Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭޔަރަށް ހަމަލާދިނުން

މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި

މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ. މޭޔަރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރީ ގ. އީރީ، އަބްދުއްލާ މުއާޒް. ފުލުހުންގެ ރެކޯޑްތަކުން ދައްކާގޮތުން އޭނާ ވަނީ 2012 ވަނަ އަހަރު ފްލެޓްތެރޭގައި ވަޅިޖެހި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 27 އެޕްރީލު 2026 | ހޯމަ 17:44
އެމްޑީޕީ އިން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ތެރެއިން

އެމްޑީޕީ އިން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ތެރެއިން | ރާއްޖެ އެމްވީ

މާލޭ ސިޓީ މޭޔަރު އާދަމް އާޒިމަށް ހަމަލާދިނުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް އެމީހާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެމްޑީޕީ އިން ހުކުރު ދުވަހުގެ ރޭ ބޭއްވި މުޒާހަރާގެ ތެރެއިން މޭޔަރަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރީ ގ. އީރީ، އަބްދުالله މުއާޒް، 35 އަހަރެވެ.

Advertisement - newsAdvertisement

މީހެއްގެ ގައިގައި ޖެހުމުގެ ތުހުމަތުގައި މުއާޒް ވަނީ ހޯމަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ. ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީ އިން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން މުއާޒް މަސައްކަތްކޮށްފައި ވަނީ އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން ކަމަށް ފުލުހުން ބުނެފައި ވެ އެވެ.

ނަމަވެސް މުއާޒް ކޯޓުގައި ބުނެފައިވަނީ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަދައްކަން ކަމަށާއި، އޭނާއާމެދު މާރާމާރީ ހިންގީ މުޒާހަރާގެ ބައިވެރިން ކަމަށެވެ. ކޯޓު އަމުރުގައި ވާގޮތުން މުއާޒަކީ ހައްޔަރާއި ބަންދު ރެކޯޑު އޮތް މީހެކެވެ. ފުލުހުންގެ ރެކޯޑްތަކުން ދައްކާގޮތުން އޭނާ ވަނީ 2012 ވަނަ އަހަރު ފްލެޓްތެރޭގައި ވަޅިޖެހި މައްސަލައެއްގައި ވެސް ހައްޔަރުކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ނިންމީ މުއާޒް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށެވެ. އެހެންކަމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ހުކުރު ދުވަހުގެ ރޭ މާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ވަނީ މީހަކު ހަމަލާދީފަ އެވެ. މުޒާހަރާގެ ބައިވެރިން ހިނގާފައި ދަނިކޮށް މަގުގެ އަރިމަތީގައި ހުރި މީހަކު ވަނީ އާޒިމްގެ މޭމަތީގައި އަތްއަޅައި ކޮއްޕާލާފައެވެ. އެވަގުތު އާޒިމްގެ އަރިހުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ އޭނާގެ ހިމާޔަތުގައި އެމީހާ ދުރަށް ޖައްސާފަ އެވެ.

މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް، އާޒިމަށް ހަމަލާދިން މީހާ އެވަގުތު ހައްޔަރުކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ.

މި ހަމަލާއަށް ފަހު މުޒާހަރާގެ ތެރެއިން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު އާޒިމް ތުހުމަތުކުރެއްވި ގޮތުގައި މިއީ ސަރުކާރުން ގަސްތުގައި ރާވައިގެން ހިންގި އަމަލެކެވެ. ނަމަވެސް މިފަދަ ބިރުދެއްކުމުގެ އަމަލުތަކުން އެމްޑީޕީ ފަހަތަށް ނުޖެހޭނެ ކަމަށާއި، ސަރުކާރު ހަމަމަގަށް އެޅުވުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ ވެސް ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ސަރުކާރު ޖަވާބުދާރީކުރުވުމުގައި ދެމިތިބޭނެ ކަމަށް ވިދާޅުވެފަ އެވެ. މި ހަމަލާއާއި ގުޅިގެން ސިޔާސީ ހަރަކާތްތެރިން ވަނީ ސަރުކާރަށް ފާޑުކިޔާ، މުޒާހަރާކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާފަ އެވެ.

އެމްޑީޕީކްރިމިނަލް ކޯޓްމާލޭގެ މޭޔަރ އާދަމް އާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

 އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން މީކާއީލް އެންޑޯޒް ކޮށްފި

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން މީކާއީލް އެންޑޯޒް ކޮށްފި

27 އެޕްރީލު 2026
މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

27 އެޕްރީލު 2026
ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!

ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!

27 އެޕްރީލު 2026
ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!

ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!

27 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު