Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަނީ

ސްޓޭޓް ޑިޕާޓްމަންޓް އިން ދެއްކި ނަމޫނާ ތަކުން ފެންނަ ގޮތުގައި، ޕާސްޕޯޓުގެ އެތެރޭގައިވާ ޞަފްހާއެއްގައި ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާއިރު، އެ ޞަފްހާގެ ކުރިމަތީގައި 1776 ވަނަ އަހަރު މިނިވަންކަން އިއުލާންކޮށް، ސޮއި ކުރި މަންޒަރު ފެންނަ ފޮޓޯ ވެސް ހިމަނާފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 07:03
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާންމު ކޮށްފައިވާ މި ފޮޓޯ އިން ފެންނަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސްވީރާއި ސޮއި ހިމަނައިގެން ތައްޔާރު ކޮށްފައިވާ އެ ގައުމުގެ ރަސްމީ ޕާސްޕޯޓެއް.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އާންމު ކޮށްފައިވާ މި ފޮޓޯ އިން ފެންނަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަސްވީރާއި ސޮއި ހިމަނައިގެން ތައްޔާރު ކޮށްފައިވާ އެ ގައުމުގެ ރަސްމީ ޕާސްޕޯޓެއް. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް އުފައްދަން ނިންމައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން އަންގާރަ ދުވަހު ބުނީ، އެ ޤައުމުގެ ރައީސް ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާ ޚާއްސަ ޕާސްޕޯޓެއް މަދު އަދަދަކަށް އުފައްދާނެ ކަމަށެވެ. މިއީ އެމެރިކާގެ ރައީސްގެ ނަމާއި ފޮޓޯ، ސަރުކާރުގެ ރަސްމީ ބައެއް ލިޔެ ކިޔުން ތަކުގައި ޖެހުމަށް ކުރަމުން އަންނަ ކަންކަމުގެ އެންމެ ފަހުގެ މިސާލެވެ. 

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓްގެ ބަޔާނެއްގައި ބުނީ، މި ޕާސްޕޯޓުތައް ނެރުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ 250 ވަނަ މިނިވަން ދުވަހާ ދިމާކޮށެވެ. ޖުލައި މަހުގެ ތެރޭގައި އެ ޕާސްޕޯޓުތައް ނެރޭނެ ކަމަށް ބަޔާނުގައި ބުނެފައި ވީ ނަމަވެސް، އެ ޕާސްޕޯޓުގައި ޓްރަމްޕްގެ ފޮޓޯ ހިމެނޭ ކަމަށް ބުނެފައި ނުވެ އެވެ. 

ސްޓޭޓް ޑިޕާޓްމަންޓް އިން ދެއްކި ނަމޫނާ ތަކުން ފެންނަ ގޮތުގައި، ޕާސްޕޯޓުގެ އެތެރޭގައިވާ ޞަފްހާއެއްގައި ޓްރަމްޕްގެ ފޮޓޯ ޖަހާފައިވާއިރު، އެ ޞަފްހާގެ ކުރިމަތީގައި 1776 ވަނަ އަހަރު މިނިވަންކަން އިއުލާންކޮށް، ސޮއި ކުރި މަންޒަރު ފެންނަ ފޮޓޯ ވެސް ހިމަނާފައިވެ އެވެ. 

ޕިގޮޓް ބުނީ، މި ޕާސްޕޯޓު ތަކުގައި ޚާއްސަ ފަންނީ މަސައްކަތްތަކާއި، ރީތި ފޮޓޯތައް ހިމެނޭނެ ކަމަށާއި، އެއާ އެކު އެމެރިކާގެ ޕާސްޕޯޓު ދުނިޔޭގެ އެންމެ ރައްކާތެރި ލިޔުން ތަކުގެ ގޮތުގައި ބަހައްޓާ ސަލާމަތީ ފީޗާތައް ވެސް ހިމެނޭނެ ކަމަށެވެ.

އެމެރިކާގެ ޕާސްޕޯޓުގައި ޓްރަމްޕްގެ ފޮޓޯ ޖަހަން ނިންމާފައިވާއިރު، އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓް އިން މީގެ ކުރިން ބުނެފައި ވަނީ އެމެރިކާގެ ފައިސާގައި ޓްރަމްޕް ސޮއި ކުރައްވާނެ ކަމަށެވެ. މިއީ މަގާމުގައި ހުންނެވި ރައީސް އަކު އެމެރިކާގެ ފައިސާގައި ސޮއި ކުރާނެ ފުރަތަމަ ފަަހަރެވެ. 

މަސްދަރު: ރޮއިޓާސް

އެމެރިކާއެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ

ޓްރަމްޕް ކާމިޔާބީ އިއުލާާން ކޮށްފި ނަމަ، އީރާންގެ އަމަލުތައް ހުންނާނެ ގޮތް އެމެރިކާގެ ޖާސޫސީ އިދާރާ ތަކުން ބަލަނީ

29 އެޕްރީލު 2026
އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ

އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ

28 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި

27 އެޕްރީލު 2026
ހަމަލާ އަމާޒު ކުރީ އަހަރެންނަށް ކަމަށް ބެލެވިދާނެ: ޓްރަމްޕް

ހަމަލާ އަމާޒު ކުރީ އަހަރެންނަށް ކަމަށް ބެލެވިދާނެ: ޓްރަމްޕް

26 އެޕްރީލު 2026
ހަމަލާގެ ސަބަބުން އޮފިސަރެއްގެ ގަޔަށް ވަޒަން އެރި، މިހާރު އޭނާގެ ޙާލު ރަނގަޅު

ހަމަލާގެ ސަބަބުން އޮފިސަރެއްގެ ގަޔަށް ވަޒަން އެރި، މިހާރު އޭނާގެ ޙާލު ރަނގަޅު

26 އެޕްރީލު 2026

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު