Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމަށް ރައީސް ޑރ. މުއިއްޒު ހުރަސްއަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، މެންބަރު މީކާއިލް އަހުމަދު ނަސީމް އެކަން ކުށްވެރިކުރައްވައިފި. 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމަންޓްރީއަކާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ރެއިޑްކުރި މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހަޅުއްވަމުން، ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުން ހުއްޓާލުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވާފަ. ނަމަވެސް، މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 އެޕްރީލު 2026 | އަންގާރަ 08:28
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެނުކު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެނުކު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް | ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން ކަމަށާ މިނިވަންކަމާ އެކު މަސައްކަތް ކުރާ ނޫސްތަކާ ޗެނަލްތައް ހުއްޓުވަން މަސައްކަތް ކުރިއަސް އެކަން އެމަނިކުފާނަށް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެނުކު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީ އިން ކަށަވަރު ކޮށްދީފައިވާ ހައްގެއް ކަމަށެވެ. ނަމަވެސް މި ހައްގަށް ރައީސް މުއިއްޒު ދަނީ ހުރަސްއަޅުއްވަމުން ކަމަށާ އެކަން ހުއްޓާލަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ. 

Advertisement - newsAdvertisement
އަދަދު ނޫސް ރެއިޑް ކުރީ ކަން ހިނގިތާ އެތައް ދުވަހެއް ފަހުން. ކީއްވެ ތޯ. ޓްރިގަރ ވީ. ރައީސް ޕްރެސްގައި ހުންނަވައިގެން ޓްރިގަރ ވީ. މިވަރު މީހަކު ކިހިނެއްތޯ ވެރިކަން ކުރާނީ. މިހާ ރުޅިގަދަ، މިހާ އިމްޕަލްސިވް މީހަކު ކިހިނެއް ތޯ ދިވެހިރާއްޖޭގެ ވެރިކަމުގައި ބަހައްޓާނީ. މާދަމާ ވެސް ގޮތް ނިންމާނީ ކޮންކަމަކާ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އިންތިޚާބަކުން މިހާ ބޮޑުތަނުން ސަރުކާރެއް ބަލިވީމާ ކަންކަން އިސްލާހު ކުރައްވަން ވީ. 
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެނުކު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަން ކަމަކީ އެތައް ބައެއްގެ މިންނެއް މަސައްކަތުން ރައްޔިތުންނަށް ކަށަވަރު ވެގެންދިޔަ ހައްގެއް ކަމަށެވެ. އެގޮތުން އެއީ އެމްޑީޕީ އާ އިސްލާހީ މަސައްކަތަށް މަސައްކަތް ކުރި ގިނަ ބައެއްގެ ބުރަ މަސައްކަތުން ރާއްޖެއަށް ގެނަސްދެވުނު އެއްޗެއް ކަމަށާ އެ މިނިވަންކަމަށް ހުރަސް އެޅުން ހުއްޓާލަން ޖެހޭ ކަމަށެވެ. 

ރައީސް މުއިއްޒު މިހާރުން މިހާރަށް ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ އާ އިސްލާހީ މަސައްކަތަށް މަސައްކަތް ކުރެއްވި އެތައް ބައެއްގެ ބުރަ މަސައްކަތުން ދިވެހިރާއްޖެ އަށް ގެނަސްދިން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން ހުއްޓާލެއްވުމަށް ގޮވާލަން..... ރައީސް މުއިއްޒު މިހިނދުން މިހިނދަށް މިކަންކަން ހުއްޓާނުލައްވައިފި ނަމަ އަޅުގަނޑުމެންގެ އިހުތިޖާޖުތަކެއް ނުހުއްޓާނަން. އަދަދު ނޫހެއް ވެސް ނުހުއްޓޭނެ. ދެން އޮތް ނޫހެއް ވެސް ނުހުއްޓޭނެ. ރާއްޖެޓީވީ އެއްވެސް ނުހުއްޓޭނެ.  އަޅުގަނޑުމެންގެ މި މަސައްކަތެއް ނުހުއްޓޭނެ. 
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެނުކު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

ނޫސްވެރިކަމުގެ މިނިވަން ކަމަށް މި ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް މީކާއިލް ވިދާޅުވެފައިވާއިރު 'އަދަދު' ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރި 'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން އަދަދު ނޫޙުގެ އޮފީހަށް ވަދެ، މުދަލާއި، ތަކެތި ގެންގޮސްފައިވާތީ އަންގާރަ ދުވަހުގެ މަޖިލީހަށް މީކާއިލް ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފަ އެވެ. 

ނަމަވެސް ރިޔާސަތުން ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާ، މައްސަލަ ބޭރުކޮށްލާފަ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުމީކާއިލް އަހުމަދު ނަސީމްއެމްޑީޕީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

28 އެޕްރީލު 2026
'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް
28 އެޕްރީލު 2026

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި
27 އެޕްރީލު 2026

މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި

27 އެޕްރީލު 2026
މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި
27 އެޕްރީލު 2026

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން މީކާއީލް އެންޑޯޒް ކޮށްފި

27 އެޕްރީލު 2026
 އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން މީކާއީލް އެންޑޯޒް ކޮށްފި
27 އެޕްރީލު 2026

މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

27 އެޕްރީލު 2026
މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު