Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕަބްލިކް ސަރވިސް މީޑިއާ

ޕީއެސްއެމް އިން ޕާޓީތަކުގެ މެދުގައި ތަފާތުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު އެމްޑީޕީ އަށް ދީފައިނުވާތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ޕީއެސްއެމްގެ ގާނޫނާއި އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނާ ޚިލާފަށް، ދައުލަތުގެ މީޑިއާގެ އެޑިޓޯރިއަލް މިނިވަންކަން ގެއްލި ވަކި ފަރާތަކަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހެޅުއްވި މި ގަރާރުގައި، އިންތިޚާބުތަކާ ގުޅޭ ސައްހަ ނޫން މައުލޫމާތު ފެތުރުމާއި ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ނުދޭ މައްސަލަ ފާހަގަކޮށްފައިވޭ. އެހެންކަމުން، މިއީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ގޮތުން ދައުލަތުގެ މީޑިއާގެ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ބެލުމަށް ހުށަހެޅި ގަރާރެއް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 19 އެޕްރީލު 2026 | އާދީއްތަ 13:32
ޕަބްލިކް ސަރވިސް މީޑިއާ

ޕަބްލިކް ސަރވިސް މީޑިއާ | ޕީއެސްއެމް

ޕަބްލިކް ސަރވިސް މީޑިއާ އިން ސިޔާސީ ޕާޓީތަކުގެ މެދުގައި ތަފާތު ކޮށް، ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދީފައި ނުވާތީ ރައްޔިތުން ގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ. 

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހަޅުއްވާފައިވާ އެ ގަރާރުގެ މަސައްކަތް ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. 

Advertisement - newsAdvertisement

އެ ގަރާރުގައި ބުނީ ޕީއެސްއެމް.ގެ މަގްސަދަކީ ގާނޫނުގައި ކަނޑައަޅާފައިވާ އާންމު އުސޫލުތަކާ ސިޔާސަތުތަކުގެ ތެރޭގައި ނުފޫޒުން އެއްކިބާވެފައިވާ އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ޚިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

އެގޮތުން ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ކ) ގައި ދައުލަތުގެ މީޑިއާގެ ސިޔާސަތުތަކުގެ ގޮތުގައި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ޕަބްލިކް ސަރވިސް މީޑިއާގެ ޚިދުމަތް ފޯރުކޮށްދެމުން ދިއުމަށް މަސައްކަތް ކުރުމާ ޕަބްލިކް ސަރވިސް މީޑިއާ އިން ވަކިވަކި ފަރުދުންނާ އެކި ޖަމާއަތްތަކަށް ފުރުސަތު ދިނުމުގައި ވެސް ހަމަހަމަކަން ގާއިމް ކުރުމަށް މަސައްކަތްކުރުން ކަން ކަނޑައަޅައި ބަޔާން ކޮށްފައިވާ ކަމަށް ގަރާރުގައި ވެ އެވެ.

މީގެ އިތުރުން ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި މި ނޫނަސް ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުމާއި ދިވެހި ރައްޔިތުންނަށް މުހިއްމުވާނެއ ބައިނަލްއަގްވާމީ އެކި ކަންކަމާ ގައުމީ އެކި ކަންކަމުގެ ޚަބަރާ މައުލޫމާތާ ކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް އަންގައިދިނުމަކީ ދައުލަތުގެ މީޑިއާގެ މައްޗަށް ލާޒިމުކޮށްފައިވާ ކަންކަމުގައި 5 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް ގަރާރުގައި ވެ އެވެ.

މެންބަރު ހުށަހެޅުއްވި ގަރާރުގައި ބުނީ އެ ގާނޫނުގެ 6 ވަނަ މާއްދާގައި ޕަބްލިކް ސަރވިސް މީޑިއާ އަކީ ނުފޫޒުން އެއްކިބާވެފައިވާ އެޑިޓޯރިއަލް މިނިވަންކަން ފުރިހަމައަށް ލިބިފައިވާ މުއައްސަސާއެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ ފަރާތަކުން ވެސް މަސައްކަތް ކުރަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށާ ސިޔާސީ މާލީ އިދާރާ ނުވަތަ އެ ނޫން ގޮތަކުން ވެސް ބާރެއް ނުވަތަ ހައިސިއްޔަތެއް ލިބިފައިވާ އެއްވެސް ފަރާތަކުން ޕަބްލިކް ސަރވިސް މީޑިއާގެ މައްޗަށް ސީދާ ކޮށްވެސް އަދި ނުސީދާ ކޮށް ވެސް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ވެސް ބަޔާން ކުރާ ކަމަށެވެ. 

އޭގެ އިތުރުން ގަރާރުގައި ބުނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާންކުރާ ދުވަހުން ފެށިގެން އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 06:00 އާ ހަމައަށް ބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކުން މި ގާނޫނާ ގާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާ ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް މަސައްކަތް ކުރުމަށްޓަކައި އިޝްތިހާރާ ޕްރޮގްރާމްތައް ފޮނުވުމަށް ވަގުތު ޚާއްސަކުރަން ވާނެ ކަމަށެވެ.  އަދި އެ މާއްދާގެ (ށ) ގައި ބްރޯޑްކާސްޓްކުރާ ޕާޓީތަކަށް ދޭންވާނީ ހަމަހަމަ ކަމާ އެކުގައި ކަމަށް ވެސް ބުނާ ކަމަށެވެ. 

މި މަގްސަދު ހާސިލުކުރުމަށްޓަކައި އެކުލަވާލާފައިވާ އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސް ކުރުމުގެ ގައިޑްލައިންގެ 4 ވަނަ މާއްދާގައި ވޯޓުލާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓް ކުރުމާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްފައިވާ ވަގުތު ދިނުމުގައި ހަމަހަމަ އުސޫލުތައް ގެންގުޅުމާ ޚަބަރު ހުށަހެޅުމުގައި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ތެދު މައުލޫމާތު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އެންމެ ބޮޑަށް އަޑަކުރަންޖެހޭ ފަރާތަކީ ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރު ކަން ގަރާރު ގައި ފާހަގަ ކޮށްފައި ވެ އެވެ.

މިކަމަށް ޚާއްސަ އަހައްމިއްޔަތެއް ދީގެން މަސައްކަތް ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް އެ ގާނޫނާ އުސޫލުތަކަށް ބެލުމެއް ނެތި ނުވަތަ ގައުމީ ބަންޑާރަ މީޑިއާއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި ވަކި ބަޔަކަށް ފުރުސަތު ދީ، ގާނޫނުގައި ބަޔާންކުރާ އެޑިޓޯރިއަލް މިނިވަންކަން މުޅިން ނަގައިލައި، ވަކި ފަރާތެއްގެ ސިޔާސީ ނުވަތަ އެ ނޫން ވެސް ޒާތީ މަސްލަހަތެއް ހިމާޔަތް ކުރުމަށްޓަކައި ހަމަހަމަ އިންސާފުން އެއްކިބާވެ ބަންޑާރަ މީޑިއާގެ ޗެނަލްތަކުން ވޭތުވެދިޔަ ތަނުގައި މަސައްކަތް ކޮށްފައިވާ ކަން ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

ގަރާރުގައި ބުނީ ރިޔާސީ އިންތިޚާބާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބާއްވާގޮތަށް ހަމަޖެއްސުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނަގައި ނިމުނު އިރުވެސް އެކަމާ ބެހޭ ފުރިހަމަ މައުލޫމާތު އެކަށީގެންވާ މިންވަރަށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައި ނުވާ ކަމަށެވެ. 

އޭގެ އިތުރުން 4 އޭޕްރީލް ގައި ބޭއްވުނު ލޯކަން ކައުންސިލް އިންތިޚާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ  އިންތިޚާބުގެ އެންމެ ގިނަ ވޯޓު ކާމިޔާބު ކޮށްފައިވަނީ ވެރިކަންކުރާ ޕާޓީން ކަމަށް ބުނެ ދައުލަތުގެ ބްރޯޑްކާސްޓަރު ޕަބްލިކް ސަރވިސް މީޑިއާ ޚަބަރު ޝާއިއުކޮށް، ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށްދީފައިވާ ކަން ވެސް ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. 

އެ ގަރާރުގައި ބުނީ ކައުންސިލް އިންތިޚާބުގެ ކުރިން ދައުލަތުގެ ބްރޯޑްކާސްޓާގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ދެ މީީހަކު ޕްރޮމޯޓް ކޮށް އިތުރު ތިން މީހަކު ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމަށް ޕްރޮމޯޓްކޮށް، ޓީވީ ޕްރޮޑަކްޝަން ޑިޕާޓްމަންޓް ލީޑް ކުރުމަށް ކުރީގެ އެސިސްޓެންޓް މެނޭޖަރެއް ޕްރޮމޯޓް ކުރިކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން މި ގަރާރަކީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ (ށ)ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރަމުންގެންދިއުމަށްޓަކައި ހުށަހަޅާ ގަރާރެއް ކަން ވެސް ފާހަގަ ކޮށްފައި ވެ އެވެ.

ޕަބްލިކް ސަރވިސް މީޑިއާއެމްޑީޕީމީކާއިލް އަހުމަދު ނަސީމްރައްޔިތުންގެ މަޖިލިސްލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ

މަޖިލީހުގައި ތިއްބެވި ޕީއެންސީ މެންބަރުންނަކީ ލަގަނެއް އަމާޒެއް ނެތް ބޭފުޅުން: ކުޑޫ

19 އެޕްރީލު 2026
އިންތިޚާބުގެ ނަތީޖާއާއެކު ރައީސް މުއިއްޒު މިހާރުން މިހާރަށް އިސްލާހުވެވަޑައިގެން، މައިކްރޯ މެނޭޖްކުރުން ހުއްޓާލަން ޖެހޭ: މެންބަރު މީކާއީލް

އިންތިޚާބުގެ ނަތީޖާއާއެކު ރައީސް މުއިއްޒު މިހާރުން މިހާރަށް އިސްލާހުވެވަޑައިގެން، މައިކްރޯ މެނޭޖްކުރުން ހުއްޓާލަން ޖެހޭ: މެންބަރު މީކާއީލް

19 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި މައިމޫން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި މައިމޫން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

19 އެޕްރީލު 2026
ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް

ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް

19 އެޕްރީލު 2026
މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"

މައިމޫން އާއި ވާވާ އަށް ލިބުނު އަނިޔާތައް ސީރިއަސް: "ފަރުވާ ދޭން ގެންދިޔައީ މުޒާހަރާއިން ހައްޔަރު ކުރިތާ ގާތްގަނޑަކަށް 2 ގަޑި އިރު ފަހުން"

19 އެޕްރީލު 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު