Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭ ޑޭ

މޭޑޭގެ މުޒާހަރާ ހުއްޓުވުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަނީ!

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ސަރުކާރުގެ ބައެއް ކުންފުނިތަކާއި މިނިސްޓްރީތަކުން ޚާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ނިންމާފައި. މީގެ ތެރޭގައި އެމްޕީއެލްގެ ބާބަކިއުއަކާއި ދާޚިލީ ވުޒާރާގެ ހިނގާލުމެއް ހިމެނޭއިރު، މިއީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރުމަށް އޮތް ފުރުސަތު ހަނިކުރުމަށް ކުރާ ކަމެއް ކަމަށް ބައެއް މަސައްކަތްތެރިން ތުހުމަތުކުރޭ. މި ހަރަކާތްތަކަކީ މަސައްކަތްތެރިންގެ ހައްގުގައި ބާއްވާ ރެލީތަކަށް ހުރަސްއެޅުމުގެ ގޮތުން ރޭވިފައިވާ ކަންކަން ކަމަށްވެސް ބައެއް ފަރާތްތަކުން ބުނޭ.

އަމްނާ އިމާދު
އަމްނާ އިމާދު | 30 އެޕްރީލު 2026 | ބުރާސްފަތި 10:51
އަންގާރަ ދުވަހު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން.

އަންގާރަ ދުވަހު އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން. | އެމްޑީޕީ

މޭޑޭގެ މުޒާހަރާ ހުއްޓުވުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަން ނިންމާފައިވާ ކަމަށް ތުހުމަތު ކޮށްފި އެވެ.

ކޮންމެ އަހަރެއްގެ މެއި މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން މަސައްކަތްތެރިންގެ ހައްގުގައި ކޮންމެ އަހަރަކު ވެސް ރެލީތަކާއި، ސުލްހަވެރި އިހުތިޖާޖުތައް ކުރިއަށް ގެންދެ އެވެ.

Advertisement - newsAdvertisement

ނަމަވެސް މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކުން އެކިއެކި ހަރަކާތްތައް ބާއްވަން ވަނީ ނިންމާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޕީއެލުން ވަނީ ހުރިހާ މުވައްޒަފުންނަށް ބައިވެރިވާން ޖެހޭ ގޮތަށް ބާބަކިޔުއެއް ބޭއްވުމަށް ނިންމާފަ އެވެ. 

މީގެ އިތުރުން ދާޚިލީ ސަލާމާތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން ވަނީ  01 މެއި 2026ވާ ހުކުރު ދުވަހުގެ 16:00 ން 18:30 ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންދިޔުމަށް ވެސް ނިންމާފަ އެވެ. މުވައްޒަފުންނަށް ފޮނުވި މެސެޖުގައި ބުނީ، މި ހަރަކާތް ފެށޭނީ ސަލްމާން މިސްކިތް ކައިރިން، ބޮޑު ތަކުރުފާނު މަގުން ކަމަށާއި، ނިމޭނީ ސޯޝަލް ސެންޓަރު ސަރަހައްދަށް ކަމަށެވެ. އަދި ސޯޝަލް ސެންޓަރާއި މާފަންނު މަދަރުސާއާ ދެމެދު މަޖީދީ މަގުގައި ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

ވީހާވެސް ގިނަ މުވައްޒަފުން މި ހަރަކާތުގައި ބައިވެރިވުމަށް ވެސް އެދިފައިވެ އެވެ. 

މިހަރަކާތްތަކާ ގުޅޭގޮތުން ގިނަ މަސައްކަތްތެރިން ބުނީ މިއީ ސަރުކާރާ ދެކޮޅަށް މުޒާހަރާއެއް ކުރިއަށް ގެންގޮސްދާނެތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ކުރާ ހީލަތްތެރި ރޭވުމެއް  ކަމަށެވެ. މިއީ މަސައްކަތްތެރިންނަށް ވަރަށް ބޮޑަށް ދަތިކޮށްފައިވާ ސަރުކާރެއް ކަމަށްވާތީ، މުޒަހަރާއެއް އިންތިޒާމު ކޮށް ކުރިއަށް ގެންދާނަމަ، ގިނަ ބަޔަކު ބައިވެރިވާނެކަން ސަރުކާރުން ވެސް ގަބޫލުކުރާ ކަމަށް ބުނެފައިވެ އެވެ. 

މޭ ޑޭބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް

އިތުރަށް ކިޔާލަން

14 މާރިޗު 2026

ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި

14 މާރިޗު 2026
ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤު ކުރައްވައިފި
01 މެއި 2025

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭޑޭ ފާހަގަކުރަން ވަރުގަދަ ރެލީތައް

01 މެއި 2025
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭޑޭ ފާހަގަކުރަން ވަރުގަދަ ރެލީތައް
01 މެއި 2025

ޙާލުގައި ޖެހޭ ވަގުތު ސަލާމަތްވާނީ، ޙާލަތު ބަދަލު ކުރަން ގުޅިގެން މަސައްކަތް ކޮށްގެން: އިމްރާން

01 މެއި 2025
ޙާލުގައި ޖެހޭ ވަގުތު ސަލާމަތްވާނީ، ޙާލަތު ބަދަލު ކުރަން ގުޅިގެން މަސައްކަތް ކޮށްގެން: އިމްރާން
30 އެޕްރީލު 2025

އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން އެޕާޓީން ކުށްވެރިކޮށްފި

30 އެޕްރީލު 2025
އެމްޑީޕީގެ ދެ މެންބަރަކު ވެމްކޯގެ ވަޒީފާއިން ވަކިކުރުން އެޕާޓީން ކުށްވެރިކޮށްފި
30 އެޕްރީލު 2025

މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން

30 އެޕްރީލު 2025
މޭޑޭ އަށް ސަރުކާރުން މަރުހަބާ ކީ އައްޑޫ ވެމްކޯ އިން ދެ މުވައްޒަފުން ބޭ އިންސާފުން ވަކި ކުރަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު