Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

ނަތަންޔާހޫގެ ޤާނޫނީ ވަކީލު އަމިތު ހަދާދު ކޯޓުގައި އެދިވަޑައިގެންފައި ވަނީ، ސަލާމަތީ ގޮތުން މިވަގުތު ހުރި ނުރައްކާ ތަކަށް ބަލައި، ބަޔާން ނެގުން ފަސްކޮށްދިނުމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 އެޕްރީލު 2026 | ހޯމަ 10:20
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ރޮއިޓާސް

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން ހޯމަ ދުވަހު ބާއްވަން އޮތް ބަޔާން ދިނުމުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ. 

ހޯމަ ދުވަހުގެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ، އެ ޝަރީއަތް ފެށެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށެވެ. އިޒްރޭލްގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އެ ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ސަލާމަތީ ބައެއް ސަބަބު ތަކަށްޓަކައި އެވެ. 

ނަތަންޔާހޫގެ ޤާނޫނީ ވަކީލު އަމިތު ހަދާދު ކޯޓުގައި އެދިވަޑައިގެންފައި ވަނީ، ސަލާމަތީ ގޮތުން މިވަގުތު ހުރި ނުރައްކާ ތަކަށް ބަލައި، ބަޔާން ނެގުން ފަސްކޮށްދިނުމަށެވެ. މިއީ ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ސީރިއަސް މައްސަލަ ތަކުގެ ތެރެއިން، އޭނާގެ ބަޔާން ނެގުމަށް ތާވަލް ކުރި ފުރަތަމަ ފަހަރެވެ. 

ނަތަންޔާހޫގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ތަކުގެ ތެރޭގައި ރިޝްވަތު ހިފުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އިތުބާރު ނެތް އަމަލުތައް ހިންގުމުގެ ދައުވާތައް ހިމެނެ އެވެ. މި މައްސަލަ ތަކަކީ ގިނަ ދުވަސް ތަކެއް ވަންދެން ދެމިގެން ގޮސްފައިވާ އަދި އެކި ސަބަބުތަކާ ހުރެ ތަކުރާރުކޮށް ލަސްވަމުން އަންނަ މައްސަލަ ތަކެކެވެ. 

މި ޝަރީއަތަކީ އިޒްރޭލްގެ ސިޔާސީ މަސްރަހުގައި ވަރަށް ބޮޑު ސަމާލު ކަމެއް ހުއްޓިފައިވާ މައްސަލަ އެކެވެ. ނަތަންޔާހޫގެ މައްޗަށް ކުރެވޭ މި ތުހުމަތު ތަކަށް އޭނާ އަބަދު ވެސް އިންކާރު ކުރައްވަ އެވެ. ނަމަވެސް، ހަނގުރާމައިގެ ޙާލަތާއި ސަލާމަތީ ސަބަބުތައް ދައްކައިގެން ޝަރީއަތް ލަސްކުރަމުން ދާތީ، އިދިކޮޅު ފަރާތް ތަކުންނާއި އާންމު ރައްޔިތުންގެ މެދުގައި އެކަމާ މެދު ބޮޑެތި ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިޒްރޭލްބެންޖަމިން ނަތަންޔާހޫއިޒްރޭލް-ޣައްޒާއީރާން-އިޒްރޭލް

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި

27 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި
26 އެޕްރީލު 2026

ނަަތަންޔާހޫގެ ވެރިކަން ބަދަލު ކުރުމަށް ބެނެޓް އާއި ލަޕިޑް އެކުވެއްޖެ

26 އެޕްރީލު 2026
ނަަތަންޔާހޫގެ ވެރިކަން ބަދަލު ކުރުމަށް ބެނެޓް އާއި ލަޕިޑް އެކުވެއްޖެ
26 އެޕްރީލު 2026

އަރާގްޗީގެ ޕާކިސްތާން ދަތުރުފުޅާ ނިއުކްލިއާއާ އެއްވެސް ގުޅުމެއް ނެތް ކަމށް އީރާން އިން ބުނެފި

26 އެޕްރީލު 2026
އަރާގްޗީގެ ޕާކިސްތާން ދަތުރުފުޅާ ނިއުކްލިއާއާ އެއްވެސް ގުޅުމެއް ނެތް ކަމށް އީރާން އިން ބުނެފި
26 އެޕްރީލު 2026

އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި

26 އެޕްރީލު 2026
އީރާން އިން ރަތް ރޮނގު ކަނޑައަޅައި، ޕާކިސްތާން މެދުވެރިކޮށް އެކަން އަންގައިފި
25 އެޕްރީލު 2026

އެމެރިކާގެ ޝަރުތު ތަކަަށް އެއްބަސްވެވޭ ހުށަހެޅުން ހުށަހަޅަން އީރާން އިން ދަނީ ތައްޔާރުވަމުން: ޓްރަމްޕް

25 އެޕްރީލު 2026
އެމެރިކާގެ ޝަރުތު ތަކަަށް އެއްބަސްވެވޭ ހުށަހެޅުން ހުށަހަޅަން އީރާން އިން ދަނީ ތައްޔާރުވަމުން: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު