Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާނަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަށް އެމެރިކާގެ ބިޔަ އެންމެ ހަލުއި ބޮންއަޅާ ބޯޓު އިނގިރޭސިވިލާތަށް ޖައްސައިފި

އީރާނުގެ މިސައިލް މަރުކަޒުތަކަށް ދޭ ހަމަލާތަކުގައި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެ ގައުމުން އެމެރިކާއަށް ދިނުމާ ގުޅިގެން، އެމެރިކާގެ އެންމެ ހަލުވި ބޮންއަޅާ ބޯޓު "ބީ-1 ލާންސަރ" އިނގިރޭސިވިލާތަށް ޖައްސައިފި. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި މިއީ އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެއް.

ރާއްޖެ އެމްވީ | 7 މާރިޗު 2026 | ހޮނިހިރު 01:00
އެމެރިކާގެ އެލްސްވޯތު އެއަރ ފޯސް ބޭސްއަށް ނިސްބަތްވާ ބީ-1ބީ ލާންސަރ މަރުކާގެ ބޯޓެއް، އިނގިރޭސިވިލާތުގެ އާރް.އޭ.އެފް ފެއަރފޯޑްގައި ޖައްސާފައި.

އެމެރިކާގެ އެލްސްވޯތު އެއަރ ފޯސް ބޭސްއަށް ނިސްބަތްވާ ބީ-1ބީ ލާންސަރ މަރުކާގެ ބޯޓެއް، އިނގިރޭސިވިލާތުގެ އާރް.އޭ.އެފް ފެއަރފޯޑްގައި ޖައްސާފައި. | ގެޓީ އިމޭޖަސް

އެއްފަހަރާ 24 ކްރޫޒް މިސައިލް އުފުލުމުގެ ގާބިލުކަން ލިބިފައިވާ އެމެރިކާގެ ބިޔަ ބޮންއަޅާ ބޯޓެއް އިނގިރޭސިވިލާތަށް ޖައްސައިފި އެވެ.

ދިގުމިނުގައި 146 ފޫޓު (44.5 މީޓަރު) ހުންނަ "ބީ-1 ލާންސަރ" މަރުކާގެ މި ބޯޓު އިނގިރޭސިވިލާތުގެ ގްލޮސްޓަރޝަޔަރގައި ހުންނަ ރޯޔަލް އެއަރ ފޯސް (އާރް.އޭ.އެފް) ފެއަރފޯޑް މަރުކަޒަށް ޖެއްސީ މިދިޔަ ހުކުރު ދުވަހުއެވެ.

އެމެރިކާގެ މި ބޯޓު އިނގިރޭސިވިލާތަށް މި އައީ، އީރާނުގެ މިސައިލް މަރުކަޒުތަކަށް ދޭ ދިފާއީ ހަމަލާތަކުގައި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެ ގައުމުގެ ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރ އެމެރިކާއަށް ދެއްވުމާ ގުޅިގެންނެވެ.

ހުޅަނގުގެ އޮފިޝަލުން މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވާ ގޮތުގައި، އެމެރިކާގެ ބޮންއަޅާ ބޯޓުތައް ބަލައިގަތުމަށް އިނގިރޭސިވިލާތުން އޮތީ ތައްޔާރަށެވެ. އަދި ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ބޯޓުތައް އަންނާނެ ކަމަށް އޭރު އޮތީ ބެލެވިފައެވެ.

ހަތަރު ފަޅުވެރިންނާއެކު ދުއްވާ، ފިޔަގަނޑުގެ ފުޅާމިނުގައި 137 ފޫޓު (41.8 މީޓަރު) ހުންނަ މި ބޯޓަކީ 86 ޓަނުގެ ބަރުދަން ހުންނަ އުޅަނދެކެވެ. ބޯއިންގް ކުންފުނިން ބުނާ ގޮތުގައި މިއީ ގަޑިއަކު 900 މޭލަށް (1,448.4 ކިލޯމީޓަރު) ވުރެ ބާރަށް ދަތުރުކުރާ، އެމެރިކާގެ ވައިގެ ސިފައިންގެ އަތުގައި އޮތް އެންމެ ހަލުވި ބޮންއަޅާ ބޯޓެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، އީރާނަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކުރަން ތައްޔާރުވަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ، އިތުރު ފައިޓަރ ޖެޓްތަކާއި، އިތުރު ވަސީލަތްތަކުގެ އިތުރުން ދިފާއީ ގާބިލުކަން ވަރުގަދަކުރަމުންދާ ކަމަށެވެ. އަދި މީގެ އިތުރުން ބޮންއަޅާ ބޯޓުތަކުގެ ހަރަކާތްތައް ކުރިއަށްވުރެ ގިނައިން ފެންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދަ ބޯން" ގެ ނަމުން މަޝްހޫރުވެފައިވާ މި ބޯޓުގައި އަމާޒުތަކަށް ހަމަލާދިނުމަށް އެހީތެރިވެދޭ އެންމެ ޒަމާނީ ރޭޑާ އަދި ޖީ.ޕީ.އެސް ނިޒާމުތައް ހުރެއެވެ. މީގެ އިތުރުން ދުޝްމަނުންގެ ކިބައިން ސަލާމަތްވުމަށްޓަކައި އިލެކްޓްރޯނިކް ޖޭމަރުތަކާއި، ރޭޑާ އިންޒާރުދޭ ނިޒާމުތަކުގެ އިތުރުން އޮޅުވާލުމުގެ ނިޒާމުތައް (ޑެކޯއި ސިސްޓަމް) ވެސް މި ބޯޓުގައި ހަރުކޮށްފައިވެއެވެ.

ގްލޮސްޓަރޝަޔަރ އަދި ވިލްޓްޝަޔަރ ގުޅޭ ބޯޑަރުގައި އޮންނަ އާރް.އޭ.އެފް ފެއަރފޯޑް މަރުކަޒަކީ، މީގެ ކުރިންވެސް ދުރު ރާސްތާގެ ބަރު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުމުގެ މިޝަންތަކުގައި އެމެރިކާއިން ބޭނުންކޮށްފައިވާ ތަނެކެވެ.

އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިފާއީ ހަމަލާތައް ދިނުމަށް އިނގިރޭސިވިލާތުގެ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ދީފައިވީ ނަމަވެސް، އިނގިރޭސިވިލާތުން ސީދާ އެ ހަމަލާތަކުގައި ބައިވެރިއެއް ނުވެއެވެ.

އެ ސަރަހައްދުގައި ތިބި އިނގިރޭސިވިލާތުގެ ބައިވެރިންނަށް އަމާޒުކޮށް އީރާނުން ފޮނުވާލާ މިސައިލްތަކާއި ޑްރޯންތައް ވައްޓާލުމުގެ މަސައްކަތް އިނގިރޭސި ވައިގެ ސިފައިންގެ ޖެޓްތަކުން ދަނީ ކުރަމުންނެވެ.

ހުކުރު ދުވަހުގެ ކުރީކޮޅު ބޮޑުވަޒީރުގެ ތަރުޖަމާނު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިނގިރޭސި ރައްޔިތުންގެ ފުރާނައާއި، އިނގިރޭސިވިލާތުގެ މަސްލަހަތާއި، އެ ސަރަހައްދުގައި ތިބި ބައިވެރިން ހިމާޔަތްކުރުމަށްޓަކައި، ވަކި ހުދޫދެއްގެ ތެރެއިން ދިފާއީ ބޭނުންތަކަށް އެމެރިކާއަށް އިނގިރޭސި މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، އިނގިރޭސި އަސްކަރިއްޔާއިން މައިގަނޑު ގޮތެއްގައި ސަމާލުކަން ދެނީ ވައިގެ ތެރޭގައި އުޅޭ ޑްރޯންތައް ވައްޓާލުމަށެވެ. އަދި އެމެރިކާއިން އަމާޒުކުރަނީ އީރާނުގައި ހުރި މިސައިލް ފޮނުވާލާ މަރުކަޒުތަކަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިދަނީ ކުރިއަށް އޮތް ތަނުގައި ދީފާނެ ހަމަލާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް. މި ހަފުތާގައި އަޅުގަނޑުމެން ހާމަކުރި ފަދައިން، އަޅުގަނޑުމެން ވައިގެ ސަރަހައްދު ދިފާއުކުރަމުންދާއިރު، އެމެރިކާއަށް ހުއްދަ މިދެނީ އެ މިސައިލްތައް ފޮނުވާލާ މަރުކަޒުތައް ނައްތާލުމަށް،" ތަރުޖަމާނު ވިދާޅުވިއެވެ.

މަސްދަރު: ބީބީސީ

އެމެރިކާ-އީރާންބީ-1 ލާންސަރއިނގިރޭސިވިލާތްސަރ ކިއަރ ސްޓާމަރޕީޓް ހެގްސެތްގްލޮސްޓަރޝަޔަރއީރާން-ޔޫއެސްއޭ-އިޒްރޭލްހޫނު ހަބަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި

ބަޣުދާދުގެ ބައިނަލްއަގުވާމީ އެއާޕޯޓްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާ ދީފި

07 މާރިޗު 2026
އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި

އިޒްރޭލުން ތެހެރާނުގެ މެހެރްއާބާދު އެއާޕޯޓަށް ވަރުގަދަ ހަމަލާތަކެއް ދީފި

07 މާރިޗު 2026
އީރާނުގެ މަނަވަރަށް ދިން ހަމަލާގައި އެމެރިކާއަށް އެހީވިކަމަށް ދެކެވޭ ވާހަކަ އިންޑިއާއިން ދޮގުކޮށްފި

އީރާނުގެ މަނަވަރަށް ދިން ހަމަލާގައި އެމެރިކާއަށް އެހީވިކަމަށް ދެކެވޭ ވާހަކަ އިންޑިއާއިން ދޮގުކޮށްފި

07 މާރިޗު 2026
މެދުއިރުމަތީގެ ހަނގުރާމައިގެ ނުފޫޒު އިންޑިއާ ކަނޑަށް ފޯރުމަކީ ކަންބޮޑުވުމެއް: ނަޝީދު

މެދުއިރުމަތީގެ ހަނގުރާމައިގެ ނުފޫޒު އިންޑިއާ ކަނޑަށް ފޯރުމަކީ ކަންބޮޑުވުމެއް: ނަޝީދު

07 މާރިޗު 2026
"ކަލޭމެން ޗިސްޗިސް ކޮށްލާނަން" - އެމެރިކާ އާއި އިޒްރޭލާ ގުޅިގެން މަސައްކަތް ނުކުރުމަށް އިރާގުގެ ކުރުދިސްތާނަށް އީރާނުގެ އަސްކަރިއްޔާ އިން ވަރުގަދަ އިންޒާރެއް ދީފި

"ކަލޭމެން ޗިސްޗިސް ކޮށްލާނަން" - އެމެރިކާ އާއި އިޒްރޭލާ ގުޅިގެން މަސައްކަތް ނުކުރުމަށް އިރާގުގެ ކުރުދިސްތާނަށް އީރާނުގެ އަސްކަރިއްޔާ އިން ވަރުގަދަ އިންޒާރެއް ދީފި

07 މާރިޗު 2026

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު