Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗެއަރޕާސަން ކެމްޕޭން

މީކާއިލް ސަޕޯޓަރުންނަށް: ވާދަކުރާ ފަރާތްތަކަށް މަލާމާތުގެ ބަސްތައް، ފުރައްސާރައިގެ ބަސްތައް ރައްދު ނުކުރޭ

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް، އޭނާއާ ވާދަކުރާ ކެންޑިޑޭޓުންނަށް ފުރައްސާރަ ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފި. މީކާއިލް ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަން ދަމަހައްޓައިގެން ކަމަށާއި، ވަކި ބަޔަކު ބާކީކޮށްގެން ކުރިއަށް ނުދެވޭނެ ކަމަށް. އަދި އޭނާގެ އަމާޒަކީ މެންބަރުން ފަޚުރުވެރިވާ ފަދަ އިތުބާރު ހުރި ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ބައްޓަންކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 29 އެޕްރީލު 2026 | ބުދަ 19:04
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް. | ރާއްޖެ އެމްވީ

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓުންނަށް މަލާމާތާއި ފުރައްސާރަ ނުކުރުމަށް ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

މީކާއިލް މިކަމަށް އިލްތިމާސް ކުރެއްވީ އެމްޑީޕީ ހަރުގޭގައި ބޭއްވި "އިތުބާރު ހަރުގެ ޖަލްސާ" ގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، މި ކެމްޕެއިނަކީ ޕާޓީގެ އެތެރޭގެ އިންތިޚާބެއްގެ ކެމްޕެއިން ކަމަށްވާތީ، ވާދަކުރާ އެހެން ފަރާތްތަކަށް މަލާމާތުގެ ބަސްތަކާއި ފުރައްސާރައިގެ ބަސްތައް ރައްދުކުރުމަކީ އޭނާ އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ އަމަލުތަކުން ދުރުހެލިވުމަށް އޭނާގެ ސަޕޯޓަރުންގެ ކިބައިން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.

ސަޕޯޓަރުންގެ ކިބައިން މިފަދައިން އެދިވަޑައިގަތް ސަބަބު ހާމަކުރައްވަމުން މީކާއިލް ވިދާޅުވީ، އިންތިޚާބުގެ މި 40 ދުވަހަށް ފަހުވެސް ކުރިއަށް ދުވަސްތަކެއް އެބައޮތްކަން އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީގެ ހުރިހާ މެންބަރުން އެކުގައި ކުރާ މަސައްކަތުންކަން އޭނާ ފާހަގަކުރެއްވި އެވެ.

އަޅުގަނޑު އެހެން ނޭދޭ ސަބަބަކީ، އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް ވިސްނޭ، މި ސާޅީސް ދުވަހަށް ފަހު ވެސް ދުވަހެއް އެބައެއްކަން އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް ވިސްނޭ، ދެހާސް އަށާވީސް، އަޅުގަނޑުމެންނަށް ކާމިޔާބުކުރެވޭނީ އަޅުގަނޑުމެން އެންމެން އެކުގައި ކުރާ މަސައްކަތުންކަން އަޅުގަނޑަށް ވިސްނޭ. އަޅުގަނޑަށް ވިސްނޭ، މި ޕާޓީގައި ވަކި ބަޔަކު ބާކީކޮށް، ވަކި ބަޔަކު އެއްފަރާތްކޮށް، ހިންގާ ރިޔާސީ ޕްރައިމަރީއެއްގައި މި ޕާޓީގެ އާއްމު މެންބަރުންގެ އިތުބާރެއް ނޯންނާނެކަން 
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް

މީގެ އިތުރުން މީކާއިލް ވިދާޅުވީ، ޕާޓީގެ ތެރެއިން ވަކި ބަޔަކު ބާކީކޮށް އެއްފަރާތްކޮށްގެން ހިންގާ ރިޔާސީ ޕްރައިމަރީއެއްގައި ޕާޓީގެ އާންމު މެންބަރުންގެ އިތުބާރެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ޕާޓީގެ އެތެރޭގެ އެއްބައިވަންތަކަން ދެމެހެއްޓުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އެމްޑީޕީގެ އާންމު މެންބަރުންނަށް ޔަގީންކަން އަރުވަމުން މީކާއިލް ވިދާޅުވީ، އޭނާގެ ޗެއަރޕާސަންކަމުގެ ދަށުން އެމްޑީޕީ އިންތިޒާމުކޮށްދޭނީ މެންބަރުން ފަޚުރުވެރިވާ ފަދަ، އަދި މެންބަރުން އިންތިޒާރުކުރާ ފަދަ އިތުބާރު ހުރި ޕާޓީއެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ޕާޓީއާއެކު 2028 ވަނަ އަހަރުގެ ކާމިޔާބީއާ ހަމައަށް މެންބަރުން ގެންގޮސްދޭނެ ކަމުގެ ވައުދުވެސް އޭނާ ވަނީ ވެވަޑައިގެންފަ އެވެ.

މީކާއިލް އަހުމަދު ނަސީމްއެމްޑީޕީއެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު 2026

ކޮމެންޓް

އިތުރަށް ކިޔާލަން

އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް

އަދަދަށް ވަންނަން ދިޔަ ފުލުހުން ފުރަތަމަ އޮޅިގެން ވަނީ ރީކޯ މޫސަގެ ގެއަށް

28 އެޕްރީލު 2026
ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް

ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް

28 އެޕްރީލު 2026
'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

28 އެޕްރީލު 2026
މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި

މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި

27 އެޕްރީލު 2026
 އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން މީކާއީލް އެންޑޯޒް ކޮށްފި

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން މީކާއީލް އެންޑޯޒް ކޮށްފި

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު