Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ކުރިން އެމެރިކާ އަށް ތާއީދު ކުރެއްވި ޖަރުމަނުގެ ވެރިޔާ މިހާރު ވިދާޅުވަނީ އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް

އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއިން ކުރާ މަސައްކަތުގައި އަސްކަރީ ބާރު ބޭނުންކުރުމަކީ ހައްލެއް ނޫން ކަމަށް ވިދާޅުވެ، ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާރޒް ވޮޝިންޓަނަށް ފާޑުވިދާޅުވެއްޖެ. ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ގޮވާލެއްވި ނަމަވެސް، ޖަރުމަނާއި ޔޫރަޕުގެ ގިނަ ގައުމުތަކުން ވަނީ އެ ސަރަހައްދަށް މަނަވަރު ފޮނުވުމަށް އިންކާރުކޮށްފައި. މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލި އިގްތިސާދީ ނުރައްކާތަކެއް ކުރިމަތިވަމުންދާތީ، ހަމަނުޖެހުންތައް އަވަހަށް ނިންމުމަށް މާރޒް ވަނީ ގޮވާލައްވާފައި.

ރާއްޖެ އެމްވީ | 18 މާރިޗު 2026 | ބުދަ 18:47
ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީޑްރިކް މާރޒް.

ޖަރުމަނުވިލާތުގެ ޗާންސެލަރ ފްރީޑްރިކް މާރޒް. | ގެޓީ އިމޭޖަސް

އީރާނަށް ބޮން އެޅުމަކީ އެ ގައުމުގެ ވެރިކަން ބަދަލުކުރުމަށް އެހީތެރިވެދޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާރޒް އެމެރިކާއަށް އިންޒާރު ދެއްވައިފިއެވެ. އަދި މި ހަނގުރާމައިން އަރައިގަންނާނެ ގޮތެއް އެމެރިކާގެ ކިބައިގައި ނެތް ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

ނިމިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އެއްވެސް އުުދުވާނަކާ ނުލައި އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، ފެށުމުގައި މާރްޒް ހުންނެވީ ވޮޝިންޓަނަށް ތާއީދުކުރައްވައިގެންނެވެ. އެ ދުވަސްވަރު އޭނާ ވިދާޅުވެފައިވަނީ މި ހަމަނުޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ތެހެރާންގެ ލީޑަޝިޕުން ކަމަށާއި، "މުއްލާގެ ރެޖީމް" ވީހާވެސް އަވަހަކަށް ނިމުމަކަށް އައުމަކީ މި ހަނގުރާމަ އަވަހަށް ނިމޭނެ މަގު ކަމަށެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރޒް ވަނީ އީރާނުގެ ވެރިކަން ބަދަލުކުރުމަށް ގޮވާލައްވާފައެވެ. އެހެންނަމަވެސް، އަސްކަރީ ބާރުގެ ބޭނުންކޮށްގެން އެކަން ކާމިޔާބުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާރޒް ވިދާޅުވީ، އީރާނުގެ މިހާރުގެ ސަރުކާރުގެ ބަދަލުގައި ޑިމޮކްރަޓިކް އުސޫލުން އިންތިޚާބުކޮށްފައިވާ ސަރުކާރެއް އަންނަންޖެހޭ ކަމަށެވެ. ނަމަވެސް ބޮން އަޅައިގެން އެފަދަ ސަރުކާރެއް އުފެއްދުމަށް ކުރާ މަސައްކަތް ނާކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތެޔޮ އުފުލާ މައި މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ތެލުގެ އަގު 50 އިންސައްތައާ ގާތްކުރާ މިންވަރަކަށް އުފުލި، ފީފާއެއްގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވީ ނަމަވެސް، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ޖަރުމަނުން ބައިވެރިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާރޒް ވިދާޅުވީ، ގާނޫނީ ގޮތުން ބަލާއިރު އދ. ނުވަތަ އީޔޫ ނުވަތަ ނޭޓޯގެ އެފަދަ މެންޑޭޓެއް ޖަރުމަނަށް ލިބިފައި ނެތް ކަމަށެވެ. އަދި މި ހަނގުރާމައަކީ ނޭޓޯއާ ގުޅުންހުރި ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތީގެ ބައިވެރިންނަށް ހުރި ނުރައްކާތަކަށް އިޝާރާތް ކުރައްވައި މާރޒް އިތުރަށް ވިދާޅުވީ، މި ސަރަހައްދު "ދާއިމީ ހަނގުރާމައެއްގެ" ތެރެއަށް ވެއްޓިގެން ދިޔަދީގެން ނުވާނެ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލާނެ އެއްވެސް ރޭވުމެއް ވޮޝިންޓަނުގެ އަތުގައި ނެތް ކަމަށް ވިދާޅުވެ އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި އަސްކަރީ އޮޕަރޭޝަން ކާމިޔާބު ކުރާނެ ގޮތުގެ އެއްވެސް ތަސައްވުރެއް މިހާތަނަށް އެނގިފައެއް ނެތެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް މި ހަނގުރާމަ ނިމުމަކަށް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މުހައްލިލުން ދެކޭގޮތުގައި، ޖަރުމަނުގެ ޗާންސެލަރގެ ވިސްނުމަށް މި ބަދަލު އައީ، މިއީ ދިގުދެމިގެންދާ ހަނގުރާމައެއްގެ ސަބަބުން ކުރިމަތިވެދާނެ އިގްތިސާދީ ނުރައްކާތަކާ ގުޅިގެން އީޔޫ އާއި ކޯލިޝަންގެ ފަރާތުން އަންނަ ޕްރެޝަރުގެ ނަތީޖާގެ ސަބަބުންނެވެ. ހާއްސަކޮށް ހަކަތައަށް ބަރޯސާވާ ޖަރުމަނުގެ ސިނާއީ ދާއިރާއަށް ތެލުގެ އަގު އުފުލުމުން ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. މީގެއިތުރުން، މި ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ އާ ކާރިސާ އެއް އުފެދިއްޖެނަމަ، އީރާނުގެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ޖަރުމަނަކީ އެކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ އެއް ގައުމެވެ.

މާރޒް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ލިބޭ ގައުމުތަކުން، ހާއްސަކޮށް ޔޫރަޕުގެ ނޭޓޯ މެންބަރުން، އެ ސަރަހައްދުގެ ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މަނަވަރުތައް ފޮނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައިވާ ދަނޑިވަޅެއްގައެވެ. އާދީއްތަ ދުވަހު ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ޔޫރަޕުގެ ގައުމުތަކުން އެމީހުންގެ އަމިއްލަ ހަކަތަ ސަޕްލައި ކުރާ މަގުތައް ބެލެހެއްޓުމަކީ އެންމެ އައުލާކަން ބޮޑު ގޮތް ކަމަށެވެ. އަދި އެކަމަށް އިންކާރުކޮށްފިނަމަ އެ ގައުމުތަކަށް އޮތީ "ވަރަށް ގޯސް މުސްތަގުބަލެއް" ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.

އެހެންނަމަވެސް، ރަތްކަނޑުގައި ޔަމަނުގެ ހޫތީން ދޭ ހަމަލާތަކުން އުޅަނދުފަހަރު ހިމާޔަތްކުރުމަށް 2024 ވަނަ އަހަރު އުފެއްދި މިޝަންގެ ދާއިރާ، ހޮރްމޫޒް ކަނޑުއޮޅިއަށް ފުޅާނުކުރުމަށް ޔޫރަޕުގެ ގައުމުތަކުން ހޯމަ ދުވަހު ވަނީ ނިންމާފައެވެ.

އީޔޫގެ ފޮރިން އެފެއާޒް ކައުންސިލްގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޚާރިޖީ ސިޔާސަތާބެހޭ ވެރިޔާ ކާޖާ ކާލަސް ވިދާޅުވީ، މި އޮޕަރޭޝަން ވަރުގަދަ ކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި، ނަމަވެސް މިވަގުތަށް އޮޕަރޭޝަންގެ މެންޑޭޓް ބަދަލުކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ފަރަންސޭސިވިލާތް، ޖަޕާން، އޮސްޓްރޭލިއާ އަދި ގްރީސްއިން ވަނީ ވަކިވަކިން ބަޔާންތައް ނެރެ، ޓްރަމްޕްގެ ގޮވާލުމަށް އިންކާރުކޮށްފައެވެ. އެ ގައުމުތަކުން ބުނެފައިވަނީ ހޮރްމޫޒް ކަނޑުއޮޅިއަށް މަނަވަރު ފޮނުވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ. އިނގިރޭސިވިލާތުން ބުނެފައިވަނީ އޮތް ފުރުސަތުތައް ދިރާސާކުރަމުންދާ ކަމަށާއި، ނަމަވެސް ފުޅާ ދާއިރާއެއްގައި ކުރިއަށްދާ މި ހަނގުރާމައިގެ ތެރެއަށް އެ ގައުމު ނުވަންނާނެ ކަމަށެވެ.

އީރާންޖަރުމަނުފްރީޑްރިކް މާރޒްއެމެރިކާ-އީރާންހޮރްމޫޒް ކަނޑުއޮޅި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ

އީރާނުގެ ގޭސް ފީލްޑަކަށް ދިން ހަމަލާއަކާ ގުޅިގެން ތެލާއި ގޭހުގެ އަގުތައް އުފުލިއްޖެ

18 މާރިޗު 2026
ސައުދީ އަރަބިއްޔާގެ ވެރިރަށުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިއްޖެ، ގަތަރުގެ އެލްއެންޖީ މަރުކަޒު އީރާނުގެ އިންޒާރާއެކު ހުސްކުރަން ފަށައިފި

ސައުދީ އަރަބިއްޔާގެ ވެރިރަށުން ބާރުގަދަ ދެ ގޮވުމެއްގެ އަޑު އިވިއްޖެ، ގަތަރުގެ އެލްއެންޖީ މަރުކަޒު އީރާނުގެ އިންޒާރާއެކު ހުސްކުރަން ފަށައިފި

18 މާރިޗު 2026
އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި

އީރާން ހަނގުރާމައިގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައިފި

18 މާރިޗު 2026
އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

އަރަބި ތިން ގައުމެއްގައި ހުރި ހަކަތަ އުފައްދާ މުހިންމު މަރުކަޒުތަކުގެ ކައިރީގައި ދިރިއުޅޭ މީހުން ވަގުތުން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް އީރާނުން އަމުރުކޮށްފި

18 މާރިޗު 2026
ލަރިޖާނީ އަވަހާރަ ކޮށްލުން ރަޝިޔާ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި

ލަރިޖާނީ އަވަހާރަ ކޮށްލުން ރަޝިޔާ އިން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި

18 މާރިޗު 2026

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު