Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އެވަޓަން ބަލިކޮށް، އާސެނަލް އަށް ނުވަ ޕޮއިންޓުގެ ލީޑެއް

މޮޅާ އެކު އާސެނަލް އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 31 މެޗުން 70 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 މާރިޗު 2026 | އާދީއްތަ 04:17
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން އެއް ވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ. 

އާސެނަލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި އާސެނަލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ފަހު ވަގުތުގެ ތެރޭގަ އެވެ. 

މެޗުގައި އާސެނަލް އިން ލަނޑު ޖަހަން ގިނަ ފުރުސަތު ތަކެއްް ހޯދި އެވެ. އެގޮތުން އާސެނަލްގެ ބުކަޔޯ ސަކާ ފޮނުވާލި ހަމަލާ ގޯލާ އަމާޒު ނުވެ ދިޔައިރު، އެބްރެޗީ އެޒޭ އަށް ވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ތަކެއް ލިބިފަ އެވެ. 

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް އާސެނަލް އަށް ލަނޑު ޖަހައި ލީޑު ނަގައިދިނީ ވިކްޓަ ޔޮކަރޭޝް އެވެ. އެއީ ޕިއޭ ހިކަންޕީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި އުމުރުން 16 އަހަރުގެ މެކްސް ޑައުމަން ވަނީ އާސެނަލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑާ އެކު، އޭނާ ވެގެން ގޮސްފައި ވަނީ ޕްރިމިއާ ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ.

މި މޮޅާ އެކު އާސެނަލް އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 31 މެޗުން 70 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ޕްރިމިއަރ ލީގުއާސެނަލްއެވަޓަން

އިތުރަށް ކިޔާލަން

14 މާރިޗު 2026

އާސެނަލް އަށް އެންމެ މުހިންމީ ލީޑު ހިފެހެއްޓުން: އާޓެޓާ

14 މާރިޗު 2026
އާސެނަލް އަށް އެންމެ މުހިންމީ ލީޑު ހިފެހެއްޓުން: އާޓެޓާ
12 މާރިޗު 2026

ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން

12 މާރިޗު 2026
ލެވަކޫސަން ކައިރިން އާސެނަލް ސަލާމަތްވީ ފަހު ވަގުތު ޖެހި ޕެނަލްޓީ އިން
08 މާރިޗު 2026

އެފްއޭ ކަޕް: މެންސްފީލްޑް ޓައުން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލް އަށް

08 މާރިޗު 2026
އެފްއޭ ކަޕް: މެންސްފީލްޑް ޓައުން ބަލިކޮށް އާސެނަލް ކުއާޓާ ފައިނަލް އަށް
05 މާރިޗު 2026

ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ

05 މާރިޗު 2026
ކެރިކް އިރުޝާދު ދޭން ފެށިފަހުން، ފުރަތަމަ ފަހަރަށް ޔުނައިޓެޑު ބަލިވެއްޖެ
05 މާރިޗު 2026

ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.

05 މާރިޗު 2026
ފޮރެސްޓާ އެއްވަރުވެ، ސިޓީ އަށް ފައިދާ ނުނެގުނު.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު