Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ ރައްޔިތުން އީރާނާއެކު ހަނގުރާމައަކަށް ބޭނުން ނުވާކަމަށް ސެނެޓުގެ މައިނޯރިޓީ ލީޑަރު ވިދާޅުވެއްޖެ

12 މާރިޗު 2026 | ބުރާސްފަތި 03:01

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގައި އެމެރިކާ ސިފައިން މަރުވެ، ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވަމުންދާތީ ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ ކަންބޮޑުވުން ފާޅުކުރެއްވި. އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ މަގްސަދާ މެދު ސަރުކާރުން ދެކޮޅު ނުޖެހޭ މެސެޖުތައް ދެމުންދާކަމަށް ތުހުމަތުކުރައްވައި، މި ހަނގުރާމައިގެ ހަގީގަތް ހާމަކުރުމަށް އޭނާ ވަނީ ގޮވާލައްވާފައި.

ރާއްޖެ އެމްވީ | 12 މާރިޗު 2026 | ބުރާސްފަތި 03:01
އެމެރިކާގެ ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ.

އެމެރިކާގެ ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ. | އަނަޑޯލޫ

އެމެރިކާގެ ސެނެޓުގެ މައިނޯރިޓީ ލީޑަރު ޗަކް ޝޫމަރ ބުދަ ދުވަހު ވިދާޅުވީ، މެދުއިރުމަތީގައި ހަނގުރާމައެއް ކުރަން އެމެރިކާގެ ރައްޔިތުން ބޭނުންނުވާ ކަމަށެވެ. އަދި އެމެރިކާ ސިފައިންގެ ތެރެއިން މަރުވާ މީހުންނާއި އަނިޔާވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ޓްރަމްޕްގެ ސަރުކާރުން އެކަމުގެ ޖަވާބުދާރީވުމަށް ރައްޔިތުން ގޮވާލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ސެނެޓުގައި ވާހަކަދައްކަވަމުން ޝޫމަރ ވިދާޅުވީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމެރިކާ ސިފައިންގެ 140 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ސީރިއަސް އަނިޔާ ލިބުނު އަށް މީހަކު ހިމެނޭއިރު، ޚިދުމަތުގައި އުޅެނިކޮށް އަށް ސިފައިން މަރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެތައް ހާސް ބަޔަކު މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި އަންހެން ކުދިންގެ އެލެމެންޓްރީ ސްކޫލެއްގައި ތިބި 170 ކުދިން ހިމެނޭ ކަމަށް ޝޫމަރ ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ލިބުނު ރިޕޯޓުތަކުން އެނގޭ ގޮތުގައި، އެ ހާދިސާއަކީ އެމެރިކާގެ އަސްކަރީ އޮޕަރޭޝަނެއްގެ ނަތީޖާއަކަށް ވެދާނެ،" ޝޫމަރ ވިދާޅުވިއެވެ. އޭނާ ވަނީ އެ ސްކޫލަށް ދިން ހަމަލާއާ ގުޅޭގޮތުންނާއި، އެހާ ގިނަ އަދަދެއްގެ އާންމުން މަރުވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުރިހަމަ، ދެފުށް ފެންނަ، އަދި މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލައްވާފައެވެ.

ނިއު ޔޯކަށް ނިސްބަތްވާ ޑިމޮކްރެޓިކް ޕާޓީގެ މި މެންބަރު ވިދާޅުވީ، ހަނގުރާމައިގައި މަރުވާ މީހުންގެ އަދަދު އިތުރުވުމާއި، މަސްރަހު ނުތަނަވަސްވުމުގެ އިތުރުން އެމެރިކާގެ އެތެރޭގެ އިގްތިސާދީ ކަންބޮޑުވުންތަކާ ހުރެ، މި ހަނގުރާމައިގެ ބޭނުމަކީ ކޮބައިތޯ ގިނަ ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށެވެ.

"މި ހުރިހާ ބަދަލުތަކާއި، ހަލަބޮލިކަމާއި، ތެލުގެ އަގު އުފުލުމާއި، މަރުވާ މީހުންގެ އަދަދު އިތުރުވުމާއި، ދެކޮޅުވެރިކަން ބޮޑުވަމުންދާއިރު، އެމެރިކާގެ ރައްޔިތުން ކުރަނީ ވަރަށް އާދައިގެ ސުވާލެއް. އެއީ ކީއްވެގެންތޯ؟ އެމެރިކާ ހަނގުރާމައެއް ކުރަނީ ކީއްވެގެންތޯ؟ އެމެރިކާ ރައްޔިތުން ހަމަޔަގީނުންވެސް ހަނގުރާމައަކަށް ބޭނުމެއް ނުވޭ. މިއީ ރައްޔިތުން އެދިގެން ކުރާ ކަމެއް ނޫން،" ޝޫމަރ ވިދާޅުވިއެވެ.

އެމެރިކާގެ ރައްޔިތުންނަށް ޖަވާބު ލިބެންޖެހޭ

އީރާނާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާ ގުޅޭގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވަނީ އެކި ފަހަރު އެކި ކަހަލަ ވާހަކަތައް ކަމަށް ވިދާޅުވެ ޝޫމަރ ވަނީ ރައީސަށް ތުހުމަތުތަކެއް ކުރައްވާފައެވެ.

"ފުރަތަމަ ވިދާޅުވީ މިއީ ވެރިކަން ބަދަލުކުރަން ކުރާ ކަމެއް ކަމަށް. ދެން ވިދާޅުވީ މިއީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ކަމެއް ކަމަށް. އޭގެ ފަހުން ވިދާޅުވީ އީރާނުގެ ކަނޑުގެ ސިފައިން ނައްތާލަން ކުރާ ކަމެއް ކަމަށް. އަނެއްކާވެސް ވިދާޅުވީ ވެރިކަން ބަދަލުކުރާ ވާހަކަ. ދެން ވިދާޅުވަނީ މިއީ ދިފާއީ ކަމެއް ކަމަށް. ސުވާލުކުރާ މީހެއްގެ ގޮތުން ލިބޭ ޖަވާބު ތަފާތު. ބައެއް މީހުން ބުނަނީ ހަނގުރާމަ ނިމެނީއޭ، އަނެއް ބަޔަކު ބުނަނީ މިއީ އަދި ފެށުމޭ،" ޝޫމަރ ވިދާޅުވިއެވެ.

ހަނގުރާމަ ކުރިއަށްދާ ގޮތާ މެދު ވައިޓް ހައުސްއިން ދެމުންދާ ދެކޮޅު ނުޖެހޭ މެސެޖުތަކަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"މިއީ ހަނގުރާމައިގެ ނިމުންތޯ ނުވަތަ ފެށުންތޯ ޑޮނަލްޑް ޓްރަމްޕް ގާތު އަހައިފިނަމަ، އޭނާ ވިދާޅުވަނީ އެއީ ދެގޮތްވެސް ކަމަށް. މި މޮޔަ ކަންތައްތައް ހުއްޓެންޖެހޭ،" ޝޫމަރ ވިދާޅުވިއެވެ.

ޝޫމަރ ވިދާޅުވީ، ހަނގުރާމައިގެ ސިޔާސަތާއި މަގްސަދުތަކާ ގުޅޭގޮތުން ސަރުކާރުގެ އިސް އޮފިޝަލުންނާ ސުވާލުކުރުމަށް ސެނެޓުގައި އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތަކެއް ބާއްވަންޖެހޭ ކަމަށެވެ.

ޚާއްސަކޮށް، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތު، ގާނޫނު ހަދާ މަޖިލީހަށް ހާޒިރުވެ ހުވާގެ މަތީގައި ތިބެ ބަޔާން ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

"އެމެރިކާގެ ރައްޔިތުންނަށް މިކަމުގެ ހަގީގީ ޖަވާބު ލިބެންޖެހޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އެމެރިކާ-އީރާންޗަކް ޝުމާޑޮނަލްޑް ޓްރަމްޕްމާކޯ ރޫބިއޯ ޕީޓް ހެގްސެތްމެދު އިރުމަތިއީރާން-ޔޫއެސްއޭ-އިޒްރޭލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 މާރިޗު 2026

އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް

12 މާރިޗު 2026
އީރާނުގެ ހަމަލާތަކުގައި މެދުއިރުމަތީގައި ހުރި އެމެރިކާގެ 17 ތަނަކަށް ގެއްލުންދީފި: ނިއުޔޯކް ޓައިމްސް
12 މާރިޗު 2026

ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި

12 މާރިޗު 2026
ބަހްރެއިންގެ ތެޔޮ ރައްކާކުރާ މަރުކަޒަކަށް އީރާނުން ހަމަލާދީފި
12 މާރިޗު 2026

'ރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ ފާރިސީ ކަނޑުއޮޅީގެ ހުރިހާ ބަނދަރުތަކަކީ ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފި

12 މާރިޗު 2026
'ރާނުގެ ބަނދަރުތަކަށް ހަމަލާދީފިނަމަ ފާރިސީ ކަނޑުއޮޅީގެ ހުރިހާ ބަނދަރުތަކަކީ ހަމަލާ ދޭނެ ކަމަށް އީރާނުން ބުނެފި
12 މާރިޗު 2026

އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

12 މާރިޗު 2026
އައިއާރުޖީސީން ހިޒްބުاللهއާ ގުޅިގެން އިޒްރޭލުގެ އެކި ސަރަހައްދުތަކަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި
12 މާރިޗު 2026

އީރާނުން ކުވައިތުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ 100 ސިފައިން ޒަޚަމްކޮށްފި

12 މާރިޗު 2026
އީރާނުން ކުވައިތުގައި ހުންނަ އެމެރިކާ ބޭސްތަކަށް ހަމަލާދީ އެމެރިކާގެ 100 ސިފައިން ޒަޚަމްކޮށްފި
11 މާރިޗު 2026

ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް

11 މާރިޗު 2026
ސައުދީގެ ފޮރިން މިނިސްޓަރު ފައިޞަލް އާއި، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރޫބިއޯގެ ފޯނު ކޯލެއް
11 މާރިޗު 2026

އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން

11 މާރިޗު 2026
އިރާނުގެ އިންޒާރު: ސަރަހައްދުން "ތެޔޮ ލީޓަރެއް" ވެސް ބޭރު ވިޔަ ނުދީ ހިފަހައްޓަފާނަން
11 މާރިޗު 2026

އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި

11 މާރިޗު 2026
އީރާނުން އެމެރިކާ އާއި އިޒްރޭލުގެ ރާޑަރު ނިޒާމުތަކުގެ ބޮޑު ބައެއް ހަލާކުކޮށްލައިފި
11 މާރިޗު 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެމެރިކާގެ 140 ސިފައިން ޒަޚަމްވެއްޖެ ކަމަށް ޕެންޓަގަން އިން ބުނެފި

11 މާރިޗު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެމެރިކާގެ 140 ސިފައިން ޒަޚަމްވެއްޖެ ކަމަށް ޕެންޓަގަން އިން ބުނެފި
11 މާރިޗު 2026

ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި

11 މާރިޗު 2026
ޓްރަމްޕް ނައްތާލަފާނެ ކަމުގެ އިންޒާރު އީރާނުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް