Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުގެ އާ ލީޑަރަށް ވަނީ އަނިޔާވެ ޖިސްމާނީ ގެއްލުން ލިބިފައި: އެމެރިކާ

އީރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީގެ އާއިލާގެ ބައެއް ބޭފުޅުން އިޒްރޭލުގެ ހަމަލާތަކުގައި އަވަހާރަވެފައިވާއިރު، އޭނާގެ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާންމުނުކުރާތީ އޭނާގެ ހާލަތާ މެދު އެމެރިކާއިން ވަނީ ސުވާލު އުފައްދާފައި. އެމެރިކާއިން ބުނެފައިވަނީ މި ހަނގުރާމައިގައި ދުޝްމަނުންނަށް އެއްވެސް ރަހުމެއް ނުބަހައްޓާނެ ކަމަށް. ފާއިތުވި ދެ ހަފުތާގައި އެމެރިކާއިން އީރާނުގެ ގިނަ އަމާޒުތަކަކަށް ހަމަލާދީފައިވާއިރު، މި ކުރިމަތިލުންތަކުގައި ދެ ފަރާތުންވެސް މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި.

ރާއްޖެ އެމްވީ | 14 މާރިޗު 2026 | ހޮނިހިރު 02:02
31 މޭ 2019 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ، ތެހެރާންގައި ބޭއްވި ގުދުސް ދުވަހުގެ މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރު.

31 މޭ 2019 ގައި ނަގާފައިވާ މި ފޮޓޯއިން ފެންނަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ، ތެހެރާންގައި ބޭއްވި ގުދުސް ދުވަހުގެ މުޒާހަރާއެއްގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރު. | ގެޓީ އިމޭޖަސް

އީރާނުގެ އާ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީއަށް އެކިވަރުގެ އަނިޔާތައް ލިބިވަޑައިގެން، އޭނާ އަށް ޖިސްމާނީ ގެއްލުންތައް ލިބިފައިވާ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން ގައުމު ހިންގުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުރިތޯ ސުވާލު އުފެދޭ ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ. ހެގްސެތު މިހެން ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭތާ ގާތްގަނޑަކަށް ދެ ހަފުތާ ވެފައިވަނިކޮށެވެ.

މި ހަނގުރާމަ ފެށުނުތަނާހެން އިޒްރޭލުން ދިން ހަމަލާއެއްގައި މުޖުތަބާ ޚާމަނާއީގެ ބައްޕާފުޅު އަދި ކުރީގެ ރޫހާނީ ލީޑަރާއި އަނބިކަނބަލުން ހިމެނޭހެން އާއިލާގެ ގިނަ ބަޔަކު އަވަހާރަވި ފަހުން، އޭނާގެ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އާންމުކޮށްފައެއް ނުވެއެވެ.

މުޖުތަބާ ޚާމަނާއީގެ ފުރަތަމަ ބަޔާން ބުރާސްފަތި ދުވަހު އިއްވާފައިވަނީ ޓީވީ ޕްރެޒެންޓަރެކެވެ. އެ ބަޔާނުގައި އޭނާ ވަނީ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަށް ވައުދުވެ، އަވަށްޓެރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމަށް ގޮވާލާފައެވެ. އަދި އެކަން އެގޮތަށް ނުކޮށްފިނަމަ އެ ގައުމުތަކަށް އީރާނުން ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

ބްރީފިންއެއްގައި ވާހަކަދައްކަވަމުން ހެގްސެތު ވިދާޅުވީ، އީރާނުގެ އާ ރޫހާނީ ލީޑަރަށް އަނިޔާވެ، އޭނާގެ ސޫރަ ބަދަލުވެފައިވާކަން އެނގޭ ކަމަށެވެ. އަދި އިއްޔެ އޭނާ ނެރުނު ބަޔާނަކީ ވަރަށް ބަލިކަށި ބަޔާނެއް ކަމަށާއި، އެއީ އެއްވެސް އަޑެއް ނުވަތަ ވީޑިއޯއެއް ނެތް ހަމައެކަނި ލިޔުމުން އޮތް ބަޔާނެއްކަން ހެގްސެތު ފާހަގަކުރެއްވިއެވެ.

"އީރާނުގައި ކެމެރާ އާއި އަޑު ރެކޯޑްކުރާނެ ސާމާނު ބައިވަރު އެބަހުރި. އެކަމަކު ހަމައެކަނި ލިޔުމުން ބަޔާން ނެރުނީ ކީއްވެ؟ އަހަރެން ހީކުރަނީ އޭގެ ސަބަބު އެންމެންނަށް އެނގޭނެ ކަމަށް. އޭނާގެ ބައްޕަ ވަނީ މަރުވެފައި. އޭނާ ހުރީ ބިރުން، އަނިޔާވެފައި، ފިލައިގެން އުޅޭ ހާލަތެއްގައި. އަދި އޭނާގެ ކިބައިގައި ވެރިކަން ކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް،" ހެގްސެތު ވިދާޅުވިއެވެ.

އީރާނުގެ އޮފިޝަލަކު ބުދަ ދުވަހު ރޮއިޓާސްއަށް ބުނެފައިވަނީ އަލަށް އައްޔަންކުރި ރޫހާނީ ލީޑަރަށް ލިބިފައިވަނީ ކުދި އަނިޔާތަކެއް ކަމަށާއި، އޭނާގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭންއާއެކު ބޭއްވި މި ބްރީފިންގައި، އީރާނުގެ މިސައިލާއި ޑްރޯން ގާބިލުކަމުގެ އިތުރުން އެ ގައުމުގެ ކަނޑުގެ ސިފައިންގެ ބާރު ކަނޑުވާލުމަށް އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ވާހަކަ ދެއްކެވިއެވެ.

'އެއްވެސް އޯގާތެރިކަމެއް ނޯންނާނެ'

މި ބްރީފިންގައި ހެގްސެތު ވިދާޅުވީ މި ހަނގުރާމައިގައި އެމެރިކާއިން އެއްވެސް ރަހުމެއް ނުބަހައްޓާނެ ކަމަށެވެ.

"އަހަރެމެން ދާނީ ކުރިއަށް، ހުއްޓުމެއް ނެތި ފިއްތުންތައް ކުރިމަތިކުރަމުން. ދުޝްމަނުންނަށް އެއްވެސް ދުލެއް، އެއްވެސް އޯގާތެރިކަމެއް ނޯންނާނެ،" ހެގްސެތު ވިދާޅުވިއެވެ.

ހެގްސެތު މިހެން ވިދާޅުވި އިރު އަމާންދޭން ބޭނުންވާ މީހާގެ ފުރާނަ ސަލާމަތްކޮށްދިނުމަށް އިންކާރުކުރުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ ކަމެކެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރު.ސީ) އިން ބުނާ ގޮތުގައި، ހަނގުރާމައިގައި އެއްވެސް މީހަކު ދިރިހުރިޔަ ނުދިނުމަށް އަމުރުކުރުމާއި، އެފަދަ އިންޒާރު ދިނުމާއި، ނުވަތަ އެ އުސޫލުން ހަނގުރާމަ ކުރިއަށް ގެންދިއުމަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު ކަމެކެވެ.

ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި އެމެރިކާއިން ވަނީ އީރާނުގެ 6،000 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައެވެ. އެމެރިކާ އާއި އިޒްރޭލުން ދެ ހަފުތާ ވަންދެން ދިން ބޮމުގެ ހަމަލާތަކުގައި އީރާނުން ގާތްގަނޑަކަށް 2،000 މީހުން ވަނީ މަރުވެފައެވެ.

ނަމަވެސް އެމެރިކާގެ ހަމަލާތަކާއެކު ވެސް، ކުވެއިތު، އިރާގު، ޔޫއޭއީ، ބަހްރޭން އަދި އޮމާންގެ ވައިގެ ސަރަހައްދަށް އީރާނުގެ ޑްރޯން ހަމަލާތައް ދަނީ ދެމުންނެވެ.

މީގެ އިތުރުން، ހުކުރު ދުވަހު އިރާގުގެ ހުޅަނގު ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ތެޔޮ އަޅާ ބޯޓެއް ވެއްޓި އެމެރިކާގެ ސިފައިންގެ ހަތަރު މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް މިއީ ދުޝްމަނުންގެ ހަމަލާއަކުން ހިނގި ކަމެއް ނޫން ކަމަށް އެމެރިކާއިން ބުނެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދޭން ފެށި ފަހުން، އެމެރިކާ ސިފައިންގެ 11 މީހަކު ވަނީ މަރުވެފައެވެ.

މަސްދަރު: ރޮއިޓާސް

މުޖްތަބާ ހާމަނީޕީޓް ހެގްސެތްއީރާން-އެމެރިކާއީރާންގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި

އީރާނުގެ އިސް އޮފިޝަލުންގެ މައުލޫމާތު ދޭ ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމު އެމެރިކާ އިން ހުށަހަޅައިފި

14 މާރިޗު 2026
އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުގެ ތެޔޮ އެކްސްޕޯޓު ކުރާ މައިމަރުކަޒު ހުންނަ ޚާރްގް ޖަޒީރާ އަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދީފި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 މާރިޗު 2026
އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

އީރާނާ ދެކޮޅަށްދޭ ހަމަލާތައް ވަރުގަދަ ކުރުމަށް މެދުއިރުމައްޗަށް އެމެރިކާގެ މެރިން ފައުޖެއް ފޮނުވުމަށް ޕެންޓަގަން އިން ހުއްދަ ދީފި

14 މާރިޗު 2026
އައިއާރުޖީސީގެ އިންޒާރު ޒަޔަނިސްޓުންނަށް: ކަލޭމެންނަށް އަނދިރި ދުވަސްތަކެއް ދައްކާލާނަން

އައިއާރުޖީސީގެ އިންޒާރު ޒަޔަނިސްޓުންނަށް: ކަލޭމެންނަށް އަނދިރި ދުވަސްތަކެއް ދައްކާލާނަން

14 މާރިޗު 2026
ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވެ، ސަރުކާރުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފި

14 މާރިޗު 2026

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު