Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޒްރޭލް-ލުބުނާން

އިޒްރޭލް އާއި ލުބުނާން އިން ގިނަ އަހަރު ތަކަކަށް ފަހު، ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ތަކެއް ބާއްވައިފި

ބައްދަލުވުމަށް ފަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދެ ފަރާތުން ވެސް ސީދާ ވާހަކަތައް ފަށައިގަތުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ބޭނުންތެރި މަޝްވަރާ ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 އެޕްރީލު 2026 | ބުދަ 05:14
އިޒްރޭލް އާއި ލުބުނާންއާ ދެމެދު އެމެރިކާަގައި ކުރިއަށް ގެންދިޔަ މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނެވި މަންދޫބުން.

އިޒްރޭލް އާއި ލުބުނާންއާ ދެމެދު އެމެރިކާަގައި ކުރިއަށް ގެންދިޔަ މަޝްވަރާގައި ބައިވެރިވެ ވަޑައިގެންނެވި މަންދޫބުން. | ރޮއިޓާސް

އިޒްރޭލް އާއި ލުބުނާންއާ ދެމެދެ، ގިނަ އަހަރު ތަކަކަށް ފަހު ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ތަކެއް ބާއްވައިފި އެވެ.

އަންގާރަ ދުވަހު އެމެރިކާގެ ވެރި ރަށް ވޮޝިންޓަން ޑީސީގައި ކުރިއަށް ގެންދިޔަ ބައްދަލުވުން އިސްކޮށް ކުރިއަށް ގެންދަވާފައި ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެވެ. އެ ބައްދަލުވުމަށް ފަހު ދެ ފަރާތުން ވެސް ބުނެފައި ވަނީ. އެއީ ބޭނުންތެރި އަދި ކާމިޔާބު މަޝްވަރާ ތަކެއް ކަމަަށެވެ. ނަމަވެސް، ސުލްޙަ ހޯދުމަށް ފްރޭމްވޯކަކަށް އެއްބަސްވެވުނު ކަމެއް ސާފުވެފައި ނުވެ އެވެ. 

ބައްދަލުވުމަށް ފަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދެ ފަރާތުން ވެސް ސީދާ ވާހަކަތައް ފަށައިގަތުމަށް އަޅަން ޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން ބޭނުންތެރި މަޝްވަރާ ތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ބަޔާންގައި ކޮންމެ ޤައުމެއްގެ ވިސްނުން ބަޔާން ކޮށްފައި ވީ ނަމަވެސް، އެއްބަސްވުމަކަށް އާދެވުނު ކަން ބަޔާން ކޮށްފައި ނުވެ އެވެ. ބަޔާނުގައި ބުނެފައި ވަނީ، ހުރިހާ ފަރާތަކުން ވެސް އެއްބަސްވާ ވަގުތެއްގައި އަދި ތަނެއްގައި ސީދާ ވާހަކަތައް ފަށައި ގަތުމަށް އެއްބަސްވެފައިވާ ކަމަށެވެ. 

ދެ ގަޑިއިރަށް ދިގު ދެމިގެން ދިޔަ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، އެމެރިކާގައި ހުންނަ އިޒްރޭލުގެ ސަފީރު ޔެޗިއެލް ލައިޓަރު ބުނީ، ވާހަކަ ތަކުގައި ލުބުނާންގެ ސަރުކާރުން ސާފު ކޮށްދީފައި ވަނީ އީރާންއާ ގުޅިފައިވާ ލުބުނާންގެ ހިޒްބުﷲ އިން މިހާރު އެ ޤައުމުގައި ޤާއިމުވެ ނުތިބޭނެ ކަމަށެވެ. ނަމަވެސް، އިޒްރޭލް އިން ލުބުނާން އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލާނެ ކަމުގެ ޔަގީންކަމެއް އޭނާ ދެއްވާފައި ނުވެ އެވެ. 

ލުބުނާންގެ ސަފީރު ނަދާ މުއައްވަދު އެންމެ ފުރަތަމަ މި ބައްދަލުވުން ސިފަ ކޮށްފައި ވަނީ ބިނާކުރުވަނިވި ބައްދަލުވުމެއްގެ ގޮތުގަ އެވެ. ރޮއިޓާސް އަށް ދިން ބަޔާނެއްގައި އޭނާ ބުނީ، ބައްދަލުވުމުގައި ހަނގުރާމަ ހުއްޓާލުމަށާއި، ގެދޮރުން ބޭރުވެފައިވާ މީހުން އެ މީހުންގެ ގެތަކަށް އެނބުރި ދިއުމަށާއި، ހަނގުރާމައިގެ ސަބަބުން ލުބުނާންގައި ކުރިމަތިވެފައިވާ އިންސާނީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އަޅަން ގޮވާލާ ކަމަށެވެ.

މި ސަރަހައްދުގައި ހަނގުރާމަ ފެށިފައި ވަނީ މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާ ތަކުގެ ސަބަބުންނެވެ. މާޗު މަހުގެ ދެ ވަނަ ދުވަހު އީރާން އަށް ތާއީދުކޮށް، ހިޒްބުﷲ އިން ވަނީ ހަމަލާތައް ފަށައި، އިޒްރޭލް އަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފަ އެވެ. އިޒްރޭލް އިން ވެސް ލުބުނާން އަށް އަމާޒުކޮށް ހަމަލާ ތަކެއް ދެމުން އަންނައިރު، މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 1.2 މިލިއަން މީހުން ގެދޮރު ދޫކޮށް ދާން ޖެހުނު ކަމަށް ވަނީ ބުނެފަ އެވެ.

މަސްދަރު: ރޮއިޓާސް

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިޒްރޭލް-ލުބުނާން ހަމަނުޖެހުންމާކޯ ރޫބިއޯ އިޒްރޭލް

އިތުރަށް ކިޔާލަން

14 އެޕްރީލު 2026

އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު

14 އެޕްރީލު 2026
އެއްބަސްވުމަކާ "އިންޗިއެއްހާ" ކައިރި އަށް ދެވުނު: އީރާންގެ ފޮރިން މިނިސްޓަރު
14 އެޕްރީލު 2026

އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި

14 އެޕްރީލު 2026
އެމެރިކާ އާއި އީރާންއާ ދެެމެދު ދެ ވަނަ ބުރުގެ މަޝްވަރާ ތަކެއް ބާއްވަން ޕާކިސްތާން އިން ހުށަހަޅައިފި
13 އެޕްރީލު 2026

އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް

13 އެޕްރީލު 2026
އީރާން އިން މަޝްވަރާ ތަކުގައި ބައިވެރި ނުވިޔަސް، އަހަރުންނަށް ހެޔޮ: ޓްރަމްޕް
13 އެޕްރީލު 2026

ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ

13 އެޕްރީލު 2026
ނޭޓޯ އަށް ކުރާ ޚަރަދާ މެދު ޓްރަމްޕް ހިތްހަމަ ނުޖެހޭ، އެކަން މުރާޖައާ ކުރަނީ
13 އެޕްރީލު 2026

އެމެރިކާގެ ބިރު ދެއްކުން ތަަކަށް އީރާން އިން ބޯ ގުދު ނުކުރާނެ: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް

13 އެޕްރީލު 2026
އެމެރިކާގެ ބިރު ދެއްކުން ތަަކަށް އީރާން އިން ބޯ ގުދު ނުކުރާނެ: ޤާނޫނު ހަދާ މަޖިލީހުގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު