Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސިވިލާތް

ސިޔާސީ ނުތަނަަވަސް ކަމުގެ ތެރޭގައި އުޅުއްވަމުން ވެސް، އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފި

ހޮނިހިރު ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަނީ ވަޑައިގެންފައި. އަދި މެޗު ބެއްލެވުމުގެ ތެރެއިން ބައެއް ފަރާތްތަކާ ވާހަކަ ދައްކަވައި، ބޮޑު ވަޒީރު ވަނީ މެޗުގެ ފޯރީގައި ބައިވެރިވެ ވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 މާރިޗު 2026 | ހޯމަ 05:47
މެޗުގައި އާސެނަލް އިން ލަނޑު ޖެހުމުން، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އުފާ ފާޅު ކުރައްވަނީ

މެޗުގައި އާސެނަލް އިން ލަނޑު ޖެހުމުން، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އުފާ ފާޅު ކުރައްވަނީ | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުގެ އިތުރުން، މެދު އިރުމަތީގެ މަސްރަހު ވެސް ނުތަނަވަސްވެފައި އޮތް ވަގުތެއްގެ ތެރެއިން ވެސް، އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު މެޗު ބައްލަވަން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވަޑައިގެންފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ އާސެނަލްގެ އަމިއްލަ ދަނޑު، އެމިރޭޓްސް ސްޓޭޑިއަމްގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަނީ ވަޑައިގެންފަ އެވެ. އަދި މެޗު ބެއްލެވުމުގެ ތެރެއިން ބައެއް ފަރާތްތަކާ ވާހަކަ ދައްކަވައި، ބޮޑު ވަޒީރު ވަނީ މެޗުގެ ފޯރީގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ފަހު ވަގުތު ދެ ލަނޑު ޖަހައިގެން އާސެނަލް މޮޅުވި އެ މެޗުގައި، އާސެނަލް އަށް ލަނޑު ޖަހަން އެހެން ފުރުސަތު ތަކެއް ވެސް ލިބުނެވެ. އާސެނަލް އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ބޭކާރުވި ވަގުތު ތަކުގައި ބޮޑު ވަޒީރުގެ މޫނު މަތިން މާޔޫސްކަން ވެސް ފެނިފައިވެ އެވެ. އަދި މެޗުގެ ފަހު ވަގުތުގައި އާސެނަލް އިން ލަނޑު ޖެހިއިރު، ބޮޑު ވަޒީރު ސްޓާމާ ވަނީ ވަރަށް ބޮޑަށް އުފާ ފާޅު ކުރައްވައިފަ އެވެ.

މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންފައިވާއިރު، މިދިޔަ ދުވަސް ތަކަކީ ބޮޑު ވަޒީރަށް ވަރަށް ޕްރެޝަރު ބޮޑުވެގެން ދިޔަ ދުވަސް ވަރެކެވެ. ޚާއްޞަކޮށް އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް ޕީޓާ މެންޑެލްސަން ސަފީރު ކަމުގެ މަޤާމަށް އައްޔަން ކުރެއްވި މައްސަލައިގައި ބޮޑު ވަޒީރު ވަނީ ހޫނު ފެނަށް ވެސް ވެއްޓިފަ އެވެ. ލޭބާ ޕާޓީގެ އެތެރެއިންނާއި ބޭރުން ކުރިމަތިވި ޕްރެޝަރާ އެކު، ބޮޑު ވަޒީރުގެ އިސްތިއުފާގެ އަޑު ވެސް ގަދަވި އެވެ.

އޭގެ ފަހުން އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގައި ވެސް ބޮޑު ވަޒީރު ސްޓާމާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ޚާއްޞަކޮށް އިނގިރޭސިވިލާތުގައި ހުރި އެމެރިކާގެ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަ ނުދިނުމާއި، ހަނގުރާމައިގައި އެމެރިކާ އަށް ތާއީދު ނުކުރާތީ ވެސް ބޮޑު ވަޒީރަށް ނުރުހުން އަމާޒުވި އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލޭއާގެ ފަރާތުން ބޮޑު ވަޒީރު ސްޓާމާ އަށް ކުރިމަތިވި ފާޑު ކިޔުންތައް ވެސް ހިމެނެ އެެވެ.

އާސެނަލްގެ މެޗު ބައްލަވަން ބޮޑު ވަޒީރު ސްޓާމާ ވަޑައިގެންނެވިރު، އެމަނިކުފާނަކީ އާސެނަލްގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. 

އިނގިރޭސިވިލާތްއާސެނަލްއިނގިރޭސި ޕްރިމިއަރ ލީގުކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި

ފަހު ވަގުތު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި

16 މާރިޗު 2026
އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

އެސްޓަން ވިލާ ބަލިކޮށް، ޔުނައިޓެޑު ތިން ވަނަ އަށް

16 މާރިޗު 2026
މެދު އިރުމައްޗަށް އެތައް ހާސް އިންޓަސެޕްޓް ޑްރޯންތައް ފޮނުވުމަށް އިނގިރޭސި ބޮޑު ވަޒީރު ވިސްނަވަނީ

މެދު އިރުމައްޗަށް އެތައް ހާސް އިންޓަސެޕްޓް ޑްރޯންތައް ފޮނުވުމަށް އިނގިރޭސި ބޮޑު ވަޒީރު ވިސްނަވަނީ

15 މާރިޗު 2026
ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

ވެސްޓް ހޭމްއާ އެއްވަރުވެ، ސިޓީ އަށް ފަރަގު ކުޑަ ނުކުރެވުނު

15 މާރިޗު 2026
އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޗެލްސީ ބަލިވެއްޖެ

15 މާރިޗު 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު