Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސައްކަތްތެރިންގެ ދުވަސް

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް ގަދަރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ އެމްޑީޕީގެ އެންމެ އިސް އަމާޒު: ރައީސް ސޯލިހު

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި މެސެޖުގައި، އެމްޑީޕީގެ ސަރުކާރުން މިނިމަމް ވޭޖާއި މެޓާނިޓީ ލީވް ފަދަ މުހިންމު ހައްގުތައް ކަށަވަރުކޮށްދީފައިވާކަން ފާހަގަކުރެއްވި. މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރުމުގައި އެ ޕާޓީން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ . މީގެ އިތުރުން، މަސައްކަތުގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހެދުމަށް ބާރުއަޅުއްވައި، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެމަނިކުފާނު ގޮވާލެއްވި.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 1 މެއި 2026 | ހުކުރު 11:51
ރައީސް ޞާލިޙް 2022 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަނީ

ރައީސް ޞާލިޙް 2022 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަނީ | ރައީސް އޮފީސް

މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކޮށް، އެ ފަރާތްތަކަށް ގަދަރުވެރި ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ އިސް އަމާޒު ކަމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެ މެއި މަހުގެ ފުރަތަމަ ދުވަހު ފާހަގަކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގަ އެވެ.

Advertisement - newsAdvertisement

މި ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސޯލިހު ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ މަސައްކަތެއްގައި އެމްޑީޕީ އިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަކީ އެ ޕާޓީން އަބަދުވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއް ކަންތައް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި މަސައްކަތްތެރިންގެ ހައްގުގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅިގެންދިޔައީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިން ކަމަށެވެ. މީގެ އިތުރުން، ދަރިމައިވުމާ ގުޅިގެންދޭ ހަ މަސްދުވަހުގެ މެޓާނިޓީ ލީވް ތައާރަފުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ކަށަވަރުކޮށްދިނުމަކީ މަސައްކަތްތެރިންގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، މަސައްކަތްކުރާ މާހައުލަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެމްޑީޕީ އިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީ އިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ރައީސް ސޯލިހު މިފަދަ މެސެޖެއް ދެއްވާފައި މިވަނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ގައުމުގެ ސަލާމަތަށްޓަކައި 12 ކަމެއް އިސްލާހު ކުރުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށްގެންދާ ދަނޑިވަޅެއްގަ އެވެ. އެމްޑީޕީން އަންނަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލަމުންނެވެ.

އެމްޑީޕީބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސްކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

ކައުންސިލް އިންތިހާބާއި ގުޅިގެން އެމްޑީޕީން ހައިކޯޓަށް ހުށަހެޅި 6 މައްސަލަ ބޭރުކޮށްލައިފި

01 މެއި 2026
އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

އިހުސާން އަށް އެމްޑީޕީގެ މެމްބަރުން ރުހުން ދިނުމުން ފާޑުކިޔުން ބޮޑުވެ ބައެއް މެމްބަރުން މަޢާފަށް އެދިއްޖެ

30 އެޕްރީލު 2026
މޭޑޭގެ މުޒާހަރާ ހުއްޓުވުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަނީ!

މޭޑޭގެ މުޒާހަރާ ހުއްޓުވުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަނީ!

30 އެޕްރީލު 2026
އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

އެމްޑީޕީގެ މުޒާހަރާތައް ހުއްޓާލަން އީސީ އިން އެންގުމުން މުޒާހަރާގެ ބައިވެރިންގެ ފާޑުކިޔުން އީސީ އަށް

30 އެޕްރީލު 2026
މީކާއިލް ސަޕޯޓަރުންނަށް: ވާދަކުރާ ފަރާތްތަކަށް މަލާމާތުގެ ބަސްތައް، ފުރައްސާރައިގެ ބަސްތައް ރައްދު ނުކުރޭ

މީކާއިލް ސަޕޯޓަރުންނަށް: ވާދަކުރާ ފަރާތްތަކަށް މަލާމާތުގެ ބަސްތައް، ފުރައްސާރައިގެ ބަސްތައް ރައްދު ނުކުރޭ

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު