Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނުން އެމެރިކާގެ އެފް-35 ފައިޓަރ ޖެޓަކަށް ހަމަލާދީފި

މި ހަމަލާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ހަނގުރާމަވެރި މިޝަނެއްގައި އުޅުނު އެ ބޯޓަށް ދިމާވި ހާދިސާއަކާ ގުޅިގެން ކުއްލި ހާލަތުގައި އަސްކަރީ މަރުކަޒަކަށް ޖައްސާފައިވާ ކަމަށް.

ރާއްޖެ އެމްވީ | 20 މާރިޗު 2026 | ހުކުރު 14:32
ކެލިފޯނިއާގެ ސެން ޑިއޭގޯގައި ހުންނަ މެރިން ކޯ އެއަރ ސްޓޭޝަން މިރާމާގައި، 2025 ސެޕްޓެމްބަރު 26 ވަނަ ދުވަހު ބޭއްވި "އެމެރިކާސް އެއަރ ޝޯ" ގައި، މެރިން ފައިޓަރ އެޓޭކް ޓްރޭނިންގ ސްކޮޑްރަން 502 އަށް ނިސްބަތްވާ ޔޫއެސް މެރިން ކޯގެ ލޮކްހީޑް މާޓިން އެފް-35 ލައިޓްނިންގ II (ޖޮއިންޓް ސްޓްރައިކް ފައިޓަރ) މަތިންދާބޯޓެއް ދައްކާލަނީ.

ކެލިފޯނިއާގެ ސެން ޑިއޭގޯގައި ހުންނަ މެރިން ކޯ އެއަރ ސްޓޭޝަން މިރާމާގައި، 2025 ސެޕްޓެމްބަރު 26 ވަނަ ދުވަހު ބޭއްވި "އެމެރިކާސް އެއަރ ޝޯ" ގައި، މެރިން ފައިޓަރ އެޓޭކް ޓްރޭނިންގ ސްކޮޑްރަން 502 އަށް ނިސްބަތްވާ ޔޫއެސް މެރިން ކޯގެ ލޮކްހީޑް މާޓިން އެފް-35 ލައިޓްނިންގ II (ޖޮއިންޓް ސްޓްރައިކް ފައިޓަރ) މަތިންދާބޯޓެއް ދައްކާލަނީ. | ގެޓީ އިމޭޖަސް

އީރާނުގެ މެދުތެރޭގެ ވައިގެ ސަރަހައްދުން ފެންނަ ފަށުން ބޭރުގައި އުދުހުނު ޖެޓަކަށް އީރާނުން ހަމަލާދީފި އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނި ގޮތުގައި، އެ ގައުމުގެ މެދުތެރޭގެ ވައިގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެމެރިކާގެ އެއާފޯސްގެ އެފް-35 މަރުކާގެ "ސްޓެލްތް" ފައިޓަރ ޖެޓަކަށް އެ ޖަމާއަތުން ވަނީ ކާމިޔާބު ހަމަލާއެއް ދީފައެވެ.

އައި.އާރް.ޖީ.ސީ ގެ ރަސްމީ ޚަބަރު ފަތުރާ ވެބްސައިޓުގައި ބުރާސްފަތި ދުވަހު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ އެ ޖެޓަށް ހަމަލާދީފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އެ ގައުމުގެ ގަޑިން މެންދަމުން އަލިވެ 2:50 ހާއިރު، އައި.އާރް.ޖީ.ސީ ގެ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމުތައް ބޭނުންކޮށްގެން ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހަމަލާ އަމާޒުވި ފައިޓަރ ޖެޓަށް ވީގޮތެއް އަދި ސާފުނުވާ ކަމަށާއި އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެ ބޯޓު ވެއްޓިފައިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އައި.އާރް.ޖީ.ސީ އިން ބުނެއެވެ.

އީރާނުގެ ދިފާއީ ނިޒާމުތަކުން މީގެ ކުރިން އެމެރިކާ އާއި އިޒްރޭލުގެ 125 އަށްވުރެ ގިނަ ޑްރޯން ވައްޓާލާފައިވާކަން ފާހަގަކުރަމުން އައި.އާރް.ޖީ.ސީ އިން ބުނީ، މިއީ އެ ގައުމުގެ ގުޅިފައިވާ ވައިގެ ދިފާއީ ވިއުގައަށް ގެނެވުނު މުހިންމު އަދި އަމާޒެއް އޮތް ކުރިއެރުންތަކެއްގެ ނަތީޖާ ކަމަށެވެ.

ސީ.އެން.އެން އިން މި ހާދިސާގެ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުން ދިން ހަމަލާއެއް އަމާޒުވުމާ ގުޅިގެން އެމެރިކާގެ އެފް-35 މަރުކާގެ ފައިޓަރ ޖެޓެއް ވަނީ ހުޅަނގު އޭޝިއާގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ކުއްލި ހާލަތުގައި ޖައްސާފައެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ވަނީ، ފަސްވަނަ ޖީލުގެ މި "ސްޓެލްތް" ޖެޓު އީރާނުގެ މަތިން ހަނގުރާމަވެރި މިޝަނެއްގައި އުޅެނިކޮށް، މަޖުބޫރުވެގެން ބިމަށް ޖައްސާފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މި ހާދިސާ މިހާރު ތަހުގީގު ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ ފެބްރުއަރީ މަހުގެ ފަހުކޮޅު، އީރާނުގެ އިސްލާމީ އިންގިލާބުގެ ލީޑަރު އާޔަތުﷲ ސައްޔިދު އަލީ ޚާމަނާއީ އަވަހާރަކޮށްލައި، އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ފެށި ޓެރަރިޒަމްގެ ހަނގުރާމައިގައި، އީރާނުގެ ފައުޖުތަކުން އެމެރިކާގެ މަތިންދާބޯޓަކަށް ހަމަލާދިން ކަމަށް ރިޕޯޓުކުރެވުނު ފުރަތަމަ ފަހަރެވެ.

އެމެރިކާ އާއި އިޒްރޭލުން މި ހަނގުރާމައިގައި އެފް-35 މަރުކާގެ ޖެޓުތައް ބޭނުންކުރަމުންދާއިރު، މިއިން ކޮންމެ ޖެޓެއްގެ އަގު 100 މިލިއަން ޑޮލަރަށްވުރެ މައްޗެވެ.

އީރާނުގެ އަސްކަރީ މަސްދަރުތަކުން ހާމަކުރި އިތުރު ތަފްސީލުތަކުގައިވާ ގޮތުން، އީރާނުން އަލަށް އުފެއްދި ވައިގެ ދިފާއީ ނިޒާމުތަކާއި މިސައިލް އުޅަނދުތައް ބޭނުންކޮށްގެން، އެމެރިކާގައި އުފައްދާފައިވާ އެފް-35 މަރުކާގެ އެތައް ޖެޓަކަށް ހަމަލާދީ ވަނީ ނުކުޅެދޭ ހާލަތަށް ގެނެސްފައެވެ.

އީރާނުގެ އެއަރޯސްޕޭސް ފޯސް އިން ބުނި ގޮތުގައި، އެފް-35 ޖެޓުތަކަށް ދުނިޔޭގައި ލިބިފައިވާ ގަދަރު ކުޑަކޮށްލާފައިވާ ކަމަށާއި، މިއީ އެ ގައުމުގެ އަސްކަރީ ގާބިލުކަމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

އެމެރިކާގެ ޖެޓު ކުއްލި ހާލަތުގައި ޖައްސަން ޖެހުނު ކަމަށް ބުނާ ޚަބަރުތައް ފެންމަތިވެފައި މިވަނީ، އީރާނާ ދެކޮޅަށް ހިންގާ ޓެރަރިޒަމްގެ އޮޕަރޭޝަންތައް ކާމިޔާބު ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ދައުވާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ހަރުކަށި ފިކުރުގެ ވޯ ސެކްރެޓަރީ ޕީޓް ހެގްސެތު ބުރާސްފަތި ދުވަހުގެ ހެނދުނު ބޮޑާކަމާއެކު ވިދާޅުވީ، އެމެރިކާއިން ދަނީ "ކާމިޔާބީ" ހޯދަމުން ކަމަށާއި، އީރާނުގެ ވައިގެ ދިފާއީ ނިޒާމުތައް "ފުނޑުފުނޑުކޮށްލާފައިވާ" ކަމަށެވެ.

ހެގްސެތު ވަނީ މީގެ ކުރިންވެސް މުސްލިމް ގައުމުތަކާ ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ އުދުވާންތަކަކީ، ދުނިޔެ ނިމުމުގެ ކުރިން ހިނގާނެ ކަމަށް ބުނާ "އަރމަގެޑަން" ނުވަތަ ބޮޑު ހަނގުރާމައަށް މަގުފަހިކުރުމަށް ހިންގާ "ކްރޫސޭޑް" ނުވަތަ ދީނީ ހަނގުރާމައެއްގެ ބައެއްގެ ގޮތުގައި ސިފަކޮށް، އިންތިހާއަށް ކަންބޮޑުވާ ފަދަ ބަޔާންތަކެއް ދީފައެވެ.

އޭނާ ގެންގުޅޭ ހަރުކަށި ފިކުރު އޭނާގެ ހަށިގަނޑުގައި ޖަހާފައިވާ ޓެޓޫތަކުންވެސް ހާމަވެއެވެ. އޭގެ ތެރޭގައި މުސްލިމުންގެ އަތުން ގުދުސް އަތުލުމަށް ޔޫރަޕުގެ ގައުމުތަކުން ކުރި ލޭއޮހޮރުވުން ބޮޑު ކްރޫސޭޑް ހަނގުރާމަތަކާ ގުޅުންހުރި "ޖެރޫސަލަމް ކްރޮސް" އާއި، ކްރޫސޭޑަރުންގެ ޝިއާރެއް ކަމަށްވާ "ޑިއުސް ވުލްޓް" ފަދަ ލިޔުންތައް ހިމެނެއެވެ.

މި ޓެޓޫތަކުގެ އިތުރުން، އޭނާ އަމިއްލައަށް ލިޔެ ޝާއިއުކޮށްފައިވާ "އެމެރިކަން ކްރޫސޭޑް" ފޮތުގައި، އިސްލާމްދީނާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ޒަމާނީ "ކްރޫސޭޑް" އެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. މިކަމާ ގުޅިގެން، އޭނާގެ ދަށުން މަސައްކަތްކުރާ އަސްކަރީ ސިފައިންގެ ގިނަ ބަޔަކު ވަނީ، އޭނާގެ ހަރުކަށި ދުނިޔަވީ ތަސައްވުރާއި އީރާނާ ދެކޮޅަށް މިހާރު ކުރިއަށްދާ ޓެރަރިޒަމްގެ ހަނގުރާމައާ ސީދާ ގުޅުމެއް އޮތް ކަމަށް ބުނެ ޝަކުވާ ހުށަހަޅާފައެވެ.

އީރާން-އެމެރިކާއެފް-35އައިއާރުޖީސީޕީޓް ހެގްސެތްއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގަލްފުގެ ތެލާއި ގޭސް ސަޕްލައި އާންމު ހާލާތަކަށް އަންނާނީ ހަމަސް ދުވަސް ފަހުން: އައި.އީ.އޭ

ގަލްފުގެ ތެލާއި ގޭސް ސަޕްލައި އާންމު ހާލާތަކަށް އަންނާނީ ހަމަސް ދުވަސް ފަހުން: އައި.އީ.އޭ

20 މާރިޗު 2026
އިންޑިއާގެ އެއާލައިންތަކުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

އިންޑިއާގެ އެއާލައިންތަކުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ބައެއް ދަތުރުތައް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު ދީފި

20 މާރިޗު 2026
ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި

ޗެކް ރިޕަބްލިކް ގައި ހުންނަ އިޒްރޭލުގެ ހަތިޔާރު ފެކްޓަރީގައި ރޯކޮށްލައިފި

20 މާރިޗު 2026
އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ތަރުޖަމާނު ޝަހީދުކޮށްލައިފި

އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ތަރުޖަމާނު ޝަހީދުކޮށްލައިފި

20 މާރިޗު 2026
އިސްވެރިންނަށް ހަމަލާދެމުން ދިޔަ ނަމަވެސް އިރާނުގެ ސަރުކާރު ބަލިކަށިވާތަނެއް ނުފެނޭ

އިސްވެރިންނަށް ހަމަލާދެމުން ދިޔަ ނަމަވެސް އިރާނުގެ ސަރުކާރު ބަލިކަށިވާތަނެއް ނުފެނޭ

20 މާރިޗު 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު