Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީދޫ އިންތިޚާބު

މީދޫ އިންތިޚާބުގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ޕީއެންސީ އާއި އެމްޑީއޭގެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވެ، ފޮށި އަލުން ގުނިއިރު ޕީއެންސީ ކެންޑިޑޭޓުގެ ވޯޓެއް ބާތިލުވުމުން އެމްޑީއޭގެ ކެންޑިޑޭޓަށް ގޮނޑި ވަނީ ކާމިޔާބުވެފައި. އެއް ވޯޓުގެ ތަފާތުން ނަތީޖާ ބަދަލުވި މި މައްސަލަ ޕީއެންސީގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިހާރު ވަނީ މައްސަލަ ބަލައިގެންފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 25 އެޕްރީލު 2026 | ހޮނިހިރު 12:05
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގެ ވޯޓު ގުނުމުގެ ތެރެއިން | އިލެކްޝަންސް ކޮމިޝަން

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓާ ގުޅޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގެންފިއެވެ.

ދ. މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީ އަދި އެމްޑީއޭގެ ކެންޑިޑޭޓަށް ލިބުނު ވޯޓު އެއްވަރުވެފައި ވަނިކޮށް، މައްސަލަ ޖެހިގެން މީދޫ 2 ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ޕީއެންސީގެ ކެންޑިޑޭޓަށް ލިބުނު ވޯޓެއް ބާތިލުވެ، ކައުންސިލްގެ ރައީސްގެ މަގާމު އެމްޑީއޭގެ ކެންޑިޑޭޓަށް ވަނީ ޔަޤީންވެފައެވެ.

މީދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރި ޕީއެންސީގެ ސުހާ އިބްރާހިމް އާއި އެމްޑީއޭގެ މުހައްމަދު ޝާހިދަށް ކުރިން ލިބުނީ 392 ވޯޓެވެ. އެހެންނަމަވެސް ފަހުން މީދޫ ދެ ނަންބަރު ވޯޓުފޮށި އަލުން ގުނިއިރު ސުހާ އަށް ލިބުނު ވޯޓެއް ބާތިލުވުމުން އޭނާ އަށް ލިބުނު ވޯޓުގެ އަދަދު ވަނީ 391 އަށް މަދުވެފަ އެވެ.

އެއާއެކު ޝާހިދު ވަނީ އެއް ވޯޓުގެ ތަފާތަކުން ކައުންސިލް ރައީސްގެ މަގާމު ހޯއްދަވާފަ އެވެ.

މީދޫގެ ދެ ނަންބަރު ވޯޓުފޮށި އަލުން ގުނަން ދިމާވީ ޕީއެންސީގެ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓެއް ބާތިލު ކުރުމުން ނަތީޖާ އެއްވަރުވުމުގެ ސަބަބުންނެވެ.

އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުގެ ފަރާތުން މިހާރު ވަނީ މައްސަލަ ހައިކޯޓަށް ހުށަހަޅާފައެވެ. އަދި ހައިކޯޓުން ވަނީ މައްސަލަ ބަލައިގެންފައެވެ.

ދ. މީދޫގެ ކައުންސިލްގެ ދެ ގޮނޑި އަދި ޑަބްލިއުޑީސީ އެއް ގޮނޑި ކާމިޔާބުކުރީ ޕީއެންސީ އިންނެވެ. އެމްޑީޕީ އިން ވަނީ ޑަބްލިއުޑީސީގެ އެއް ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ގިނަ ކައުންސިލްތަކުގެ ރައީސްގެ މަގާމަށް ވެސް އައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުގެ މަގާމާއި ސިޓީ ކައުންސިލްތަކުގެ މެޖޯރިޓީ ވެސް ލިބުނީ އެމްޑީޕީ އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނެގި ވޯޓުގައި ވެސް ސަރުކާރު ވަނީ ބަލިވެފަ އެވެ. ވޯޓު ދިން މީހުންގެ ތެރެއިން 68 ޕަސެންޓު މީހުން ބުނެފައި ވަނީ ދެ އިންތިހާބު އެއްކުރަން ނުފެންނަ ކަމަށެވެ. ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ބޮޑެތި ކެމްޕެއިން ތައް ކުރި އިރު، މި އިންތިހާބުގެ ނަތީޖާއިން ސާފުވަނީ ސަރުކާރުގެ ސިޔާސަތުތަކާއި މެދު ރައްޔިތުން ނުރުހުން ފާޅުކޮށްފައިވާ މިންވަރުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

 

 

މީދޫ ކައުންސިލްހައިކޯޓުގެ ފަނޑިޔާރުންއިލެކްޝަންސް ކޮމިޝަން

އިތުރަށް ކިޔާލަން

21 އެޕްރީލު 2026

ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ

21 އެޕްރީލު 2026
ފުލުހުންގެ ވަޒީފާއިން ވަކިކުރި ޝިޔާމަށް އަލުން ވަޒީފާ ދޭން ކުރި ހުކުމުގައި ހިމެނޭ 12 އަހަރުގެ މުސާރަ އާއި އިނާޔަތުގެ ބައި އިސްތިއުނާފްކުރަނީ
18 އެޕްރީލު 2026

ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ

18 އެޕްރީލު 2026
ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ
16 އެޕްރީލު 2026

ފުލުހުންގެ ވަޒީފާއިން ޝިޔާމް ވަކިކުރީ ރަނގަޅަށް ނޫންކަމަށް ނިންމައި، އަލުން ވަޒީފާދޭން ޙުކުމްކޮށްފި

16 އެޕްރީލު 2026
ފުލުހުންގެ ވަޒީފާއިން ޝިޔާމް ވަކިކުރީ ރަނގަޅަށް ނޫންކަމަށް ނިންމައި، އަލުން ވަޒީފާދޭން ޙުކުމްކޮށްފި
14 އެޕްރީލު 2026

އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ޕާސްޕޯޓު ހިފަހައްޓައިފި

14 އެޕްރީލު 2026
އައްމަޓީ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ޕާސްޕޯޓު ހިފަހައްޓައިފި
10 އެޕްރީލު 2026

ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ

10 އެޕްރީލު 2026
ޕީއެންސީ ކެންޑިޑޭޓަށް ލާފައިވާ ވަގު ވޯޓު ބާތިލްކުރުމުން، ނަތީޖާ އެއްވަރުވެ އަލުން ގުނުމުން މީދޫ ކައުންސިލް ރައީސްގެ ގޮނޑި ސަރުކާރަށް ގެއްލިއްޖެ
28 މާރިޗު 2026

ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި

28 މާރިޗު 2026
ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓުގެ ސުވާލު ގިނަ ވާހަކަތަކެއްގެ ތެރެއިން ދާއިރު ވެސް، އަސްލު ސުވާލަށް ފޯކަސް ކޮށްފަ އެެއް ނެތް: އިންތި
26 މާރިޗު 2026

ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!

26 މާރިޗު 2026
ރެފަރެންޑަމް ހުއްޓުވައި ދިނުމަށް އެދި ހުށަހެޅި މައްސަލަ: އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް!
25 މާރިޗު 2026

ހައި ކޯޓާއި ފެމެލީ ކޯޓަށް އިސް ފަނޑިޔާރުން ހޯދަނީ

25 މާރިޗު 2026
ހައި ކޯޓާއި ފެމެލީ ކޯޓަށް އިސް ފަނޑިޔާރުން ހޯދަނީ
22 މާރިޗު 2026

އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟

22 މާރިޗު 2026
އަޖައިބެއްނު، މިއީ ފުޓުބޯޅަ މެޗެއް! ދެހާފް ކުޅެގެން ހަމަނުޖެހުން އުފެދިދާނެއޭ ކިޔާފައި އެއް ހާފަށް ބަދަލު ކުރެވިދާނެތަ؟
22 މާރިޗު 2026

އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު

22 މާރިޗު 2026
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނަށްވުރެ އެ ކޮމިޝަނުން އިސްކުރަނީ ރައީސް ފޮނުއްވެވި ޤަރާރު، ނޫނެކޭ ބުނަންޖެހެނީ އެހެންވެ: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު