Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ

މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޮންނަ އެމެރިކާގެ މިޑް ޓާމް އިންތިޚާބުގައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތުމާ އެކު، ހަނގުރާމަ އިން ނިކުތުމަށް ބައެއް އެޑްވައިޒަރުން ޓްރަމްޕް އަށް ލަފާ ދެއްވާ ކަމަށް ވެސް ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 05:22
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް އެމެރިކާ އިން ކުރަމުން އަންނަ ހަނގުރާމައިގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅަށް ކާމިޔާބީ އިއުލާން ކުރައްވައިފި ނަމަ، އީރާން އިން އަމަލު ކުރާނެ ގޮތް ތަކެއް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ދިރާސާ ކުރަން ފަށައިފި އެވެ. 

މި ދިރާސާ ކުރިއަށް މި ގެންދަނީ އެތައް ހާސް ބަޔަކު މަރުވެފައިވާ އަދި އެމެރިކާ އަށް ސިޔާސީ ގޮތުން ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވަމުންދާތާ ދެ މަސް ދުވަސްވީ ހަނގުރާމައެއްގެ ތެރޭގަ އެވެ. އީރާންގެ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވެސް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ. 

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންގެ އެދިވަޑައިގެންނެވުމަށް ކުރިއަށް ގެންދާ މި ދިރާސާގެ މައިގަނޑު ބޭނުމަކީ، ހަނގުރާމަ އިން އެމެރިކާ ފަހަތަށް ޖެހިއްޖެ ނަމަ، ނިކުމެދާނެ ނަތީޖާ ތަކެއް ދެނެގަތުމަށެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޮންނަ އެމެރިކާގެ މިޑް ޓާމް އިންތިޚާބުގައި ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތުމާ އެކު، ހަނގުރާމަ އިން ނިކުތުމަށް ބައެއް އެޑްވައިޒަރުން ޓްރަމްޕް އަށް ލަފާ ދެއްވާ ކަމަށް ވެސް ބުނެފައިވެ އެވެ. 

ނަމަވެސް، މިކަމުގައި ވަކި ގޮތެއް މިހާތަނަށް ނިމިފައި ނުވާއިރު، އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަ ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

މީގެ ކުރިން ޖާސޫސީ އިދާރާ ތަކުން ކޮށްފައިވާ ދިރާސާ ތަކުން ދައްކާ ގޮތުގައި، އެމެރިކާ އިން ކާމިޔާބީ އިއުލާންކޮށް، ސަރަހައްދުން ސިފައިން މަދު ކޮށްފި ނަމަ، އީރާން އެކަން ދެކޭނީ އެ ޤައުމަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ. އަދި އެމެރިކާ ފަހަތަށް ޖެހުމަލީ، އީރާން އަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވެ، އެ ޤައުމުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތައް އަލުން ބިނާކޮށް، ސަރަހައްދީ ޤައުމު ތަކަށް ނުރައްކާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އިންޒާރު ދީފައިވެ އެވެ. 

މީގެ އިތުރުން އެމެރިކާގެ ސިފައިން އެ ސަރަހައްދުގައި ބައިތިއްބައިގެން ކާމިޔާބީ އިއުލާން ކުރި ނަމަވެސް، އީރާން އެކަން ބަލާނީ ހަމައެކަނި މަޝްވަރާގެ އުކުޅެއްގެ ގޮތުގައި ކަމަށް ޖާސޫސީ އިދާރާގެ ރިޕޯޓުގައި ބުނެފައިވެ އެވެ. 

މި މައްސަލައާ ގުޅިގެން ސީއައިއޭގެ ޕަބްލިކް އެފެއާޒް ޑިރެކްޓަރު ލިޒް ލިޔޯންސް ވިދާޅުވީ، ޖާސޫސީ އިދާރާ ތަކުން މިފަދަ ދިރާސާއެއް ކުރާނެކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އީރާންއާ ގުޅޭ ގޮތުން ކުރަމުންދާ މަސައްކަތް ތަކުގެ ތަފްސީލު ދިނުމަށް އެ އިދާރާ އިން ވަނީ އިންކާރު ކޮށްފަ އެވެ. ހަމަ އެއާ އެކު، އޮފީސް އޮފް ދަ ޑިރެކްޓަރު އޮފް ނޭޝަނަލް އިންޓެލިޖެންސް އިން ވެސް، މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ އީރާން އާއެކު އަދިވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް، އެމެރިކާ އިން އަވަސް އަރުވާލައިގެން ގޯސް އެއްބަސްވުމަކަށް ނުދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަ އެއާ އެކު، އެމެރިކާގެ ރައީސް ޓްރަމްޕް އިސްކަން ދެއްވާނީ ޤައުމީ ސަލާމަތަށް ކަމަށާއި، އީރާން އަށް ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ފުރުސަަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މަސްދަރު: ރޮއިޓާސް

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްސީއައިއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އެހެން ޤައުމު ތަކުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު އެމެރިކާ އަކަށް ނެތް: އީރާން

އެހެން ޤައުމު ތަކުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު އެމެރިކާ އަކަށް ނެތް: އީރާން

28 އެޕްރީލު 2026
އީރާން އާއި ލުބުނާން އިން އަގުހުރި ޖާސޫސީ މައުލޫމާތު ތަކެއް ހޯދާފައިވާ ކަމަށް އިޒްރޭލްގެ މޮސާޑް އިން ބުނެފި

އީރާން އާއި ލުބުނާން އިން އަގުހުރި ޖާސޫސީ މައުލޫމާތު ތަކެއް ހޯދާފައިވާ ކަމަށް އިޒްރޭލްގެ މޮސާޑް އިން ބުނެފި

28 އެޕްރީލު 2026
އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި

އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި

28 އެޕްރީލު 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް

28 އެޕްރީލު 2026
އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ

އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ

28 އެޕްރީލު 2026

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު