Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން

އީރާންގެ ވެރިންނާއި ތަންތަން ހިމެނޭހެން، 19 އޮފިޝަލަކާ ދެކޮޅަށް އީޔޫ އިން އައު ފިޔަވަޅު ތަކެއް އަޅައިފި

އީޔޫގެ ޤައުމު ތަކުން އެއްބަސްވި ފިޔަވަޅުތައް އިއުލާން ކުރަމުން ކަލާސް ވިދާޅުވީ، އީރާންގެ ހަނގުރާމަ ކުރިއަށްދާއިރު އީޔޫ އިން އެ ޤައުމުގެ މަސްލަހަތުތައް ރައްކާތެރި ކުރާނެ ކަމަށާއި، ޤައުމީ ފެންވަރުގައި އީރާންގައި ދަތި ކުރުންތައް ގެންގުޅޭ ފަރާތްތަކުގެ ފަހަތުން ވެސް ދާނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 08:24
އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް

އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް | ގެޓީ އިމޭޖަސް

އީރާންގެ އިސް އޮފިޝަލުންނާއި، އެ ޤައުމުގެ ތަންތަން ހިމެނޭހެން 19 އޮފިޝަލަކާ ދެކޮޅަށް އައު ފިޔަވަޅު ތަކެއް އަޅާފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހާމަ ކޮށްފި އެވެ. 

މިކަން ހާމަ ކޮށްފައި ވަނީ އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކަލާސް އެވެ. ކަލާސް ވިދާޅުވީ މި ފިޔަވަޅުތައް އަޅާފައި ވަނީ އީރާންގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ދެކޮޅަށް ހިންގި އަމަލު ތަކުގެ ސަބަބުންނެވެ. 

ބައިނަލްއަޤުވާމީ މީޑިއާ ތަކާއި، ސިޔާސީ މަސްރަހުގެ މަސްދަރު ތަކުން ބުނެފައިވާ ގޮތުގައި، ފިޔަވަޅު އެޅި ފަރާތް ތަކުގެ ތެރޭގައި އީރާންގެ އައު ރޫހީ ލީޑަރު މުޖުތަބާ ޚާމަނާއީ ނުހިމެނެ އެވެ. 

އީޔޫގެ ޤައުމު ތަކުން އެއްބަސްވި ފިޔަވަޅުތައް އިއުލާން ކުރަމުން ކަލާސް ވިދާޅުވީ، އީރާންގެ ހަނގުރާމަ ކުރިއަށްދާއިރު އީޔޫ އިން އެ ޤައުމުގެ މަސްލަހަތުތައް ރައްކާތެރި ކުރާނެ ކަމަށާއި، ޤައުމީ ފެންވަރުގައި އީރާންގައި ދަތި ކުރުންތައް ގެންގުޅޭ ފަރާތްތަކުގެ ފަހަތުން ވެސް ދާނެ ކަމަށެވެ. 

އެކަން ފާހަގަ ކުރައްވައި ކަލާސް ވިދާޅުވީ، އީރާން އަށް މެސެޖެއް ދޭން ބޭނުންވާ ކަމަށެވެ. އެގޮތުން އީރާންގެ ކުރިއެރުން ބިނާ ކުރެވޭނީ ދަތި ކުރުން ތަކުގެ މައްޗަށް ނޫން ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، އެ މެސެޖު ދޭން ބޭނުންވާ ކަމަށެވެ. 

މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އީރާންގައި ވަނީ ބޮޑު މުޒާހަރާ ތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އީރާންގެ ސަރުކާރުން ތުހުމަތު ކުރި ގޮތުގައި އެއީ އެމެރިކާ އާއި އިޒްރޭލް އަޑީގައި ތިބެގެން ކުރިއަށް ގެންދިޔަ މުޒާހަރާ ތަކެކެވެ. އީރާންގެ ސަރުކާރުން ވަނީ ޤައުމީ މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށް ބުނެ، އެ މުޒާހަރާތައް މައިތިރި ކުރުމަށް ބާރުގެ ބޭނުން ކޮށްފަ އެވެ.

އޭރު އީރާންގެ ރޫހީ ލީޑަރަކަށް ހުންނެވީ އާޔަތުﷲ އަލީ ޚާމަނާއީ އެވެ. ނަމަވެސް، މިދިޔަ ފެބްރުވަރީ މަހުގެ ފަހު ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ދޭން ފެށި ހަމަލާ ތަކުގައި ޚާމަނާއީ ވަނީ އަވަހާރަވެފަ އެވެ. އޭގެ ފަހުން އީރާންގެ އައު ރޫހީ ލީޑަރަކަށް އައްޔަން ކުރައްވާފައި ވަނީ، ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އެވެ. 

އީޔޫ އިން އީރާާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނެނީ، ފިޔަވަޅު އަޅާފައިވާ ފަރާތްތައް ދަތުރު ކުރުން މަނާ ކުރުމުގެ އިތުރުން، އެ ފަރާތް ތަކުގެ މުދާ ފްރީޒް ކުރުމެވެ. 

މަސްދަރު: އޭއެފްޕީ

އީރާންއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޔޫރަޕިއަން ޔޫނިއަންއީރާނު-އީޔޫކާޔާ ކާލާސްއީރާންގެ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ

ކޮމެންޓް

އިތުރަށް ކިޔާލަން

ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ

ތެލުގެ އަގު ނުހައްގުން އުފުލާ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ބޮޑު ވަޒީރު ސްޓާމަރ

12 މާރިޗު 2026
ތައިލެންޑުގެ ބޯޓަކަށް ހަަމަލާ ދިނުމާ ގުޅިގެން، އީރާންގެ ސަފީރު އެ ޤައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

ތައިލެންޑުގެ ބޯޓަކަށް ހަަމަލާ ދިނުމާ ގުޅިގެން، އީރާންގެ ސަފީރު އެ ޤައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

12 މާރިޗު 2026
ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް

ހަނގުރާމަ ހުއްޓާލުމަށް އީރާންގެ ރައީސް ހުށަހެޅުއްވީ ތިން ޝަރުތެއް

12 މާރިޗު 2026
އީރާން އޮތީ ނެތި ދިޔުމާ ގާތުގައި، އެމެރިކާ އޮތީ ވަރަށް ވަރުގަދަކޮށް: ޓްރަމްޕް

އީރާން އޮތީ ނެތި ދިޔުމާ ގާތުގައި، އެމެރިކާ އޮތީ ވަރަށް ވަރުގަދަކޮށް: ޓްރަމްޕް

12 މާރިޗު 2026
ސްޕެއިން އިން އިޒްރޭލް އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވަކި ކޮށްފި

ސްޕެއިން އިން އިޒްރޭލް އަށް ކަނޑައަޅާފައި ހުންނެވި ސަފީރު ވަކި ކޮށްފި

12 މާރިޗު 2026

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު