Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާން އިން ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް ހަމަލާ ތަކެއް ދީފި

1 އެޕްރީލު 2026 | ބުދަ 08:18

މި ހަމަލާގައި އަމާޒު ކޮށްފައި ވަނީ ތެޔޮ ރައްކާ ކުރާ ތަންތަނަށް ކަމަށާއި، އޭގެ ސަބަބުން އެ ސަރަހައްދުގައި ބޮޑު އަލިފާން ގަނޑެއް ރޯވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފާހަގަ ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އެޕްރީލު 2026 | ބުދަ 08:18
ކުވެއިތުގެ އެއާޕޯޓަށް ދިން ހަމަލާގެ ތެރެއިން

ކުވެއިތުގެ އެއާޕޯޓަށް ދިން ހަމަލާގެ ތެރެއިން | ސޯޝަލް މީޑިއާ

ކުވެއިތުގެ ބައިނަލްއަޤުވާމީ ވައިގެ ބަނދަރަށް އީރާން އިން ޑްރޯން ހަމަލާ ތަކެއް ދީފައިވާ ކަމަށާއި، އެ ބަނދަރުގެ ތެޔޮ ރައްކާކުރާ ޓޭންކުތަކެއްގައި އަލިފާން ރޯވެފައިވާ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ބުދަ ދުވަހު ބުނެފި އެވެ. 

ކުވެއިތުގެ ރަސްމީ ނިއުސް އެޖެންސީ، ކޫނާ އިން އެ ޤައުމުގެ ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ސިވިލް އޭވިއޭޝަންގެ ތަރުޖަމާނު ޢަބްދުﷲ އަލް ރާޖީއާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކުވެއިތުގެ އިންޓަނޭޝަނަލް އެއާޕޯޓަށް މި ހަމަލާ ދީފައި ވަނީ އީރާން އާއި، އެ ޤައުމުން ވާގިވެރިޔާ ހަތިޔާރު އެޅި ޖަމާއަތް ތަކުންނެވެ. މި ހަމަލާގައި އަމާޒު ކޮށްފައި ވަނީ ތެޔޮ ރައްކާ ކުރާ ތަންތަނަށް ކަމަށާއި، އޭގެ ސަބަބުން އެ ސަރަހައްދުގައި ބޮޑު އަލިފާން ގަނޑެއް ރޯވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

ބުދަ ދުވަހު ގަލްފު ސަރަހައްދުގެ ބައެއް އެހެން ޤައުމު ތަކަށް ވެސް ހަމަލާ އަމާޒުވެފައިވާ ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ. ބަހްރެއިންގެ އިންޓީރިއާ މިނިސްޓްރީ އިން ބުނި ގޮތުގައި، އީރާންގެ އުދުވާނީ ހަމަލާ ތަކުގެ ސަބަބުން އެ ޤައުމުގެ ވިޔަފާރި މަރުކަޒެއްގައި ވަނީ އަލިފާން ރޯވެފަ އެވެ. 

ސައުދީ އަރަބިއްޔާގެ ޑިފެންސް މިނިސްޓްރީ އިން ބުނެފައި ވަނީ އެ ޤައުމަށް އަމާޒުކޮށް ފޮނުވާލި ބައެއް ޑްރޯންތައް ދެނެ ގަނެ، ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ. މީގެ އިތުރުން ޤަތަރުގެ އުތުރުން 17 ނޯޓިކަލް މޭލު، ނުވަތަ 31 ކިލޯ މީޓަރު ބޭރުން ދަތުރު ކުރަމުން ދިޔަ ތެޔޮ ޓޭންކަރަކަށް ވެސް ހަމަލާއެއް އަރާފައިވާ ކަމަށް، އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އެޖެންސީ އިން ވަނީ ރިޕޯޓު ކޮށްފަ އެވެ. 

ޔޫކޭ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް އިން ބުނި ގޮތުގައި، ގޮތް ނޭނގޭ އެއްޗަކުން ދިން މި ހަމަލާގައި ޓޭންކަރުގެ އެއް ފަރާތުން ފެނުން މަތީގައިވާ ބަޔަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ނަމަވެސް، އުޅަނދުގެ ފަޅުވެރިން ސަލާމަތުން ތިބި ކަމަށާއި، ތިމާވެއްޓަށް އެއްވެސް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް އެ އިދާރާ އިން ވަނީ ބުނެފަ އެވެ. ކަމާ ގުޅުން ހުރި ފަރާތް ތަކުން ގެންދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ކުވައިތު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

01 އެޕްރީލު 2026

ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ

01 އެޕްރީލު 2026
ހަނގުރާމަ ހުއްޓާލުމާ މެދު ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ، ހަމައެކަނި އިރާނުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ކަމަށް ރައީސް ޕެޒެޝްކިއަން ވިދާޅުވެއްޖެ
01 އެޕްރީލު 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި

01 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އެމެރިކާގެ އެންމެ އިސް ޖެނެރަލް އިޒްރޭލަށް ޒިޔާރަތް ކޮށްފި
01 އެޕްރީލު 2026

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

01 އެޕްރީލު 2026
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާގެ ތެރޭގައި ނިމުމަކަށް އަތުވެދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
01 އެޕްރީލު 2026

އައިއާރުޖީސީން ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

01 އެޕްރީލު 2026
އައިއާރުޖީސީން ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި
31 މާރިޗު 2026

ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ

31 މާރިޗު 2026
ކޮންމެ ފިއްތުމެއް ކުރިމަތި ވިޔަސް ނިންމުން ބަދަލެއް ނުވާނެ، އީރާންއާ ދެކޮޅަށް ކުރާ ހަނގުރާމަ އަކީ އަހަރަމެންގެ ހަނގުރާމައެއް ނޫން: އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ
31 މާރިޗު 2026

ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި މަޤުސަދު ހާސިލުވެއްޖެ: ނަތަންޔާހޫ

31 މާރިޗު 2026
ހަނގުރާމައިގެ ދެބައި ކުޅަ އެއްބައި މަޤުސަދު ހާސިލުވެއްޖެ: ނަތަންޔާހޫ
31 މާރިޗު 2026

ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ

31 މާރިޗު 2026
ޓްރަމްޕް އަކީ ޑިޕްލޮމަސީ އަށް އިސްކަން ދެއްވާ ރައީސެއް، އެކަމަކު އީރާން އިން ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ: ރޫބިއޯ
31 މާރިޗު 2026

ހޮރްމޫޒް ކަނޑު އޮޅި ހުޅުވާ ނުލިޔަސް، ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް

31 މާރިޗު 2026
ހޮރްމޫޒް ކަނޑު އޮޅި ހުޅުވާ ނުލިޔަސް، ޓްރަމްޕް ހުންނެވީ ހަނގުރާމަ ހުއްޓާލަން ތައްޔާރަށް
31 މާރިޗު 2026

ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި

31 މާރިޗު 2026
ދުބާއީގައި ކުވެއިތުގެ ތެޔޮ ޓޭންކަރަކަށް އީރާން އިން ހަމަލާ ދީފި
30 މާރިޗު 2026

އެމެރިކާ އާއެކު މެސެޖުތައް ބަދަލު ކުރެވުނު ނަމަވެސް، ސީދާ ވާހަކަ ނުދައްކާ ކަމަށް އީރާން އިން ބުނެފި

30 މާރިޗު 2026
އެމެރިކާ އާއެކު މެސެޖުތައް ބަދަލު ކުރެވުނު ނަމަވެސް، ސީދާ ވާހަކަ ނުދައްކާ ކަމަށް އީރާން އިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް