Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި

31 މާރިޗު 2026 | އަންގާރަ 06:28

ކުވެއިތުގެ ސަރުކާރުގެ ތެލުގެ ކުންފުންޏާ ހަވާލާދީ ކުވެއިތުގެ ރަސްމީ ނޫސް އެޖެންސީ، ކޫނާ އިން ރިޕޯޓު ކޮށްފައި ވަނީ ޔޫއޭއީ.ގެ ދުބާއީ ބަނދަރުގައި އޮތް ކުވެއިތުގެ ބޮޑު ތެޔޮ ޓޭންކަރަކަށް އީރާން އިން ސީދާ ހަމަލާ ދީފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 މާރިޗު 2026 | އަންގާރަ 06:28
ޕޯޓް ރާޝިދުގައި އުޅަނދު ފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރާ އެކު، ދުރުން ބުރުޖް ޚަލީފާ ފެންނަން.

ޕޯޓް ރާޝިދުގައި އުޅަނދު ފަހަރު ބަނދަރުކޮށްފައި އޮތް މަންޒަރާ އެކު، ދުރުން ބުރުޖް ޚަލީފާ ފެންނަން. | ރޮއިޓާސް

ދުބާއީގެ ބަނދަރުގައި އޮތް ކުވެއިތުގެ ބޮޑު ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާދީ، އެ ބޯޓުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށް ކުވެއިތު ސަރުކާރުގެ މީޑިއާ އިން ރިޕޯޓު ކޮށްފި އެވެ. މިއީ އެމެރިކާ އާއި އިޒްރޭލް އިން ދިން ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން އީރާން އިން ގަލްފުގެ ސަރަހައްދުގައި ހިމެނޭ އަމާޒު ތަކަށް ދެމުން އަންނަ ހަމަލާ ތަކުގެ ތެރެއިން ހަމަލާއެއް ކަމަށް ބުނެފައިވެ އެވެ. 

ކުވެއިތުގެ ސަރުކާރު ތެލުގެ ކުންފުންޏާ ހަވާލާދީ ކުވެއިތުގެ ރަސްމީ ނޫސް އެޖެންސީ، ކޫނާ އިން ރިޕޯޓު ކޮށްފައި ވަނީ އެމިރޭޓްސްގެ ދުބާއީ ބަނދަރުގައި އޮތް ކުވެއިތުގެ ބޮޑު ތެޔޮ ޓޭންކަރަކަށް އީރާން އިން ސީދާ ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެއީ ނުބައި ނިޔަތެއްގައި ދީފައިވާ ހަމަލާއެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ. 

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ. ދުބާއީގެ ކަމާ ގުޅުން ހުރި އިދާރާ ތަކުން ބުނެފައި ވަނީ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށާއި، ބޯޓުގައި ތިބި 25 ފަޅުވެރިން ވެސް ތިބީ ސަލާމަތުން ކަމަށެވެ. 

ކޫނާ އިން ރިޕޯޓު ކޮށްފައި ވަނީ ހަމަލާ ދިން ވަގުތު ޓޭންކަރު އޮތީ ތެޔޮ ބަރު ކޮށްގެން ކަމަށާއި، އެ ހަމަލާގެ ސަބަބުން ބޯޓަށް ގެއްލުން ތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ތެލުގެ ލީކެއް އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ދުބާއީކުވައިތު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 މާރިޗު 2026

އެމެރިކާ އާއެކު މެސެޖުތައް ބަދަލު ކުރެވުނު ނަމަވެސް، ސީދާ ވާހަކަ ނުދައްކާ ކަމަށް އީރާން އިން ބުނެފި

30 މާރިޗު 2026
އެމެރިކާ އާއެކު މެސެޖުތައް ބަދަލު ކުރެވުނު ނަމަވެސް، ސީދާ ވާހަކަ ނުދައްކާ ކަމަށް އީރާން އިން ބުނެފި
30 މާރިޗު 2026

ނޭވީ ކޮމާންޑަރު ތަންގްސިރީ، އިޒްރޭލް އިން އަވަހާރަ ކޮށްލާފައިވާ ކަމަށް އީރާން އިން ބުނެފި

30 މާރިޗު 2026
ނޭވީ ކޮމާންޑަރު ތަންގްސިރީ، އިޒްރޭލް އިން އަވަހާރަ ކޮށްލާފައިވާ ކަމަށް އީރާން އިން ބުނެފި
30 މާރިޗު 2026

ހަނގުރާމައިގެ މަގުސަދުތައް ސާފުކޮށްދިނުމަށް، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އަލްބަނީސް ޓްރަމްޕް އަށް ގޮވާލައްވައިފި

30 މާރިޗު 2026
ހަނގުރާމައިގެ މަގުސަދުތައް ސާފުކޮށްދިނުމަށް، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އަލްބަނީސް ޓްރަމްޕް އަށް ގޮވާލައްވައިފި
30 މާރިޗު 2026

އީޔޫ އިން އޮތީ ގަލްފުގެ ޤައުމުތަކާ އެކު ކަމަށް ހާމަ ކޮށްފި

30 މާރިޗު 2026
އީޔޫ އިން އޮތީ ގަލްފުގެ ޤައުމުތަކާ އެކު ކަމަށް ހާމަ ކޮށްފި
30 މާރިޗު 2026

ކުވެއިތުގެ ކަރަންޓު އުފައްދާ މަރުކަޒަކަށް އީރާން އިން ދިން ހަމަލާގައި އެކަކު މަރުވެއްޖެ

30 މާރިޗު 2026
ކުވެއިތުގެ ކަރަންޓު އުފައްދާ މަރުކަޒަކަށް އީރާން އިން ދިން ހަމަލާގައި އެކަކު މަރުވެއްޖެ
30 މާރިޗު 2026

އެމެރިކާގެ ގިނަ ޝަރުތު ތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

30 މާރިޗު 2026
އެމެރިކާގެ ގިނަ ޝަރުތު ތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް
30 މާރިޗު 2026

އީރާންގެ ވެރިކަން ބަދަލުވެއްޖެ، ވަރަށް އަވަހަށް ހަމަޖެހުން އަތުވެދާނެ: ޓްރަމްޕް

30 މާރިޗު 2026
އީރާންގެ ވެރިކަން ބަދަލުވެއްޖެ، ވަރަށް އަވަހަށް ހަމަޖެހުން އަތުވެދާނެ: ޓްރަމްޕް
29 މާރިޗު 2026

އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް

29 މާރިޗު 2026
އީރާން ނިކަމެތި ކުރުމަށް، ހަނގުރާމަ ދިގު ދަންމާލަން ޖެހޭ: އެމެރިކާގެ ނައިބު ރައީސް ވޭންސް
29 މާރިޗު 2026

އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި

29 މާރިޗު 2026
އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އިޒްރޭލްގައި މުޒާހަރާ ކޮށްފި
29 މާރިޗު 2026

ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ

29 މާރިޗު 2026
ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ އިން އީރާން ވަކިވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް