައްހަ ވޯޓު ބާތިލްކަމަށް ކަނޑައަޅާފައިވުމުން، ވޯޓުގެ ޖުމްލަ އަދަދުތަކާމެދު މައްސަލަތައް އުފެދޭތީ އެމްޑީޕީން ހުށަހެޅި ޝަކުވާއާއި، ދެ ފޮށި އެކުގައި ގުނުމުގެ ސަބަބުން އެއްވެސް ގޮތަކަށް އެއްވެސް ކެނޑިޑޭޓަކަށް ލިބުނު ވޯޓު ސާފުނުވާތީ، ވޯޓުގެ އަދަދުތަކާ މެދު މައްސަލަތައް ދިމާވެގެން ހުށަހެޅި ޝަކުވާތައްވެސް ހިމެނެއެވެ.

އެ މައްސަލަތަކުގައި ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ހުށަހަޅާފައިވާ މައްސަލަތަކުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާއާ ގުޅިގެން އެކޮމިޝަނުން ނިންމި ނިންމުން ގާނޫނާ ހިލާފުވާ ސަބަބަެއް ބަޔާންކޮށްދީފައި ނުވާތީ، ގާނޫނޫ ނަންބަރު 11/2008 (އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު) ގެ 64 ވަނަ މާއްދާއަށް ހަވާލާދީ، އިންތިހާބީ ޝަކުވާގެ މައްސަލައެއްގެ ގޮތުގައި މި މައްސަލަ އެ ކޯޓަށް ބަލައިގަނެވބެން ނެތްކަން އަންގާ ކަމަށެވެ. 

އިންތިޚާބާބޭހޭހައިކޯޓުގެ ފަނޑިޔާރުންލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

01 މެއި 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026
މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

25 އެޕްރީލު 2026
އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

23 އެޕްރީލު 2026
ލެބޯޓަރީގެ ޚިދުމަތް ދެވޭނެ އިންތިޒާމެއް ނެތި، ބ. ދޮންފަނުުގެ ސިއްހީ މަރުކަޒަށް އިންތިހާބާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަނެއް ނެގިކަން ހާމަވެއްޖެ

ލެބޯޓަރީގެ ޚިދުމަތް ދެވޭނެ އިންތިޒާމެއް ނެތި، ބ. ދޮންފަނުުގެ ސިއްހީ މަރުކަޒަށް އިންތިހާބާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަނެއް ނެގިކަން ހާމަވެއްޖެ

22 އެޕްރީލު 2026

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު