Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި

އީރާނުގެ ނުފޫޒު ކުޑަކުރުމަށް ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެމެރިކާގެ ސެންޓްކޮމްގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ އިޒްރޭލުގެ އަސްކަރީ އިސްވެރިންނާ ބައްދަލުކޮށްފި. ސަރަހައްދީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކުރި މި ޒިޔާރަތުގައި، ދެ ގައުމުގެ ދިފާއީ ގުޅުން ވަރުގަދަކުރުމަށާއި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައި. މީގެ އިތުރުން، އެމެރިކާގެ ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ސިފައިންގެ ގާތަށް ޒިޔާރަތްކުރައްވާފައި.

ރާއްޖެ އެމްވީ | 1 އެޕްރީލު 2026 | ބުދަ 01:40
ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ (ކ)، އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނަންޓް ޖެނެރަލް އިޔާލް ޒާމީރާއެކު އިޒްރޭލު ގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި.

ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) ގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ (ކ)، އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނަންޓް ޖެނެރަލް އިޔާލް ޒާމީރާއެކު އިޒްރޭލު ގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި. | އެކްސް

އީރާނާ ދެކޮޅަށް ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތައް ބަލަހައްޓާ، މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އެންމެ އިސް ޖެނެރަލް، ދެ ގައުމު ގުޅިގެން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް މި ހަފުތާގައި އިޒްރޭލަށް ޒިޔާރަތްކޮށްފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން އަންގާރަ ދުވަހު ބުނެފިއެވެ.

ސަރަހައްދީ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ސެންޓްކޮމްގެ ވެރިޔާ އެޑްމިރަލް ބްރެޑް ކޫޕާ އިޒްރޭލަށް ކުރި މި ޒިޔާރަތުގައި، މާރިޗު މަހުގެ 29 އިން 30 އަށް އެ ގައުމުގެ އަސްކަރިއްޔާގެ އިސް ވެރިންނާ ބައްދަލުކުރި އެވެ.

މި ދަތުރުގައި އެޑްމިރަލް ކޫޕާ ވަނީ އިޒްރޭލުގެ އަސްކަރިއްޔާގެ ޗީފް އޮފް ދަ ޖެނެރަލް ސްޓާފް، ލެފްޓިނަންޓް ޖެނެރަލް އިޔާލް ޒާމިރުއާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ބާއްވާފަ އެވެ.

ސެންޓްކޮމްގެ ތަރުޖަމާނު ކެޕްޓަން ޓިމް ހޯކިންސް ބުނީ، އީރާނުގެ ބޯޑަރުން ބޭރުގައި އެ ގައުމުގެ ބާރުވެރިކަން ދެއްކުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް މިހާރު ކުރިއަށްދާ އޮޕަރޭޝަންތަކަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން ދެ ފަރާތުން މަޝްވަރާކުރި ކަމަށެވެ. މީގެ އިތުރުން، އެމެރިކާ އާއި އިޒްރޭލާ ދެމެދު އޮތް ދިފާއީ ގުޅުން ވަރުގަދަކަން ހާމަކޮށް، ދެ ގައުމުގެ މެދުގައި އޮންނަ ކޯޑިނޭޝަން ނުވަތަ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ފަރާތުން މަޝްވަރާ ކުރި ކަމަށްވެސް ހޯކިންސް ހާމަ ކުރިއެވެ.

ހޯކިންސް އިތުރަށް ހާމަކުރި ގޮތުގައި، އެމެރިކާއިން "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ނަމުން ނަންދީފައިވާ އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވާ އެމެރިކާގެ ސިފައިންނާ ބައްދަލުކުރުމަށް، އެޑްމިރަލް ކޫޕާ ވަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށްފަ އެވެ.

މީގެ އިތުރުން، ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު ވެސް ނިމިދިޔަ ހަފުތާ ބަންދުގައި އެ ސަރަހައްދުގައި ތިބި އެމެރިކާ ސިފައިންގެ ގާތަށް ޒިޔާރަތްކުރެއްވި ކަމަށް ވިދާޅުވެފައިވެއެވެ.

ހެގްސެތު ޒިޔާރަތްކުރެއްވީ ކޮން ތަނަކަށް އަދި ކޮން ވަގުތަކު ކަން ސާފުނުވި ނަމަވެސް، ޕެންޓަގަންއިން ވަނީ އޭނާގެ އެ ދަތުރުފުޅުގެ ފޮޓޯތައް އާންމުކޮށްފައެވެ.

މަސްދަރު: އަލްއަރަބިއްޔާ

އީރާން-އިޒްރޭލްސެންޓްރަލް ކޮމާންޑްއެޑްމިރަލް ބްރެޑް ކޫޕާލެފްޓިނަންޓް ޖެނެރަލް އިޔާލް ޒާމިރުޕީޓް ހެގްސެތްއޮޕަރޭޝަން އެޕިކް ފިއުރީއީރާން-ޔޫއެސްއޭ-އިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

01 އެޕްރީލު 2026
އެމެރިކާގެ ތިންވަނަ މަނަވަރު މެދުއިރުމައްޗަށް ދަތުރުކުރަނީ

އެމެރިކާގެ ތިންވަނަ މަނަވަރު މެދުއިރުމައްޗަށް ދަތުރުކުރަނީ

01 އެޕްރީލު 2026
އައިއާރުޖީސީން ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

އައިއާރުޖީސީން ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

01 އެޕްރީލު 2026
ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

31 މާރިޗު 2026
ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި މަޤުސަދު ހާސިލުވެއްޖެ: ނަތަންޔާހޫ

ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި މަޤުސަދު ހާސިލުވެއްޖެ: ނަތަންޔާހޫ

31 މާރިޗު 2026

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު