Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް

ނަތަންޔާހޫ އަށް މައާފު ދިނުމުގެ ކުރިން، މަޝްވަރާ ކުރަން އިޒްރޭލްގެ ރައީސް ދައުވަތު ދެއްވައިފި

މި ސިޓީ ފޮނުވާފައި ވަނީ ބޮޑު ވަޒީރު ނަތަންޔާހޫގެ ޤާނޫނީ ވަކީލު އަމިތު ހައްދާދު އާއި، ބަންޑާރަ ނައިބު ގާލީ ބަހަވަރް މިއާރާގެ އިތުރުން، ސްޓޭޓް ޕްރޮސެކިއުޓަރު އަމިތު އައިސްމަން އަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 06:33
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ރޮއިޓާސް

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން، އޭނާ އަށް މައާފު ދިނުމާ މެދު ގޮތެއް ނިންމުމުގެ ކުރިން މަޝްވަރާ ކުރުމަށް އެ ޤައުމުގެ ރައީސް އިސާކް ހާޒޮގް ދައުވަތު ދެއްވައިފި އެވެ. 

އިޒްރޭލްގެ ރައީސްގެ އޮފީހުން އަންގާރަ ދުވަހު ހާމަ ކޮށްފައިވާ ގޮތުގައި، މި މަޝްވަރާ ތަކަށް ނަތަންޔާހޫގެ ޤާނޫނީ ވަކީލުންނާއި، ދައުލަތުގެ ޕްރޮސެކިއުޓަރުންނަށް ވަނީ ދައުވަތު ދީފަ އެވެ. މި މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ އިޒްރޭލްގެ ރައީސްގެ ގެކޮޅުގަ އެވެ. 

އިޒްރޭލްގެ ރައީސް ހާޒޮގްގެ ޤާނޫނީ އެޑްވައިޒަރު ސުކް ޝާފިރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ބޮޑު ވަޒީރަށް މައާފު ދިނުމާ ގުޅޭ ގޮތުން ރައީސް އަށް ލިބިވަޑައިގެންފައިވާ ބާރުގެ ބޭނުން ކުރެއްވުމުގެ ކުރިން، ދެ ފަރާތުގެ ދެ މެދުގައި ވާހަކަ ދައްކައިގެން އެއްބަސްވުމަަކަށް އާދެވޭތޯ ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް ރައީސް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. 

މި ސިޓީ ފޮނުވާފައި ވަނީ ބޮޑު ވަޒީރު ނަތަންޔާހޫގެ ޤާނޫނީ ވަކީލު އަމިތު ހައްދާދު އާއި، ބަންޑާރަ ނައިބު ގާލީ ބަހަވަރް މިއާރާގެ އިތުރުން، ސްޓޭޓް ޕްރޮސެކިއުޓަރު އަމިތު އައިސްމަން އަށެވެ.

އިޒްރޭލްގެ ބޮޑު ވަޒީރު ނަތަންޔާހޫގެ މައްޗަށް މިހާރު ތިން ދައުވާއެއް ކުރިއަށްދެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިޒްރޭލްގެ މީޑިއާ ކުންފުނި ތަކުން އޭނާ އަށް ތާއީދުކޮށް ޚަބަރުތައް ފެތުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ ދެ މައްސަލަ އަކާއި، ބިލިއަނަރުންގެ އަތުން ސިޔާސީ މަންފާގެ ބަދަލުގައި 260،000 އަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ އަގު ބޮޑު ހަދިޔާ ޤަބޫލު ކުރި ކަމަށް ބުނާ މައްސަލަ އެވެ. މީގެ ކުރިން އޭނާގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ހަތަރު ވަނަ ދައުވާއެއް ވަނީ ބާތިލު ކޮށްފަ އެވެ. 

އިޒްރޭލްގެ ރައީސްގެ އޮފީހުން ބުނެފައިވާ ގޮތުގައި، މި މަޝްވަރާ ތަކަކީ މައާފު ދިނުމުގެ ބާރު ބޭނުން ކުރުމާ މެދު ރައީސް ގޮތެއް ނިންމެވުމުގެ ކުރިން، ކުރިއަށް ގެންދާ އިބްތިދާއީ މަރުހަލާ އެކެވެ. ނަތަންޔާހޫ އަށް މައާފު ދިނުމުގެ މައްސަލަ ފެންމަތިވެފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލްގެ ޤާނޫނު ހަދާ މަޖިލީހުގައި ތަޤުރީރު ކުރައްވަމުން، ނަތަންޔާހޫ އަށް މައާފު ދިނުމަށް ރައީސް ހާޒޮފްގެ ކިބައިން އެދިވަޑައިގެންނެވުމުންނެވެ. އޭގެ ފަހުން ޓްރަމްޕް ވަނީ، އެކަމަށް އެދި ރަސްމީކޮށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ. 

2019 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ މި ޝަރީއަތް ތަކަކީ ސިޔާސީ މަޤުސަދެއްގައި ކުރިއަށް ގެންދާ ކަމެއް ކަމަށް ބުނެ، ނަތަންޔާހޫ ވަނީ އޭނާއާ ދެކޮޅަށް ކުރާ ހުރިހާ ދައުވާ ތަކަށް އިންކާރު ކުރައްވައިފަ އެވެ. އޭނާ އަކީ އިޒްރޭލްގެ ތާރީޚުގައި ވެސް، މަގާމުގައި ހުންނަވަނިކޮށް ކޮރަޕްޝަންގެ ދައުވާ އުފުލި ފުރަތަމަ ބޮޑު ވަޒީރެވެ. 

މަސްދަރު: އޭއެފްޕީ

އިޒްރޭލްބެންޖަމިން ނަތަންޔާހޫއައިސާކް ހަޒޮގް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

27 އެޕްރީލު 2026
ނަަތަންޔާހޫގެ ވެރިކަން ބަދަލު ކުރުމަށް ބެނެޓް އާއި ލަޕިޑް އެކުވެއްޖެ

ނަަތަންޔާހޫގެ ވެރިކަން ބަދަލު ކުރުމަށް ބެނެޓް އާއި ލަޕިޑް އެކުވެއްޖެ

26 އެޕްރީލު 2026
އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

އިޒްރޭލުން އެލްބިޓް ސިސްޓަމްސް އަށް 200 މިލިއަން ޑޮލަރުގެ ހަތިޔާރުގެ އޯޑަރެއް ދީފި

23 އެޕްރީލު 2026
ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

ނަތަންޔާހޫގެ ކޮރަޕްޝަންގެ މައްސަލައިގެ ހެކިބަސް ދިނުން ކެންސަލް ކޮށްފި

20 އެޕްރީލު 2026
އިޒްރޭލް އާއި ލުބުނާން އިން ގިނަ އަހަރު ތަކަކަށް ފަހު، ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ތަކެއް ބާއްވައިފި

އިޒްރޭލް އާއި ލުބުނާން އިން ގިނަ އަހަރު ތަކަކަށް ފަހު، ފުރަތަމަ ފަހަރަށް ސީދާ މަޝްވަރާ ތަކެއް ބާއްވައިފި

15 އެޕްރީލު 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު