Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރެފަރެންޑަމް ވޯޓު

ނާކާމިޔާބުވުމުން ކެމްޕޭން ޓީމުގެ ބޮލުގައި އިލްޒާމު އެޅުވުމަކީ، ލީޑަރެއްގެ ހުންނަންޖެހޭ އަސާސީ ޒިންމާއަށް ފުރަގަސްދިނުން!

ފެންނަ ނުފެންނަ ވޯޓާއި ބައި-އިލެކްޝަންތަކުން ސަރުކާރަށް ކުރިމަތިވި ނާކާމިޔާބީގެ ޒިންމާ ކެމްޕޭން ޓީމުތަކުގެ ބޮލުގައި އެޅުވުމަކީ ހަގީގަތް އޮޅުވާލުން. ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ވަރުގަދަ ކެމްޕޭނެއް ހިންގާފައިވާއިރު، އިންތިޚާބުގެ ނަތީޖާއިން ފެންނަނީ ސަރުކާރުގެ ސިޔާސަތުތަކާ މެދު ރައްޔިތުންގެ ނުރުހުން އޮތް މިންވަރު. އެހެންކަމުން، މިއީ ހަމައެކަނި މައުލޫމާތު ފޯރުކޮށްނުދެވުމުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ސަރުކާރަށް އޮތް އިތުބާރު ކުޑަވެފައިވާކަން ހާމަވާ ސާފު ހެއްކެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2026 | އާދީއްތަ 06:50
ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ކުރައްވަންވީ ކަމަކީ މި ރެފަރެންޑަމަށް "ނޫނެކޭ" ބުނުން ކަމަށް ސުއޫދު ވިދާޅުވި

ރައީސް މުއިއްޒު އެންމެ ފުރަތަމަ ވެސް ކުރައްވަންވީ ކަމަކީ މި ރެފަރެންޑަމަށް "ނޫނެކޭ" ބުނުން ކަމަށް ސުއޫދު ވިދާޅުވި | ރާއްޖެއެމްވީ ގްރެފިކްސް

ފެންނަނުފެންނަ ވޯޓާއި، އެއާ އެކު ކުރިއަށްދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ނަތީޖާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން ފެންނަމުން މިދަނީ ނާކާމިޔާބީގެ ޒިންމާއިން ރެކެން އުޅުއްވާ މަންޒަރެވެ.  

އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވަމުން ގެންދަވަނީ، މި ނާކާމިޔާބީ ކުރިމަތިވީ ކެމްޕޭން ޓީމުތަކުގެ ގާބިލުކަން ނެތުމުން ކަމަށާއި، ރައްޔިތުންނަށް ބޮޑަށް އަޑު އިވުނީ އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ކަމަށެވެ. ނަމަވެސް، މި އިންތިޚާބު ބޭއްވުނު ޙާލަތަށް ބަލާއިރު، މި ވާހަކަތަކަކީ އަސްލެއް ނެތް، ބުހުތާނު ދޮގުތަކެއްކަން ހާމައަށް ފެންނަން އެބައޮތެވެ.

އެންމެ ފުރަތަމަ ކަމަކަށް، ރެފަރެންޑަމް ވޯޓު ނެގުމަށް ރައީސް ނެރުއްވި ޤަރާރަށް ބަލާލި ނަމަވެސް ފެންނަން އޮތީ ހަމައެކަނި ރައީސް ތާއީދު ކުރައްވާ ކޮޅު އެކަންޏެވެ. ޤާނޫނު މިހާރު އޮތް ގޮތުން ދެކޮޅު ގެންނަން ކޮންމެހެން ލާޒިމު ނުވިނަމަ ވެސް، ރައީސްގެ ހެޔޮ ނިޔަތެއް އޮތްނަމަ، ކަން ކުރެއްވީހީ އެހެނެއްވެސް ނޫނެވެ.

ދެވަނަ ކަމަކަށް ސަރުކާރުގެ މެސެޖުތައް ރައްޔިތުންނާ ހަމައަށް ފޯރާފައިނުވާ ކަމަށް ބުނާ ބުނުމަކީ، ކެމްޕޭން ދުވަސްވަރު ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްފައިވާ މިންވަރަށް ބަލާއިރު ގަބޫލުކުރަން ދަތި ވާހަކައެކެވެ. ދައުލަތުގެ މީޑިއާތަކުން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އެޖެންޑާ ކުރިއެރުވުމަށް މެދުކެނޑުމެއްނެތި މަސައްކަތްކޮށްފައެވެ.

މީޑިއާގެ އިތުރުން، ކެމްޕޭނަށް އެހީތެރިވުމަށް ދައުލަތުގެ އެކި ވަސީލަތްތައް ބޭނުންކުރިކަމުގެ ހެކިތައް ވެސް ފެންނާން ހުއްޓެވެ. އިންތިޒާމުވެގެން ބޭއްވި ޖަލްސާތަކުން ފެށިގެން، ސަރުކާރަށް ތާއީދު ހޯދުމަށް ކުރި ވަރުގަދަ މަސައްކަތްތަކަކީ އެންމެންނަށް ފެންނަން އޮތް ހަގީގަތެކެވެ. މިފަދަ ހާލަތެއްގައި، ރައްޔިތުންނަށް އަޑުއިވުނީ ހަމައެކަނި "އިދިކޮޅު ފަރާތްތަކުގެ ވާހަކަ" ކަމަށް ބުނުމަކީ، އިންތިޚާބުގެ ނާކާމިޔާބީގެ ހަގީގީ ސަބަބުތައް ފޮރުވުމަށް ދައްކާ ބަހަނާއެވެ.

މީގެ އިތުރުން، އިންތިޚާބުގެ ނަތީޖާއިން ފެންނަނީ މިއަށްވުރެ ސާފު އަދި ވަރުގަދަ މެސެޖެކެވެ. ވަކިން ހާއްސަކޮށް، ފެންނަނުފެންނަ ވޯޓަކީ ރައްޔިތުންގެ ޝުއޫރުތައް ހުރިގޮތް ވަޒަންކޮށްލަން ލިބުނު ސީދާ ފުރުސަތެކެވެ. ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ހުށަހެޅުއްވުމާ ދެކޮޅަށް 130,919 އަށްވުރެ ގިނަ ވޯޓު ލިބިފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމަނިކުފާނަށް ލިބިވަޑައިގަތް 129,159 ވޯޓަށްވުރެ ވެސް އިތުރު އަދަދެކެވެ. މިއީ ހަމައެކަނި ކެމްޕޭނުގައި ހެދުނު ގޯހަކުން ނުވަތަ ކުޑަ ތަފާތަކުން ދިމާވި ނަތީޖާއެއް ނޫނެވެ. މިއީ ރައްޔިތުންގެ ބޮޑު ބައެއްގެ ތާއީދު ސަރުކާރަށް ގެއްލިފައިވާކަން ހިސާބުތަކުން ހާމަވާ ވަރުގަދަ ހެއްކެކެވެ.

އެ ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ނަތީޖާއަށް ބަލާއިރު ވެސް ފެންނަނީ މިފަދަ މަންޒަރެކެވެ. އާންމު ރައްޔިތުންގެ ސިޔާސީ ވިންދު ހުރިގޮތް ހާމަކޮށްދޭ މި އިންތިޚާބުތަކުން ވެސް ދައްކުވައިދިނީ، ސަރުކާރަށް އޮތް އިތުބާރު ކުޑަވެފައިވާ މިންވަރެވެ. އެކި ދާއިރާތަކުގެ އިންތިޚާބުތަކުން މިފަދަ އެއްގޮތް ނަތީޖާއެއް ފެނުމުން އެނގެނީ، މިއީ ހަމައެކަނި ކެމްޕޭން ހިންގުމުގައި ދިމާވި މައްސަލައެއް ނޫން ކަމެވެ. އޭގެ ބަދަލުގައި، މިއީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ކެނޑިފައިވާކަމުގެ ހެއްކެކެވެ.

ފެންނަނުފެންނަ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާގެ ހުށަހެޅުއްވުމާ ދެކޮޅަށް ވޯޓުލީ މީހުންގެ ނިސްބަތް ގާތްގަނޑަކަށް 70 އިންސައްތައަށް އެރުމަކީ މިކަން އިތުރަށް ކަށަވަރުކޮށްދޭ ކަމެކެވެ. ސިޔާސީ މަސްރަހުގެ ހަގީގަތްތައް ހަމައެކަނި އިންސައްތައަކުން ބަޔާން ނުކުރެވުނު ނަމަވެސް، މިފަހަރުގެ ނަތީޖާއަކީ ދޫކޮށްލެވޭވަރަށްވުރެ ބޮޑު ނަތީޖާއެކެވެ. މިއިން ދޭހަވަނީ ވެރިކަމާ ހަވާލުވެވަޑައިގަތްތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ސަރުކާރުގެ ހިންގުމާ މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ބޮޑު ނުރުހުމެކެވެ.

މިފަދަ ހާލަތެއްގައި ކެމްޕޭން ޓީމުތަކުގެ ބޮލުގައި އިލްޒާމު އެޅުވުމަކީ، ލީޑަރެއްގެ ހުންނަންޖެހޭ އަސާސީ ޒިންމާއަށް ފުރަގަސްދިނުމެވެ. އިންތިޚާބުތަކުގެ ނަތީޖާއަކީ، ހާއްސަކޮށް މިހާ ބޮޑު ތަފާތަކުން ނުކުންނަ ނަތީޖާއަކީ، ހަމައެކަނި ކެމްޕޭން ޓީމުގެ ބޮލުގައި ޒިންމާ އަޅުވާފައި ނިންމާލެވޭ ވަރު ކަމެއް ނޫނެވެ. އެއީ ސަރުކާރުގެ ސިޔާސަތުތަކާއި، ވެރިކަން ކުރާ ގޮތާއި، ރައްޔިތުންނާ ބާއްވާ މުއާމަލާތްތަކުގެ މައްޗަށްވެސް ބިނާވެފައިވާ ކަމެކެވެ.

އެހެންކަމުން ރައީސްގެ ފަރާތްޕުޅުން ފެންނަމުން މި ދަނީ ސިޔާސީ ގޮތުން ޒިންމާދާރުވުމުގެ ބަދަލުގައި ބަޔަކު ކުށްވެރިކޮށްލެވޭތޯ އުޅުއްވާ މަންޒަރެވެ. ނަމަވެސް ޤަބޫލު ކުރަންޖެހޭ ޙަގީގަތަކީ ފެންނަނުފެންނަ ވޯޓުގެ ނަތީޖާއާއި އެހެނިހެން އިންތިޚާބުތަކުގެ ނަތީޖާއަކީ ރައްޔިތުން ސަރުކާރަށް ދިން ވަރުގަދަ ސިގްނަލެއްކަމެވެ. ދެން އޮތްތަނުގައިވެސް ސަރުކާރުގެ ކުރިމަގު ބިނާވެގެންދާނީ މި ސިގްނަލް ގަބޫލުކުރުމުން ނުވަތަ އެއަށް ފުރަގަސްދިނުމުގެ މައްޗަށެވެ.

ހަގީގަތުގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްނުދެވުނުކަމަށް ބުނާ ވާހަކައަކީ ކެމްޕޭނުގެ ހަގީގީ މަންޒަރާއި އިންތިޚާބުގެ ސާފު ނަތީޖާއާ ދިމާވާ ވާހަކައެއް ނޫނެވެ. ރައްޔިތުން މިވަނީ ހިސާބުތަކުން ފެންނަން އޮތް ސާފު ނިންމުމެއް ނިންމާފައެވެ. މިހާރު އުފެދޭ ސުވާލަކީ، ރައްޔިތުން ދިން އެ މެސެޖު ސަރުކާރަށް ހަގީގަތުގައި ވެސް އަޑުއިވޭނެތޯއެވެ؟

 

ރެފަރަންޑަމް ބިލުމުއިއްޒުގެ ވައުދުއިންތިޚާބާބޭހޭކައުންސިލް ވޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ރެފަރެންޑަމް ވޯޓުން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕޭނު ޓީމުތަކާ ހެދި: ރައީސް

ރެފަރެންޑަމް ވޯޓުން ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕޭނު ޓީމުތަކާ ހެދި: ރައީސް

18 އެޕްރީލު 2026
ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ

ދެވަނަ ބުރުގެ ނަތީޖާގައި ކައުންސިލު ގޮނޑިން އެމްޑީޕީއަށް ލިބުނީ ބޮޑު ކާމިޔާބީ އެއް، ދެން އޮތީ ސަރުކާރު ހަމަމަގަށް އެޅުވުން: ގަޕޯ

18 އެޕްރީލު 2026
ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް ސަރުކާރުން ބުނި، ނަމަވެސް ސިމެންތި ނުލިބިގެން ތިނަދޫ އެސްޓީއޯގައި އިހުތިޖާޖެއް!

ރާއްޖެއަށް ސިމެންތި މެދުނުކެނޑި ލިބޭނެކަމަށް ސަރުކާރުން ބުނި، ނަމަވެސް ސިމެންތި ނުލިބިގެން ތިނަދޫ އެސްޓީއޯގައި އިހުތިޖާޖެއް!

16 އެޕްރީލު 2026
ސަރުކާރުގެ ހަލަބޮލިކަން: ކުއްލި ބަދަލުތަކާއެކު ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލަނީ!

ސަރުކާރުގެ ހަލަބޮލިކަން: ކުއްލި ބަދަލުތަކާއެކު ސަރުކާރަށް އިތުބާރު ގެއްލި، ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލަނީ!

16 އެޕްރީލު 2026
އާދަމް ނަސީރު ހިއްސާކުރެއްވި މާނަ ފުން ޅެމުން ބުނެދިނީ ބޭރުފުށުން ހެޔޮލަފާކަމަށް ދައްކައިގެން އުޅޭ މީހުންގެ އެތެރެފުށުގެ ނުބައިކަން!

އާދަމް ނަސީރު ހިއްސާކުރެއްވި މާނަ ފުން ޅެމުން ބުނެދިނީ ބޭރުފުށުން ހެޔޮލަފާކަމަށް ދައްކައިގެން އުޅޭ މީހުންގެ އެތެރެފުށުގެ ނުބައިކަން!

16 އެޕްރީލު 2026

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު