Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެހެން ޤައުމު ތަކުގެ ސިޔާސަތު ކަނޑައެޅުމުގެ ބާރު އެމެރިކާ އަކަށް ނެތް: އީރާން

އީރާންގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ރިޒާ ތަލާއީ ނިކް، އެ ޤައުމުގެ ދައުލަތުގެ މީޑިއާ އަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، މިނިވަން މުސްތަޤިއްލު ޤައުމު ތަކަށް އެމެރިކާގެ ސިޔާސަތުތައް މަޖުބޫރު ކުރެވޭނެ ޙާލަތެއްގައި މިހާރު އެ ޤައުމު ނެތް ކަމަށް. އަދި އެމެރިކާ އިން ކުރަމުންދާ ޣައިރު ޤާނޫނީ އަދި ބުއްދި އަށް ޤަބޫލު ނުކުރެވޭ ފަދަ ޑިމާންޑުތައް ދޫކޮށްލަން ޖެހޭކަން އެމެރިކާ އިން ޤަބޫލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 އެޕްރީލު 2026 | އަންގާރަ 10:44
އީރާންގެ ދިދަ.

އީރާންގެ ދިދަ. | ރޮއިޓާސް

އެހެން ޤައުމު ތަކުން އަމަލު ކުރަންވީ ގޮތް ބުނެދީ، އެ ޤައުމު ތަކުގެ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު މިހާރު އެމެރިކާ އަށް ނެތް ކަމަށް، އީރާން އިން ބުނެފި އެވެ. 

އީރާން އިން މިހެން ބުނެފައި ވަނީ، ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުމާ ގުޅޭ ގޮތުން އީރާން އިން ހުށަހަޅާފައިވާ އައު ހުށަހެޅުމަކަށް އެމެރިކާ އިން މަޝްވަރާ ކުރަމުން އަންނަނިކޮށެވެ. 

އީރާންގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ރިޒާ ތަލާއީ ނިކް، އެ ޤައުމުގެ ދައުލަތުގެ މީޑިއާ އަށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، މިނިވަން މުސްތަޤިއްލު ޤައުމު ތަކަށް އެމެރިކާގެ ސިޔާސަތުތައް މަޖުބޫރު ކުރެވޭނެ ޙާލަތެއްގައި މިހާރު އެ ޤައުމު ނެތް ކަމަށެވެ. އަދި އެމެރިކާ އިން ކުރަމުންދާ ޣައިރު ޤާނޫނީ އަދި ބުއްދި އަށް ޤަބޫލު ނުކުރެވޭ ފަދަ ޑިމާންޑުތައް ދޫކޮށްލަން ޖެހޭކަން އެމެރިކާ އިން ޤަބޫލު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އާއި އިޒްރޭލްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ކުރީ ކޮޅުން ފެށިގެން، އީރާން އިން ވަނީ އިސްތިރާތީޖީ ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ހޮރްމޫޒް ކަނޑު އޮޅި ބަންދު ކޮށްފަ އެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ލޮޅުން ތަކެއް އަރާފައިވާއިރު، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާ ތަކުގެ މައިގަނޑު އަސާސް އަކަށް ވެފައި ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމުގެ މައްސަލަ އެވެ. 

އީރާން އާއި އެމެރިކާ އަަދި އިޒްރޭލްއާ ދެމެދު މިހާރު އޮތް ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އެކު ހަނގުރާމަ މެދު ކެނޑިފައި ވީ ނަމަވެސް، މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަޝްވަރާ ތަކުން މިހާތަނަށް އެދެވޭ ނަތީޖާއެއް ނިކުމެފައި ނުވެ އެވެ. އެމެރިކާ އިން މިހާރު ދިރާސާ ކުރަމުންދާ ހުށަހެޅުމަކީ ހަނގުރާމައިގެ އެހެނިގހެން ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރިއަށްދާއިރު، ދުނިޔޭގެ ތެލާއި ގޭސް އުފުލުމުގެ މުހިންމު ދައުރެއް އަދާ ކުރާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމާ ގުޅޭ ހުށަހެޅުމެކެވެ. 

ޝަންހާއީ ކޯޕަރޭޝަން އޯގަނަައިޒޭޝަން (އެސްސީއޯ)ގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ވާހަކަ ދައްކަވަމުން ތަލާއީ ނިކް އިތުރަށް ވިދާޅުވީ، އީރާންގެ ދިފާއީ އަސްކަރީ ޤާބިލުކަން މިނިވަން ޤައުމުތަކާ ހިއްސާ ކުރުމަށް އީރާން އިން އޮތީ ތައްޔާރަށް ކަމަށެވެ. ޚާއްސަކޮށް އެސްސީއޯގެ މެމްބަރު ޤައުމު ތަކަށް އެ އެހީތެރިކަން ފޯރުކޮށްދިނުމަށް އީރާން އިން އިސްކަންދޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ރިޒާ ތަލާއީ-ނިކްޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

އީރާން އާއި ލުބުނާން އިން އަގުހުރި ޖާސޫސީ މައުލޫމާތު ތަކެއް ހޯދާފައިވާ ކަމަށް އިޒްރޭލްގެ މޮސާޑް އިން ބުނެފި

28 އެޕްރީލު 2026
އީރާން އާއި ލުބުނާން އިން އަގުހުރި ޖާސޫސީ މައުލޫމާތު ތަކެއް ހޯދާފައިވާ ކަމަށް އިޒްރޭލްގެ މޮސާޑް އިން ބުނެފި
28 އެޕްރީލު 2026

އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި

28 އެޕްރީލު 2026
އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި
28 އެޕްރީލު 2026

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް

28 އެޕްރީލު 2026
އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް
28 އެޕްރީލު 2026

އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ

28 އެޕްރީލު 2026
އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ
27 އެޕްރީލު 2026

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

27 އެޕްރީލު 2026
ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު