Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯރަފުށި ބިން ހިއްކުން

އިންތިހާބުތަކަށް ދެ ދުވަހަށް ވެފައި ވަނިކޮށް ޖެހި ވެލި ބަސްތާ ތަކާއެކު، ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓިފަ

ހއ. ހޯރަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު، މަޖިލިސް އިންތިޚާބާ ދިމާކޮށް "ނަމަކަށް" ފެށި ނަމަވެސް މިހާރު އެ މަސައްކަތް ހުއްޓިފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ހާމަކޮށްފަ. މި މަޝްރޫޢުގެ ދަށުން 50 ހެކްޓަރުގެ ބިން ހިއްކުމަށް ރައްޔިތުން އެދެމުންދަނިކޮށް ސަރުކާރުން ނިންމާފައިވަނީ 25 ހެކްޓަރު ހިއްކުމަށް ކަމަށާއި، މަސައްކަތާ ގުޅޭ އެއްވެސް ރަސްމީ މަޢުލޫމާތެއް ކައުންސިލާ ހިއްސާކޮށްފައި ނުވާކަން ކައުންސިލްގެ ރައީސް ފާހަގަކުރެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 23 އެޕްރީލު 2026 | ބުރާސްފަތި 14:52
އެޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކަށް 2 ދުވަހަށް ވެފަ އޮއްވާ، ހއ. ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ފެށުނީ ކަން ދެއްކުމުގެ ގޮތުން ޖަހާފަވާ ވެލި ބަސްތާ ތައް.

އެޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކަށް 2 ދުވަހަށް ވެފަ އޮއްވާ، ހއ. ހޯރަފުށީ ބިން ހިއްކުމުގެ މަސައްކަތް ފެށުނީ ކަން ދެއްކުމުގެ ގޮތުން ޖަހާފަވާ ވެލި ބަސްތާ ތައް. | ރާއްޖެ އެމްވީ

ހއ. ހޯރަފުށީގައި 200 ހައުސިންގ ޔުނިޓް އިމާރާތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓިފައިވާކަން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ހާމަކުރައްވައިފިއެވެ. އެޕްރީލް 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ދެތިން ދުވަސް ކުރިން ބިން ހިއްކުމުގެ މަސައްކަތް ފެށުމުގެ ގޮތުން ވެލި ބަސްތާތަކެއް ޖެހި ފަހުން، އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަން ވަހީދު ފާހަގަކުރެއްވިއެވެ.

އެޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކަށް 2 ދުވަހަށް ވެފަ ވަނިކޮށް، ހއ. ހޯރަފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފެށުނީ ކަން ދެއްކުމުގެ ގޮތުން ވެލި ބަސްތާ ތަކެއް ޖަހާލި ފަހުން، ބިން ހިއްކުމުގެ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ. 

Advertisement - newsAdvertisement
ރާއްޖެ ޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމްގައި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ.
ރާއްޖެ ޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމްގައި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވާހަކަ ދައްކަވަނީ.

ރާއްޖެ ޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ހޯރަފުށީގެ ބިން ހިއްކައި، އެ ސަރަހައްދުގަ 200 ހައުސިން ޔުނިޓް، އިމާރާތް ކޮށްދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށެވެ. ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ސަރުކާރުން ކައުންސިލަށް ސިޓީ ފޮނުވީ މި އަހަރުގެ 25 ފެބްރުއަރީގައި ކަމަށާއި، ކައުންސިލުން އެކަމަށް އިއުތިރާޒު ނުކުރާ ކަމަށް ބުނެ 26 ފެބްރުއަރީގައި ޖަވާބު ދިނުމުން މަސައްކަތް ކުރިޔަށްދާނެ ކަމަށް ބެލެވުނު ކަމަށް ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ، ހޯރަފުށީގެ ލޭންޑް ޔޫސް ޕްލޭންގައި ރައްޔިތުން ފާސްކޮށްފައި ވަނީ 50 ހެކްޓަރަށް ބިން ހިއްކުން ކަމަށާއި، ނަމަވެސް ސަރުކާރުން ފޮނުވާފައި އޮތީ 25 ހެކްޓަރުގެ ބިން ހިއްކާ ގޮތަށް ކަމަށެވެ. ބިން ހިއްކުން 50 ހެކްޓަރަށް ބޮޑުކޮށްދިނުމަކީ ހޯރަފުށީ ރައްޔިތުންނާއި ކައުންސިލުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ކައުންސިލުން ސިޓީގައި ބަޔާންކުރި ކަމަށް ވަހީދު ވިދާޅުވި އެވެ.

މިހާ ހިސާބުން ފެށިގެން އަޅުގަނޑުމެން ދެންނެވިން ކުރިން ހޯރަފުށީގެ ލޭންޑް ޔޫސް ޕްލޭންގައި ރައްޔިތުން ފާސްކޮށްފައިވަނީ 50 ހެކްޓަރަށް ބިން ހިއްކުން. އެހެންނަމަވެސް، ސަރުކާރުން މި ފަހުން ފޮނުވާފައި އޮތީ 25 ހެކްޓަރުގެ ބިން ހިއްކާ ގޮތަށް. ދެން އަޅުގަނޑުމެން ސިޓީގައި ބަޔާންކުރިން، މި ހިއްކާ ދެއްވާއިރުގައި 50 ހެކްޓަރަށް ބޮޑުކޮށްދެއްވުމަކީ ހޯރަފުށީ ރައްޔިތުންނާއި ކައުންސިލުގެ ވަރަށް ބޮޑު އެދުމެއް ކަމަށް.  ދެން މި ނިމިދިޔަ ލޯކަލް ކައުންސިލު އިންތިޚާބަށް ދެތިން ދުވަހަށް ވެފައި އޮއްވާ ޖެހި ވަރަށް ބޮޑު ސަކަރާތެއް މި ފެންނަނީ. އާދެ! ބިން ހިއްކާނެކަމުގެ ވާހަކަތަކުގެ އަޑުފައްގަނޑު ވަރަށް ގަދަ އިނގޭތޯ. އިންތިޚާބަށް ދެތިން ދުވަސްވެފައި އޮއްވާ. އެހެންވީމާ، އަޅުގަނޑުމެން ކައުންސިލަކަށް ވެސް މިކަހަލަ ކަމެއް، ކުރި ކަމެއް ވެސް އެއްގޮތަކަށް ވެސް އެނގިފައެއް ނެތް. އަދި ޕްރޮޖެކްޓުގެ ބޯޑެއް މިތާ ބެހެއްޓިކަން ވެސް ހަމަ އެއްވެސް މަޢުލޫމާތެއް ލިބިފައެއް ނެތް.  މި ފެންނަނީ ހަމަ އެކަނި ވެލި ބަސްތާތަކެއް ޖަހާލާފައި މި ތަނަށް ވެލިތަކެއް ޖަމާކޮށްލާފައި ހުރިކަން އެކަނި ބިން ހިއްކަން. މިއަށް ދެން ބިން ހިއްކުމުގެ މަޝްރޫޢޭ ކިޔާކަމަށް ވަނީނަމަ އެއީ ބިން ހިއްކުމުގެ މަޝްރޫއެއް. ދެން އެކަން ކޮށްލާފައި ދިޔައީ، އާދެ ހާ ކަހަލަ ލަފަ ދިޔައީ އިނގޭތޯ. އޭގެފަހުން އެވެސް ޚަބަރެއް ނެތް. އެވެސް މުޢާމަލާތެއް ވެސް ރަސްމީ ހައިސިއްޔަތަކުންނެއް އޭގެފަހަކުންނެއް ނުކުރޭ އިނގޭތޯ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު

ލޯކަލް ކައުންސިލް އިންތިހާބަށް ދެތިން ދުވަހަށް ވެފައި އޮއްވާ ބިން ހިއްކާނެ ކަމުގެ ވާހަކަތަކުގެ އަޑު ގަދަވި ކަމަށާއި، ނަމަވެސް ކައުންސިލަކަށް މިކަހަލަ ކަމެއް ކުރާކަން އަންގާފަ ނުވާ ކަމަށް ވަހީދު ވިދާޅުވި އެވެ. ބިން ހިއްކުމުގެ މަސައްކަތް ފަށި ކަމުގެ އަޑު ރަށުތެރޭ ގައި ގަދަވާން ފެށުމުން، އެ ސަރަހައްދަށް ގޮސް ބަލާއި އިރު ފެނުނީ ވެލި ބައްތާ ތަކެއް ޖަހާ އެ ސަހަރައްދަށް ވެލިތަކެއް ޖަމާކޮށްފައިވާ މަންޒަރު ކަމަށް ވަހީދު ވިދާޅުވި އެވެ. ނަމަވެސް ބަސްތާ ތައް ޖެހި ފަހުން އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާކަމަށް ވަހީދު ވިދާޅުވި އެވެ. އަދި އޭގެ ފަހުން ވެސް މި މަޝްރޫއާ ގުޅޭ އެއްވެސް ރަސްމީ މުއާމަލާތެއް ކައުންސިލާ ނުކުރާކަމަށް ވަހީދު ވަނީ ވިދާޅުވެފަ އެވެ.  

އެޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގެ ހއ. ހޯރަފޫށީގެ ހުރިހާ ގޮނޑި އެއް ވެސް ކާމިޔާބުކުރީ އިދިކޮޅު އެމްޑިޕީ ގެ ކެނޑިޑޭޓުން ނެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި ވެސް ހޯރަފުށީގެ 70 އިންސައްތަ ރައްޔިތުން ވަނީ ސަރުކާރަށް ނޫނެކޭ ބުނެފަ އެވެ. 

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާ، ފެންނަ ނުފެންނަ ވޯޓާ ދިމާކޮށް ސަރުކާރުން ވަނީ ރައްޔިތުންގެ ލޮލުގަ އަނދުން އެޅުވުމުގެ ގޮތުން ގިނަ މަޝްރޫއުތަކެއް ފަށާފައި ކަމަށް ރައްޔިތުން ދަނީ ތުހުމަތު ކުރަމުންނެވެ.  

ހއ. ހޯރަފުށިލޯކަލް ކައުންސިލް އިންތިޚާބު 2026ބިން ހިއްކުމުގެ މަޝްރޫއުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

މަޖިލީހަކީ މިހާރު މިދައުލަތް ހަރާބުގެ މަގަށް ގެންދިއުމަށް ރައީސް މުއިއްޒު ބޭނުންކުރާ ޓޫލް: ނާޒިމް

23 އެޕްރީލު 2026
ލެބޯޓަރީގެ ޚިދުމަތް ދެވޭނެ އިންތިޒާމެއް ނެތި، ބ. ދޮންފަނުުގެ ސިއްހީ މަރުކަޒަށް އިންތިހާބާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަނެއް ނެގިކަން ހާމަވެއްޖެ

ލެބޯޓަރީގެ ޚިދުމަތް ދެވޭނެ އިންތިޒާމެއް ނެތި، ބ. ދޮންފަނުުގެ ސިއްހީ މަރުކަޒަށް އިންތިހާބާ ދިމާކޮށް ލެބޯޓަރީ ޓެކްނީޝަނެއް ނެގިކަން ހާމަވެއްޖެ

22 އެޕްރީލު 2026
ދޮންފަނުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީގެ ހުރިހާ ރުޅިއެއް ބޭލީ ފެނަކަ އެސިސްޓެންޓް މެނޭޖަރަށް

ދޮންފަނުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީގެ ހުރިހާ ރުޅިއެއް ބޭލީ ފެނަކަ އެސިސްޓެންޓް މެނޭޖަރަށް

21 އެޕްރީލު 2026
ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

20 އެޕްރީލު 2026
ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި ނަމަވެސް ރައީސް އޮފީހުން އެކަން ދޮގުކޮށްފި

ކެމްޕެއިނާ ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ވަޒީފާ ދެއްވި ކަމަށް ރައީސް މުއިއްޒު އިއުތިރާފުވެވަޑައިގެންނެވި ނަމަވެސް ރައީސް އޮފީހުން އެކަން ދޮގުކޮށްފި

20 އެޕްރީލު 2026

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު