Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެިއިޒްރޭލް

އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

23 އެޕްރީލު 2026 | ބުރާސްފަތި 08:51

އިޒްރޭލުގެ ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެލްބިޓް ސިސްޓަމްސްއާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން އެކި ބާވަތް ތަކުގެ ވައިގެ އުޅަނދު ތަކުގައި ބޭނުން ކުރާނެ މުހިންމު ހަތިޔާރު ސަޕްލައި ކޮށްދޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 އެޕްރީލު 2026 | ބުރާސްފަތި 08:51
އެލްބިޓް ސިސްޓަމްސް އިން އުފައްދާފައިވާ ހަތިޔާރެއް ބަލާަލުމަށް އެއްވެފައި ތިބި ބަޔަކު.

އެލްބިޓް ސިސްޓަމްސް އިން އުފައްދާފައިވާ ހަތިޔާރެއް ބަލާަލުމަށް އެއްވެފައި ތިބި ބަޔަކު. | ރޮއިޓާސް

އިޒްރޭލްގެ ޑިފެންސް މިނިސްޓްރީ އިން، އެ ޤައުމުގެ ހަތިޔާރު އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އޯޑަރެއް ދީފި އެވެ. 

މި އޯޑަރަކީ ވައިގެ މަގުން ބޭނުން ކުރާ ހަތިޔާރާއި، ގޮވާ ތަކެތި ހޯދުމަށް ދީފައިވާ އޯޑަރެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ހާމަ ކޮށްފަ އެވެ. 

އިޒްރޭލްގެ ޑިފެންސް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެލްބިޓް ސިސްޓަމްސްއާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން އެކި ބާވަތް ތަކުގެ ވައިގެ އުޅަނދު ތަކުގައި ބޭނުން ކުރާނެ މުހިންމު ހަތިޔާރު ސަޕްލައި ކޮށްދޭނެ ކަމަށެވެ. މީގެ ތެރޭގައި މަތިންދާ ބޯޓު ތަކުން އުކާލާ ބޮމާއި، އެހެނިހެން ޒަމާނީ ހަތިޔާރުތައް ހިމެނޭ ކަމަށް އެ ވުޒާރާ އިން މައުލޫމާތުދެ އެވެ. 

މި އޯޑަރަކީ އިޒްރޭލް އިން މިހާރު ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން، އެ ޤައުމުގެ ހަތިޔާރުގެ ރިޒާވް އިތުރު ކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެ އެވެ. އިޒްރޭލް އިން ޣައްޒާ އާއި ލުބުނާނަށް ދެމުންދާ ހަމަލާ ތަކުގައި ގިނަ އަދަދެއްގެ ހަތިޔާރު ބޭނުން ކުރަމުން ދާތީ، އަމިއްލަ ޤައުމުގެ ކުންފުނި ތަކުން ހަތިޔާރު އުފެއްދުމުގެ މަސައްކަތް ވަނީ ވަރަށް ބޮޑަށް އަވަސް ކޮށްފަ އެވެ.

އެލްބިޓް ސިސްޓަމްސް އަކީ އިޒްރޭލްގެ އަސްކަރިއްޔާ އަށް ބޭނުންވާ ޓެކްނޮލޮޖީ އާއި ހަތިޔާރު ފޯރުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާ ކުންފުންޏެވެ. މި އައު އެއްބަސްވުމާ އެކު އެ ކުންފުނީގެ އެފެއްދުންތެރިކަން އިތުރުކޮށް، ކުރިއަށް އޮތް މަސް ތަކުގެ ތެރޭގައި ހަތިޔާރުތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ ކަަމަށް ބެލެވެ އެވެ. 

އިޒްރޭލްގެ ދިފާއީ ބަޖެޓުން ބޮޑު ހޭދައެއް ހަތިޔާރު ގަތުމަށް ކުރަމުންދާއިރު، މީގެ ކުރިން ވެސް އެ ޤައުމުން ވަނީ އެމެރިކާ އާއި އެހެނިހެން ޤައުމު ތަކުން ބިލިއަން ޑޮލަރުގެ ހަތިޔާރު ހޯދުމަށް އެއްބަސްވުންތައް ޤާއިމު ކޮށްފަ އެވެ. 

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ޣައްޒާ ހަނގުރާމައިޒްރޭލްއިޒްރޭލު ޑިފެންސް ފޯސަސްއެލްބިޓް ސިސްޓަމް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

23 އެޕްރީލު 2026

ހަނގުރާމައިގެ ޒިންމާ އިސްތިއުމާރީ ބާރު ތަކުން އުފުލަން ޖެހޭ: އީރާންގެ ފޮރިން މިނިސްޓަރު

23 އެޕްރީލު 2026
ހަނގުރާމައިގެ ޒިންމާ އިސްތިއުމާރީ ބާރު ތަކުން އުފުލަން ޖެހޭ: އީރާންގެ ފޮރިން މިނިސްޓަރު
22 އެޕްރީލު 2026

އީރާން އިން ބޭނުން ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލައިގެން ދުވާލަކު 500 މިލިއަން ޑޮލަރު ހޯދަން: ޓްރަމްޕް

22 އެޕްރީލު 2026
އީރާން އިން ބޭނުން ވަނީ ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލައިގެން ދުވާލަކު 500 މިލިއަން ޑޮލަރު ހޯދަން: ޓްރަމްޕް
22 އެޕްރީލު 2026

ހަނގުރާމަ މެދު ކަނޑާލުމުގެ މުއްދަތު ޓްރަމްޕް އިތުރު ކުރައްވައިފި

22 އެޕްރީލު 2026
ހަނގުރާމަ މެދު ކަނޑާލުމުގެ މުއްދަތު ޓްރަމްޕް އިތުރު ކުރައްވައިފި
21 އެޕްރީލު 2026

ހަނގުރާމަ އަލުން ފަށައިފި ނަމަ، އީރާން އިން އައު ކާޑު ތަކެއް ބޭނުން ކުރާނެ!

21 އެޕްރީލު 2026
ހަނގުރާމަ އަލުން ފަށައިފި ނަމަ، އީރާން އިން އައު ކާޑު ތަކެއް ބޭނުން ކުރާނެ!
21 އެޕްރީލު 2026

ޕާކިސްތާންގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އެމެރިކާ އިން ދީފި

21 އެޕްރީލު 2026
ޕާކިސްތާންގައި މަޝްވަރާތައް ކުރިއަށް ދާނެ ކަމުގެ ޔަޤީންކަން އެމެރިކާ އިން ދީފި
21 އެޕްރީލު 2026

ޔުރޭނިއަމް އުފެއްދުމަކީ އީރާން އަށް ދަތި އަދި ދިގު ކަމެއް: ޓްރަމްޕް

21 އެޕްރީލު 2026
ޔުރޭނިއަމް އުފެއްދުމަކީ އީރާން އަށް ދަތި އަދި ދިގު ކަމެއް: ޓްރަމްޕް
20 އެޕްރީލު 2026

ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

20 އެޕްރީލު 2026
ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި
20 އެޕްރީލު 2026

ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި

20 އެޕްރީލު 2026
ހަނގުރާމަ އިން ޓްރަމްޕް އަށް ހާސިލު ނުވި ކަންކަން، މަޝްވަރާ އިން ވެސް ހާސިލު ނުވާނެ ކަަމަށް ބުނެފި
19 އެޕްރީލު 2026

ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!

19 އެޕްރީލު 2026
ޓްރަމްޕްގެ އިންޒާރު އީރާން އަށް، ބްލެކްމެއިލް ކޮށްގެން ބިރެއް ނުދެއްކޭނެ!
19 އެޕްރީލު 2026

އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި

19 އެޕްރީލު 2026
އެމެރިކާގެ އައު ހުށަހެޅުން ދިރާސާ ކުރަމުން އަންނަ ކަމަށް އީރާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް