Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރެފަރަންޑަމުން ބަލިވުން

ރައީސް މުއިއްޒު ލީޑް ކުރެއްވި މާލެ ސިޓީ އިން ރެފަރަންޑަމަށް ނޫނެކޭ ރައްޔިތުން ވިދާޅުވީ އެމަނިކުފާނަށް މަސައްކަތް ނުކުރެވިގެންތޯ ސުވާލުކުރުމުން މުޅި ވާހަކަ އޮޅުވާލައްވައިފި

20 އެޕްރީލު 2026 | ހޯމަ 12:33

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ނެގި ރެފަރަންޑަމް ވޯޓުން ނާކާމިޔާބުވީ ކެމްޕޭން ޓީމުތަކަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ނަތީޖާއިން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަން ސާފުވާ ކަމަށާއި، ސަރުކާރު ހިންގުމުގައާއި ކަންކަން އިސްލާހުކުރުމުގައި ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވީ ރެފަރަންޑަމްގެ ނަތީޖާއާއެކު ގުޑް ގަވަރނަންސްގެ ތެރެއިން ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، އެ ބަދަލުތައް ގެންނަވާނެ ކަމަށެވެ.

މަޚްތޫމް
މަޚްތޫމް | 20 އެޕްރީލު 2026 | ހޯމަ 12:33
ރައީސް ޑރ. މުހައްމަދު މުއިއްޒު.

ރައީސް ޑރ. މުހައްމަދު މުއިއްޒު. | ރައީސް އޮފީސް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ނަގަން އުޅުނު ރެފަރަންޑަމް ވޯޓުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ލީޑް ކުރެއްވި މާލެ ސިޓީ އިން ރެފަރަންޑަމަށް ބޮޑުތަނުން ނޫނެކޭ ރައްޔިތުން ވިދާޅުވީ އެމަނިކުފާނަށް މަސައްކަތް ނު ކުރެވިގެންތޯ ސުވާލުކުރުމުން މުޅި ވާހަކަ އޮޅުވާލައްވައިފި އެވެ. 

ރެފަރަންޑަމް ވޯޓުން ނާކާމިޔާބުވި ސަބަބަށް އަލިއަޅޫވައިލައްވައި ރަސްދޫގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ހުރިހާ ރަށެއްގައި މަސައްކަތް ކުރަމުން ދިޔަ ޕީއެންސީގެ ހުރިހާ އެންމެންގެ ފަރަތުން އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށެވެ. ޕީއެންސީގެ މާލޭގެ ޓީމް ލީޑްކުރައްވާ އިސްކޮށް ހުންނެވީ ރައީސް މުއިއްޒު އެވެ. 

Advertisement - newsAdvertisement

މިކަމާ ގުޅިގެން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒުއާއި މި ސުވާލު ވަނީ އަމާޒުކޮށްފަ އެވެ. 

ރާއްޖެޓީވީ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިއީ އެންމެން ގުޅިގެން ޓީމެއްގެ ގޮތުގައި ކުރެވޭނެ މަސައްކަތެއް ކަމަށެވެ. އަދި އިންތިހާބު ނިންމާލާފައި އެރޭ ކުރެއްވި ޓްވީޓުގައި ވެސް އަދި އަމަލީގޮތުން ވެސް އެމަނިކުފާނު ސާބިތުކޮށްދެއްވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރިކަމާއި، ސަރުކާރުން އިސްލާހުކުރަން ޖެހޭ ކަންކަން ހުރި ކަމަށެވެ. ރައީސް ވިދާޅުވީ އެކަންކަން އިސްލާހު ކުރުމާއިގެން ވަޑައިގަންނަވާނީ ކުރިއަށް ކަމަށެވެ.

ރިފަރަންޑަމްގެ އާނއެކޭ ސުވާލަށް އާނއެކޭ ޖަވާބު ދިނުމަށް އެ ސުވާލުގެ ތަފްސީލު ދިނުމަށް ނުވަތަ މަސައްކަތް ކުރުމަށް އަޅުގަނޑުމެންނަށް ރަނގަޅަށް ނެތޭ ކުރެވިފައި އެ ކިޔާ ދިނުމަށް. އަޅުގަނޑުމެންގެ ކެމްޕޭން ޓީމަށް، ނުވަތަ ޕީއެންސީގެ ކެމްޕޭން ޓީމަށް ދެންނެވި ވާހަކައެއް. އެހެންނަމަވެސް އެއާއި ގުޅިގެން ރައްޔިތުން މިއޮތީ ގާތްގަނޑަކަށް 70 އިންސައްތަ ނޫނެކޭ ދަންނަވާފައި. ދެން އެއާއެކު މިކަމާއި އަޅުގަނޑު ވަރަށް ރަނގަޅަށް ވިސްނީމަ ވަރަށް ސާފު، އެކަން އެގޮތަށް ނިމިގެން ދިއުމުން އޭގެ ޖަވާބަކީ ހަގީގަތުގައި ސަރުކާރުން ކަންތައްތައްކުރާ ގޮތް ކަމުގައި ވިޔަސް، އަޅުގަނޑު ކަންކަން ކުރާކަމުގައި ވިޔަސް، އިސްލާހުތަކެއް ގެންނަންޖެހޭ.
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުން ހޮވާފައި އިން މީހެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވިންދާ އިހުސާސާ އެއްގޮތަށް އެއްވެސް ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި، ފެށިގެން މިއަދާ ހަމައަށް އައި އިރުގައި ވެސް އެމަނިކުފާނު މަސައްކަތް ކުރަމުން އަންނަނީ ވީވަރަކުން ރައްޔިތުންނާ ވަރަށް ގާތުން، ރައްޔިތުންގެ އަޑުއަހައިގެން އަދި ކުރިއަށް އޮތްތަނުގައި ވެސް އަޑުއަހައިގެން ކަމަށެވެ. އަދި އިވޭ އަޑުތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ގުޅިގެން ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ވިޔަސް އަދި ކުރަންޖެހޭ ކަންކަން ވިޔަސް ކުރުމުގައި އިސްކަންދެއްވާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ރެފަރަންޑަމްގެ ނަތީޖާއިން ދޭހަކޮށްދެނީ ރައްޔިތުންގެ ތެރޭގައި ބައިވަރު ކަންބޮޑުވުންތަކެއް ހުރިކަން ކަމަށެވެ. އަދި ގުޑްގަވަރނަންސްގެ ތެރެއިން ވެސް ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި، އަދި އޭގެ އިތުރަށް ބައިވަރު ކަންކަން ރަނގަޅު ކުރުމުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ. 

ޑރ. މުޙައްމަދު މުޢިއްޒުޚިޔާލު ހޯދުމުގެ ވޯޓުޕީއެންސީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

20 އެޕްރީލު 2026

މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު

20 އެޕްރީލު 2026
މަޖިލިސް މެޖޯރިޓީ ޕީއެންސީ އަށް ދިނުމުން ޑޮލަރުގެ އަގު ދަށްވާނެ ކަމަށް ވިދާޅުވި ނަމަވެސް އަދިވެސް އެ މައްސަލަ ހައްލުނުވާ ސަބަބު މިނިސްޓަރު ސައީދަކަށް ނުދެންނެވުނު
20 އެޕްރީލު 2026

ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި

20 އެޕްރީލު 2026
ކުރީގެ ރައީސް ނަޝީދު ހުށަހެޅުއްވި '' ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަޝްވަރާއަށް'' ރައީސް މުއިއްޒު ދެކޮޅު ހައްދަވައިފި
20 އެޕްރީލު 2026

ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް

20 އެޕްރީލު 2026
ރައީސް މުއިއްޒުގެ ކެބިނެޓަށް އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީ އަށް
19 އެޕްރީލު 2026

އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން

19 އެޕްރީލު 2026
އެމްޑީޕީ މުޒާހަރާގައި ރޭ ވެސް ފުލުހުންގެ ފަރާތުން ފެނުނީ ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް ހިފެހެއްޓިތަން
19 އެޕްރީލު 2026

ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް

19 އެޕްރީލު 2026
ބޮޑުބަލީގެ ޒިންމާ އަނެއްކާވެސް މުއިއްޒު ބައިގެ މީހުންގެ ބޮލަށް
18 އެޕްރީލު 2026

ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން

18 އެޕްރީލު 2026
ކައުންސިލް އިންތިޚާބުގައި ބަލިވި ޕީއެންސީ އިން ގޮނޑި ކާމިޔާބު ކޮށްފައިވާ އަދަދު ކިޔަނީ ވާދަނުކޮށް "ދިން" ގޮނޑިތައް ވެސް ހިމަނައިގެން
18 އެޕްރީލު 2026

ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި އެމްޑީޕީ އަށް: އުމުރުން 20 އަހަރުގެ ރަފާ އަށް ފަޚުރުވެރި މޮޅެއް

18 އެޕްރީލު 2026
ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި އެމްޑީޕީ އަށް: އުމުރުން 20 އަހަރުގެ ރަފާ އަށް ފަޚުރުވެރި މޮޅެއް
18 އެޕްރީލު 2026

ރާއްޖޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ސަރުކާރުގެ ނާގާބިލުކަމުން، އެ މީހުންނަށް އެކަން ކުރަން ނޭނގޭތީ: ފަލާހު

18 އެޕްރީލު 2026
ރާއްޖޭގައި އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ސަރުކާރުގެ ނާގާބިލުކަމުން، އެ މީހުންނަށް އެކަން ކުރަން ނޭނގޭތީ: ފަލާހު
17 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން

17 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: ފެނުނީ ކަނބަލުންގެ އިސްނެގުމާއި ކެރުން
17 އެޕްރީލު 2026

ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް

17 އެޕްރީލު 2026
ޕީއެންސީ މަޖިލީހުގެ މެންބަރުންގެ މޫނުމަތިން ވެސް ފެންނަމުންދަނީ ނިމެމުންދާ ސަރުކާރުގެ މާޔޫސްކަން: މެންބަރު މީކާއީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް