Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިންތިޚާބުގެ ނަތީޖާއާއެކު ރައީސް މުއިއްޒު މިހާރުން މިހާރަށް އިސްލާހުވެވަޑައިގެން، މައިކްރޯ މެނޭޖްކުރުން ހުއްޓާލަން ޖެހޭ: މެންބަރު މީކާއީލް

އޭޕްރީލް މަހު ބޭއްވި އިންތިޚާބުތަކުގައި ސަރުކާރުން ނުފޫޒު ފޯރުވައި ރިޝްވަތު ބެހި ނަމަވެސް، ނަތީޖާއިން ފެނުނީ ރައްޔިތުން ރައީސް މުއިއްޒަށް ނޫނެކޭ ބުނިތަން ކަމަށް މެންބަރު މީކާއީލް ވިދާޅުވި. ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރުމަށާއި މައިކްރޯ މެނޭޖްކުރުން ހުއްޓާލުމަށް ގޮވާލައްވަމުން، ކެބިނެޓަށް ގެނައި ބަދަލަކީ ހަރަދު ކުޑަކުރުމުގެ ބަދަލުގައި ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. މީގެ އިތުރުން، އެކި ކުންފުނިތަކުން ބޭކާރު ވަޒީފާ ދިނުން ހުއްޓާލައި، ދައުލަތުގެ ހިންގުން އިސްލާހު ކުރުމަށް މެންބަރު މީކާއީލް ބާރުއެޅުއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2026 | އާދީއްތަ 08:28
ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.

ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. | ރައީސް އޮފީސް

އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ތިން އިންތިޚާބާ ގުޅިގެން ސަރުކާރުން ރިޝްވަތު އޮއްސި ކަމަށާއި، އިންތިޚާބުގެ ނަތީޖާއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރުން މިހާރަށް އިސްލާހުވެވަޑައިގެން، މައިކްރޯ މެނޭޖްކުރުން ހުއްޓާލަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު މީކާއީލް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވި ކަމަށާއި، މުޅި މާލެސިޓީއަށް ވެސް ރިޝްވަތު އޮއްސި ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް އިންތިޚާބުގެ ނަތީޖާއެކު ރައީސް މުއިއްޒަށް ރައްޔިތުން ނޫނެކޭ ބުނެފައިވާކަން ހާމަވެފައިވާ ކަމަށާއި، އެކަން އެމަނިކުފާނު ގަބޫލުފުޅުކޮށް، އިސްލާހުވެވަޑައިގަންނަވަން ޖެހޭ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންނަށްޓަކައި މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ވެސް ރައީސް މުއިއްޒު ހާމަކުރައްވަން ޖެހޭ ކަމަށެވެ. 

ކޮންއެއްޗެއްތޯ މާލޭގައި ނޯއްސަނީ؟ ވަޒީފާ ބެއްސެވި އިނގޭތޯ. ގަލޮޅު ދެކުނު ދާއިރާގެ ސިނަމާލެ ފްލެޓްތަކަށް ރިޝްވަތު ބައްސަވަން މަސައްކަތް ކުރެއްވި. އެއް ލައްކަ ރުފިޔާ ކޮންމެ ފްލެޓެއްގެ އެކައުންޓަށް އިނގޭތޯ. އެވަރުންވެސް ވޯޓެއް ނުދެއްވިއޭ. ބޮޑުތަނުން ބައްޔޭވީ. އެހެންވީމާ، ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަން އެބަޖެހޭ. ފަހުން ވާން އެބަޖެހޭ. ވިސްނިވަޑައިގަންނަވަން އެބަޖެހޭ. ރައްޔިތުން ނޫނެކޭ މި ބުނަނީ އެ މަނިކުފާނަށްކަން އިނގޭތޯ. އިތުރު މީހަކަށްނޫން، ވަޒީރަކަށް ނޫން، ހައިދަރަކަށް ނޫން، ރައްޔިތުން ނޫނެކޭ މި ބުނީ މުއިއްޒަށް. އެހެންވީމާ، މުއިއްޒު އިސްލާހުވާންވީ އިނގޭތޯ. މުއިއްޒު މައިކްރޯ މެނޭޖްކުރުން ހުއްޓާލަންވީ. މުއިއްޒު ސިޔާސީ މަގާމުތަކުގެ މީހުންގެ އަދަދު ހާމަކުރަންވީ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މިކާއިލް އަހުމަދު ނަސީމް

އިންތިޚާބުގެ ނަތީޖާއަށްފަހު ކުއްލިއަކަށް ރައީސް މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބަދަލަށް އިޝާރާތް ކުރައްވައި މެންބަރު މީކާއީލް ވިދާޅުވީ އެއީ ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނެއް ކަމަށާއި، 18 މިނިސްޓްރީން 15 މިނިސްޓްރީއަށް ކުޑަ ކުރި ނަމަވެސް ދައުލަތުގެ ހަރަދު ކުޑަވެދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

މެންބަރު މީކާއީލް ވިދާޅުވީ، މިސަރުކާރުން އެމްއޭސީއެލްއަށް މަސައްކަތެއް ނެތި ގިނަ އަދަދެއް މުވައްޒަފުން ނަގާފައިވާ ކަމަށާއި، އެއްވެސް މަގެއްގެ މަސައްކަތް ކުރިއަށް ނުދާ ރަށްރަށުގައި އާރްޑީސީއަށް 40 ނުވަތަ 50 މީހުންނަށް ވަޒީފާ ދީފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ރަނގަޅު ކުރަން ބޭނުންވާ ކަމަށްވާނަމަ ނުވަތަ މިސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ މުވައްޒަފުންގެ އަދަދު މަދުކޮށް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރާނެ ކަމަށް މެންބަރު މީކާއީލް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026ރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑިސީ އިންތިޚާބުގެ ދެވަނަ ބުރު: 47 އިންސައްތަ މީހުން ވޯޓު ލައިފި

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

18 އެޕްރީލު 2026
ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި

ލ. މާވަށުގައި ބާއްވާ ދެވަނަބުރުގެ ވޯޓުލުން: އެމްޑީޕީ ވެރިކަމުގައި ވަޒީފާ ލިބުނު ފެނަކައިގެ 12 މުވައްޒަފަކަށް ވޯޓުލާން ނުދިޔުމަށް ޑެޕިއުޓީ މެނޭޖަރު އަންގައިފި

17 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

17 އެޕްރީލު 2026

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު