Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އީރާންއާ ދެކޮޅަށް އަޅާފައިވަ ފިޔަވަޅުތައް ދެމެހެއްޓުމަށް ޓްރަމްޕް ނިންމަވައިފި

މި ހަފުތާގެ ކުރީ ކޮޅު، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އީރާންގެ ބަނދަރު ތަކަށް މުދާ އުފުލާ އުޅަނދު ފަހަރު ވަނުމާއި ނުކުތުން ހުއްޓުވައި، އެ ޤައުމުގެ އިޤްތިޞާދަށާއި ތެލިގެ އެކްސްޕޯޓަށް ދަތި ކުރުމުގެ ސިޔާސަތު ކުރިއަށް ގެންދަން ނިންމާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އެޕްރީލު 2026 | ބުދަ 07:36
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އީރާންއާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް، ނުވަތަ ހިސޯރުގެ ފިޔަވަޅުތައް އިތުރު މުއްދަތަކަށް ދަންމާލުމަށް ތައްޔާރުވުމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ ޤައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނަށް އަންގާފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ. 

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް އިން އެ ޤައުމުގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޓްރަމްޕް މިގޮތަށް ނިންމެވީ އީރާން އާއެކު އުފެދިފައިވާ ހަމަނުޖެހުން ތަކަަށް ސިޔާސީ ހައްލެއް ނުފެނުމާއި، އެ ޤައުމުގެ ނިއުކްލިއާ މުސްތަޤުބަލާ މެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުންނެވެ. 

މި ހަފުތާގެ ކުރީ ކޮޅު، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ ސިޗުއޭޝަން ރޫމްގައި ބޭއްވި ބައްދަލުވުމެއްގައި ޓްރަމްޕް ވަނީ އީރާންގެ ބަނދަރު ތަކަށް މުދާ އުފުލާ އުޅަނދު ފަހަރު ވަނުމާއި ނުކުތުން ހުއްޓުވައި، އެ ޤައުމުގެ އިޤްތިޞާދަށާއި ތެލިގެ އެކްސްޕޯޓަށް ދަތި ކުރުމުގެ ސިޔާސަތު ކުރިއަށް ގެންދަން ނިންމައިފަ އެވެ. އޮފިޝަލުންނާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ބުނި ގޮތުގައި، އަލުން ބޮން އެޅުމުގެ ހަމަލާތައް ފެށުމަށް، ނުވަތަ މި މައްސަލަ އިން މުޅިން އެއް ފަރާތްވުމަށް ވުރެ، މިހާރު އޮތް ހިސޯރު ދެމެހެއްޓުމަކީ ނުރައްކާ ކުޑަ ގޮތެއް ކަމަށް ޓްރަމްޕް ޤަބޫލު ކުރައްވާ ކަމަށެވެ. 

އީރާން އާއެކު އެއްބަސްވުމަކަށް އައުމުގެ މަޤުސަދުގައި، އިޒްރޭލްއާ ގުޅިގެން މިދިޔަ ފެބްރުވަރީ މަހު ފެށި ހަނގުރާމަ މިހާރު ވަނީ މެދު ކަނޑާލައިފަ އެވެ. މި މަހުގެ ކުރީ ކޮޅު ހަނގުރާމަ މެދު ކަނޑާލުމަށް އެއްބަސްވެފައިވާއިރު، މިހާރު މަސައްކަތް ކުރަމުން އަންނަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމު ކުރުމަށެވެ. ޓްރަމްޕް ބޭނުން ވަނީ އީރާންގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވޭނެ ފަދަ، ވަރުގަދަ އެއްބަސްވުމަކަށް އައުމަށެވެ. 

ހޯމަ ދުވަހު ޓްރަމްޕް އޭނާގެ އެހީތެރިންނަށް ވިދާޅުވީ، ހޮރްމޫޒް ކަނޑު އޮޅި ހުޅުވާލުމަށާއި، ނިއުކްލިއާ ވާހަކަތައް ފަހު މަރުހަލާ އަކަށް ބޭއްވުމަށް އީރާން އިން ހުށަހެޅި ތިން މަރުހަލގެ ހުށަހެޅުމަކީ، އެ ޤައުމުން އިޚުލާސްތެރިކަމާ އެކު މަޝްވަރާ ކުރަން ބޭނުން ނުވާ ކަމުގެ ހެއްކެއް ކަމަށެވެ. 

އެމެރިކާގެ އިސް އޮފިޝަލަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން އިތުރަށް ބުނެފައި ވަނީ، އެމެރިކާގެ މި ހިސޯރުގެ ސަބަބުން އީރާންގެ އިޤްތިޞާދަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުން އަންނަ ކަމަށެވެ. ވަކިން ޚާއްސަކޮށް، ނުވިކި ހުރި ތެޔޮ ރައްކަ ކުރާނެ ޖާގަ ނެތިގެން، އީރާން އިން ދަތިތަކާ ކުރިމަތިލަމުންދާ ކަމަށާއި، އޭގެ ސަބަބުން އީރާންގެ ސަރުކާރުން އެމެރިކާ އާއެކު އަލުން ގުޅުން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ. 

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ

29 އެޕްރީލު 2026
ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ
29 އެޕްރީލު 2026

ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ

29 އެޕްރީލު 2026
ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ
28 އެޕްރީލު 2026

އެހެން ޤައުމު ތަކުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު އެމެރިކާ އަކަށް ނެތް: އީރާން

28 އެޕްރީލު 2026
އެހެން ޤައުމު ތަކުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު އެމެރިކާ އަކަށް ނެތް: އީރާން
28 އެޕްރީލު 2026

އީރާން އާއި ލުބުނާން އިން އަގުހުރި ޖާސޫސީ މައުލޫމާތު ތަކެއް ހޯދާފައިވާ ކަމަށް އިޒްރޭލްގެ މޮސާޑް އިން ބުނެފި

28 އެޕްރީލު 2026
އީރާން އާއި ލުބުނާން އިން އަގުހުރި ޖާސޫސީ މައުލޫމާތު ތަކެއް ހޯދާފައިވާ ކަމަށް އިޒްރޭލްގެ މޮސާޑް އިން ބުނެފި
28 އެޕްރީލު 2026

އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި

28 އެޕްރީލު 2026
އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު