Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ މީކާއިލް

އެމްޑީޕީގެ ޗެއަރޕާސަން ކަމަށް އެޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން މީކާއީލް އެންޑޯޒް ކޮށްފި

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީގެ މަޖިލިސް މެންބަރުން ތާއީދުކުރާނެ ކެންޑިޑޭޓަކީ މީކާއީލްކަން އިއުލާނުކުރީ އެމްޑީޕީ ހަރުގޭގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 27 އެޕްރީލު 2026 | ހޯމަ 14:04
ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އެ ޕާޓީގެ މަޖިލިސް މެންބަރުން ތާއީދުކުރާނެ ކެންޑިޑޭޓަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްކަން އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި އެ ޕާޓީގެ މަޖިލިސް މެންބަރުން ތާއީދުކުރާނެ ކެންޑިޑޭޓަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްކަން އިއުލާނުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ރާއްޖެ އެމްވީ

އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުގެ ތާއީދު އޮތްކަން ހޯމަ ދުވަހު ހާމަކޮށްފި އެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެ ޕާޓީގެ މަޖިލިސް މެންބަރުން ތާއީދުކުރާނެ ކެންޑިޑޭޓަކީ މީކާއީލްކަން އިއުލާނުކުރީ އެމްޑީޕީ ހަރުގޭގައި ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުގެ 10 މެންބަރަކު ވަނީ މީކާއީލް އަށް ފުރިހަމައަށް ތާއީދުކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ. މި ބައްދަލުވުމުގައި މީކާއީލް އާއެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕު ގައި ހިމެނިވަޑައިގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން މީކާއީލް ދެއްކެވި ވާހަކައިގައި، ފާއިތުވެދިޔަ ތަނުގައި އެމްޑީޕީ ވަރަށް ހާލުގައި އޮތް ދަނޑިވަޅުތަކުގައި އެ ޕާޓީއަށް އެންމެ ބުރަ މަސައްކަތެއް ކޮށްދިން އެއް ގުނަނަކީ މަޖިލިސް މެންބަރުންކަން ފާހަގަކުރެއްވި އެވެ. އަދި މީގެ ދެ މަހެއްހާ ދުވަސް ކުރިއްސުރެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން އޭނާ ހޮވުމަށް މަސައްކަތްކުރައްވަމުން ގެންދަވާތީ އެކަމަށްޓަކައި މީކާއީލް ޝުކުރު އަދާކުރެއްވި އެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވީ، 19 ވަނަ މަޖިލީހާއި 20 ވަނަ މަޖިލީހުގައި ވެސް މީކާއީލާއެކު ވަރަށް ގާތުން މަސައްކަތް ކުރެވިފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައާއި ޕާޓީގެ އެކި މަސައްކަތްތަކުގައި މީކާއީލަކީ އަބަދުވެސް އެންމެ އިސް ދައުރެއް އަދާކުރައްވާ އެއް ބައިވެރިޔާކަން ނާޒިލް ފާހަގަކުރެއްވި އެވެ.

އެމްޑީޕީގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، މީކާއީލް ގެ އިތުރުން ދެން އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އަލްހާން ފަހުމީ އެވެ.

ރައީސް ނަޝީދުގެ ފެކްޝަނުން ވެސް ވަނީ "ބޮޑު ބަދަލު"ގެ ނަމުގައި ކެމްޕެއިނެއް ފަށާފަ އެވެ. އެގޮތުން، ނަޝީދަށް ތާއިދުކުރައްވައި އެ މަނިކުފާނާ އެކުގައި ހުންނެވިކަން ކުރީގެ އެމްޑީޕީ ޗެއާޕާސަން ފާއްޔާޒް އިސްމާއިލް ވަނީ އިއުލާނުކުރައްވައިފަ އެވެ. މި އިންތިޚާބަކީ ޕާޓީގެ ކުރިމަގަށް ނުހަނު މުހިންމު އިންތިޚާބެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެ އެވެ.

މީކާއިލް އަހުމަދު ނަސީމްއެމްޑީޕީއެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުއެމްޑީޕީގެ ޗެއަރޕާސަންގެ އިންތިހާބު 2026

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

27 އެޕްރީލު 2026
މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް
27 އެޕްރީލު 2026

ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!

27 އެޕްރީލު 2026
ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!
27 އެޕްރީލު 2026

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް
26 އެޕްރީލު 2026

މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު

26 އެޕްރީލު 2026
މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު
26 އެޕްރީލު 2026

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

26 އެޕްރީލު 2026
މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު