Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ. ހޯރަފުށި

މި ސަރުކާރުން ވަނީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓާލާ، ވީރާނާ ވާން ދޫކޮށްލާފަ: ހޯރަފުށި ކައުންސިލް ރައީސް

ހޯރަފުށީގައި ފެށި ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓިފައިވާތީ، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތަކުރާރުކޮށް އެދިފަ. މީގެ އިތުރުން، އެ ރަށުގައި ކުރިން ފަށާފައިވާ ހޮސްޕިޓަލާއި، ބޮޓެލިން ޕްލާންޓް އަދި ކައުންސިލް އިމާރާތް ފަދަ މުހިންމު މަޝްރޫއުތައް މަޑުޖެހިފައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާކަން ކައުންސިލުން ފާހަގަކުރޭ. އެހެންކަމުން، މި މަސައްކަތްތައް އަވަސްކޮށްދިނުމަށް ރަށު ކައުންސިލުން ވަނީ ސަރުކާރަށް ގޮވާލާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 27 އެޕްރީލު 2026 | ހޯމަ 12:37
އެމްޑީޕީ ސަރުކާރުގައި ބާރު ސްޕީޑްގައި ކުރިޔަށް ގެންދިޔަ ހއ. ހޯރަފުށީ ފެނަކަ އާ އޮފީހުގެ އިމާރާތުގެ  މަސައްކަތް، ރައީސް މުއިިއްޒުގެ ވެރިކަން ފެށުނު ފަހުން ވަނީ ހުއްޓިފަ.

އެމްޑީޕީ ސަރުކާރުގައި ބާރު ސްޕީޑްގައި ކުރިޔަށް ގެންދިޔަ ހއ. ހޯރަފުށީ ފެނަކަ އާ އޮފީހުގެ އިމާރާތުގެ މަސައްކަތް، ރައީސް މުއިިއްޒުގެ ވެރިކަން ފެށުނު ފަހުން ވަނީ ހުއްޓިފަ. | ރާއްޖެ އެމްވީ

ހއ. ހޯރަފުށީގައި އެމްޑީޕީ ސަރުކާރުން އިމާރާތްކުރަން ފެށި ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ސަރުކާރު ބަދަލުވިފަހުން އެއްވެސް ވަރަކަށް ކުރިޔަށް ނުދާ ކަމަށާއި އެތަން މިސަރުކާރުން ވަނީ ވީރާނާ ވާން ދޫކޮށްލާފައި ކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަހީދު ވިދާޅުވީ ހޯރަފުށީ ފެނަކަ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފަށައިގެން ވަރަށް ބާރަށް ކުރިޔަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ. އަދި މިއީ ހޯރަފުށީ ފެނަކަ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެދުމުގެ މަތިން އޭރުގެ މަޖްލިސް މެމްބަރު ސައްލެ އާއި ހޯރަފުށީ ކައުންސިލާއި ފެނަކަ އާއި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން އާ އޮފީސް އިމާރާތެއް އެ މުވައްޒަފުންނަށް ހޯދައިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.

ނަމަވެސް ވެރިކަން ބަދަލުވިފަހުން މި މަސައްކަތް އެއްވެސް ވަރަކަށް ކުރިޔަށް ނުދާކަމަށް އެނާ ވިދާޅުވި އެވެ. އަދި މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހޯރަފުށީ ކައުންސިލުން ރައީސް މުއިއްޒުއާ ރަސްމީކޮށް ބައްދަލުކުރައްވާ، އަދި ލިޔެކިޔުމުން ވެސް މިކަމުގެ މައުލޫމާތު ދެ ފަހަރެއްގެ މަތިން ރައީސް އޮފީހަށް ފޮނުވާފައިވާނެ ކަމަށް ވަހީދު ވިދާޅުވި އެވެ.

ދައުރު ނިމުނު އިރުގައި މަސައްކަތް ހުރި ހިސާބު މިހާރު އެ ފެންނަނީ. އޭގެއިތުރަށް ދަންނަވަންތޯ އޭގެއިތުރަށް އެއްވެސް މަސައްކަތެއް މިތާ ނުކުރޭ. ހޯރަފުށީ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް ބައްދަލުކުރެއްވި. މިގޮތަށް ނުނިމި ހަލާކުވަމުންދާ ހުރިހާ ޕްރޮޖެކްޓެއްގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހިއްސާ ކުރިން. އަދި ހަމަ އެހެންމެ ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ލިޔެކިޔުމުން އެކަންކަން ކޮށްދެއްވުމަށް ސަމާލުކަން ވެސް އަޅުގަނޑުމެން ވާނީ ދެ ފަހަރެއްގައި މަތިން ގެނެއްސަ އިނގޭތޯ. ދެން އަޅުގަނޑުމެންނަކަށް ނޭނގެ މިތަނަށް ވާނެ ގޮތެއް. މިހާރު ވީރާނާ ވާން ދޫކޮަށްލާފަ މި ހުރީ އަދި މިތަަން ސާފުތާހިރުކޮށް ބަލަހައްޓާނެ އިންތިޒާމު ވެސް ކުރެވިފައެއް ނެތް.
ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ހޯރަފުށީގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ. މީގެ ތެރޭގައި ހޯރަފުށީގެ އެއަރޕޯޓް، ހޯރަފުށީގެ މަގުތައް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުން، ހޯރަފުށީގެ އައިސް ޕްލާންޓް، ޖުވެނައިލް ޖަސްޓިސް ބިލްޑިން، ވޮލީ ކޯޓް، ފުޓުބޯޅަދަނޑު، ކޯޓުގެ އާ އިމާރާތެއް، ޕްރީ ސްކޫލް، ތިން ޕާކެއް އަދި ފެރީ ޓާމިނަލް އަދި ރަށުގެ ގޮޑުދޮށް ހިމާޔަތްކުރުމަށްޓަކައި ޖިއޯ ބޭގް ޖަހައިގެން ހިއްކާފައިވާ ކުޑަ ތިން ރަށުގެ މަސައްކަތް ފާހަގަކޮށްލެވެ އެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހޯރަފުށީގައި ފަށައިގެން ބާރު ސްޕީޑުގައި ކުރިޔަށް ދިޔަ އެތައް މަޝްރޫއެއް މި ސަރުކާރު އައިފަހުން ވަނީ މަޑުޖެހިފަ އެވެ. އޭގެ ތެރޭގައި ވެރިކަން ނިމުނު އިރު ނިމެން ކައިރިވެފައިވާ ބިއްލޫރި ފުޅީގައި ބޯފެން ބަންދުކުރާ ބޮޓެލިން ޕްލާންޓް، ކައުންސިލް އޮފީހުގެ އާ އިމާރާތް އަދި ހޯރަފުށީގައި ގާއިމްކުރާ އާ ހޮސްޕިޓަލުގެ މަސައްކަތް ހިމެނެ އެވެ.

ކައުންސިލް ރައީސް ވަހީދު ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުތައް ކުރިޔަށް ނުދިއުމުން ހޯރަފުށީ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. ސަރުކާރުން މި މަޝްރޫއުތައް ކުރިޔަށް ގެންދިއުމަށް ރައްޔިތުން ވަނީ ގޮވާލާފަ އެވެ.

ހއ. ހޯރަފުށިއެމްޑީޕީފެނަކަރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

27 އެޕްރީލު 2026

ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!

27 އެޕްރީލު 2026
ރާއްޖެޓީވީ އާ ބެހޭ ގޮތުން ބާރަށު ދާއިރާގެ މެންބަރު ހެއްދެވީ ބޮޑު އިތުރުފުޅެއް!
27 އެޕްރީލު 2026

ބުލީކުރުން ކުށަކަށް ހަދައި އެކަން ހުއްޓުވުމަށް، އެންޓި-ބުލީ ގާނޫނެއް ހަދަނީ

27 އެޕްރީލު 2026
ބުލީކުރުން ކުށަކަށް ހަދައި އެކަން ހުއްޓުވުމަށް، އެންޓި-ބުލީ ގާނޫނެއް ހަދަނީ
27 އެޕްރީލު 2026

ގަމުގައި އަޅަން ނިންމި މެންޓަލް ހޮސްޕިޓަލް ގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންގޮސް، މާލޭގައި މެންޓަލް ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

27 އެޕްރީލު 2026
އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު
27 އެޕްރީލު 2026

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް
26 އެޕްރީލު 2026

ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު

މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު

26 އެޕްރީލު 2026
މީޑިއާ ތަކަށް އަރައި ބޭސް ގެނަސްފީމޭ، ކުންފުނި އުފައްދައިފީމޭ ސަރުކާރުން ބުންޏަސް، ރައްޔިތުންނަށް ބޭސް ނުލިބޭނަމަ އެކަން ގަބޫލު ނުކުރާނެ: ފުވައްމުލަކު މޭޔަރު
26 އެޕްރީލު 2026

މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި

26 އެޕްރީލު 2026
މޭޔަރު އާޒިމް އަށް ހަމަލާ ދިންތާ އެއް ދުވަސް ފަހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ފުލުހުން ބުނެފި
25 އެޕްރީލު 2026

މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް

25 އެޕްރީލު 2026
މުޒަަހަރާގައި އުމުރުން ދުވަސްވީ މީހެއްގެ ޚާއްސަ މެސެޖެއް ރައީސް މުއިއްޒު އަށް
25 އެޕްރީލު 2026

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް، އެމީހެއްގެ ފަހަތުގައި ގަދަކޮށް ހުންނާނަން: މީކާއިލް

25 އެޕްރީލު 2026
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކޮންމެ ބޭފުޅަކު ކާމިޔާބުކުރެއްވި ނަމަވެސް، އެމީހެއްގެ ފަހަތުގައި ގަދަކޮށް ހުންނާނަން: މީކާއިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު