Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސައްކަތްތެރީންގެ ދުވަސް

މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހީ މި ސަރުކާރުން، ގެންގުޅެނީ ވަށާޖެހޭ އަދުލުވެރި ސިޔާސަަތެއް: ރައީސް

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި އަލަށް 23،000 އަށްވުރެ ގިނަ ވަޒީފާ އުފައްދާފައިވާކަން ހާމަކުރެއްވި. މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅެނީ ޢަދުލުވެރި ސިޔާސަތެއްކަން ފާހަގަކުރައްވައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށާއި ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށް އެމަނިކުފާނު ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް, ރާއްޖެ އެމްވީ | 1 މެއި 2026 | ހުކުރު 08:37
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު | ރައީސް އޮފީސް

މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް އެންމެ ގިނައިން އަޑުއެހި ސަރުކާރަކަށް މި ސަރުކާރު ވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެފަދައިން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އާއްމު ކުރެއްވި ޚިތާބުގަ އެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ޚިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން މި ގެންގުޅެނީ ވަށައިޖެހޭ ޢަދުލުވެރި ސިޔާސަތެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

ރައީސް ވިދާޅުވީ ޚާއްޞަކޮށް ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކުން އެދެމުންދާތާ އެތައް އަހަރެއްވެފައި ހުރި ކަންކަމަށް ހައްލު ހޯދާ ދީފައިވާ ކަމަށެވެ، ސަރުކާރުން ވަނީ މަސްވެރީންނަށް ކުރީން ދަތިވެފައިއޮތް އެތައްކަމެއް ފަސޭހަކޮށްދީ، ދަނޑުވެރިކަން އިތުރަށް އާލާކޮށް، ފަތުރުވެރިކަން ނެތް ސަރަޙައްދުތަކަށް އެކަން ފުޅާކޮށް، އަދި ރާއްޖޭގައި ކުރީންނެތް ޞިނާޢީ ބައެއް މަސައްކަތްތައް އަލަށް ކުރަން ފަށާފައި ކަމަށް އެ މަނިކުފާނު ވިދާލުވި އެވެ.

މިއިން ކޮންމެ ކަމަކުން ރާއްޖޭގައި އިތުރަށް ވަޒީފާ އުފެދެމުންދާ އިރު، ތާރީޚުގައިވެސް ދިވެހި އުފެއްދުންތައް އެއްތަނަކުން އެންމެގިނައިން ފެންނަންހުރީ މިދިޔަ އަހަރު ބޭއްވި އުފެއްދުންތެރިކަމުގެ ޤައުމީ މަޢުރަޒުގަ ކަމަށް ރައީސް ވިދާޅުވި އެވެ. ފާހަގަކުރަމުންމިދާ ދިވެހި އުފެއްދުންތެރިކަމުގެ އަހަރާއެކު މިފަހަރުގެ މަޢުރަޒު އިރާދަކުރެއްވިއްޔާ އަދި މާ ކާމިޔާބުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުގެ އުމުރުން ދެ އަހަރާ ހަމަސް ވޭތުވާން ކައިރިވީ އިރު، 23,000 އަށްވުރެ ގިނަ ވަޒީފާ، ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގައި އަލަށް އުފެއްދިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

"ރާއްޖޭގައި ވަޒީފާތަކުގައްޔާއި މަސައްކަތްތަކުގައި އުޅޭ ބިދޭސީން ޤާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ހަރުދަނާ ފިޔަވަޅުތަކާއެކު، ރައްޔިތުން އެދޭ އަމާޒަށް މިކަންވެސް ގެންދެވެން ފަށައިފި. ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި ޢަމަލީސިފަ މިދަނީ ގެންނަމުން.  ދިވެހި ޤައުމަށް ފައިދާހުރި ކޮންމެ މަސައްކަތެއްކޮށްދެއްވާ ހީވާގި ޚިދުމަތްތެރިއަކަށްމެ، ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަޅުގަނޑު އަރިސް މިކުރަނީ، ދުޅަހެޔޮކަމާއި ކާމިޔާބީއަށް އަދި ﷲގެ ރަޙްމަތާއި ބަރަކާތަށް އެދެމުން. " ރައީސް ވިދާޅުވި އެވެ.

ކާބަފައިން ބިނާކުރި ދިވެހިވަންތަ ޙަޟާރަތުގައި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައް ހާސް ނަމޫނާއެއް ފެންނާން އެބަހުރި ކަމަށް ވެސް އެ މަނިކުފާނުގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފަ އެވެ. ޒަމާނުގެ އޮއިވަރަށް މިއައި ބަދަލުތަކާއި، ދަރުތުފަތުރާއި މުވާޞަލާތު މިދެކޭ ހަލުވި ގުޅުންތަކާއެކު، އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިޤްތިޞާދެއްގެވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމަށް މުހިންމު ރުކުނެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސްކޫލްތަކުގައި މަސައްކަތް ދަސްކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށްފައިވާ ކަމަށެވެ. އަދި ޤައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމްތައް ފަށާފައިވާ ކަަމަށާއި އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީއާއި ލުއިލޯނު ދިނުން އިތުރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެއްވެސް ޒުވާނަކު ބާކީވިޔަ ނުދީ ފިސާރި ހަރުދަނާ ކުއްޖަކަށް ހެދުމަށްޓަކައި ފެށި ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނު ފުރިހަމަކޮށް، ޒިންމާދާރު ވަޒީފާތަކަށް ދަރީން ނުކުންނަމުން އެދަނީ ޢާއިލާތައް ހިނިތުންކުރުވަމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ހަމައެހެންމެ ދުނިޔޭގެ ބާޒާރުން ދިވެހި މަސައްކަތްތެރީންނާއި އުފެއްދުންތަކަށް ޖާގަ ހޯދައިދިނުމަށް، ބައިނަލްއަޤްވާމީ ބޮޑެތި އީ-ކޮމާސް މަންސަތަކާއެކު އަޅުގަނޑުމެން އިސްނެގި މަސައްކަތުގެ މޭވާ ލިބެން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަސައްކަތެއް ނުލިބި ހަވާސާވެގެން ދިއުން ކުޑަކުރުމަށްޓަކައި ޖަލުތަކުގައި ތިބޭ ޤައިދީންނަށް ވެސް އެ ފުރުޞަތު ފަހިކޮށްދެމުންދާ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދާކުރެވޭނެ ވަޒީފާތައް ހަމަޖައްސައިދިނުމުގެ ޚާއްޞަ ޕުރޮގުރާމް ހަލުވިކަމާއެކު ހިނގަމުންދާއިރު، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާގައި އުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދޭން، އަޅުގަނޑުވީ ރިޔާސީ ވަޢުދާ އެއްގޮތަށް ހުޅުވާލާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އިސްކަންދެމުން ދަނީ ޤާބިލު ދިވެހި ކުންފުނިތަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ރައީސް ވަނީ ވަޒީފާ އާއި މަސައްކަތުގެ ފުރުޞަތުތައް ތަންމިނަށް ފަހިކޮށްދިނުމަށް ސަރުކާރުން އަޅަމުންދާ މި މުހިންމު ފިޔަވަޅުތައް ހަލުވިކޮށް ކާމިޔާބު ކުރުމުގައި ދިވެހި ހުރިހާ ރައްޔިތުން އެއްބާރުލުން ދެއްވުމަށް އާއްމުންގެ ކިބައިން އެދިވަޑައިގަންނަވާފަ އެވެ. މަސައްކަތެއް ކުރެވޭނެ ކެރި ކުޅަދާނަކަން ހުރި ކޮންމެ ދިވެހި ރައްޔިތަކުމެ ހަށިފޮޅައިލައްވާ ޢަމަލީ މައިދާނަށް ނުކުމެވަޑައިގަތުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ. މީގެ އިތުރުން 2045 ވަނަ އަހަރާ ހަމަޔަށް ދާއިރު، ތަރައްޤީވެފައިވާ ފުދުންތެރި ދިވެހިރާއްޖެއެއް ހޯދުމަށް ހިފާފައިމިވާ އަމާޒަށް ޤައުމު ވާޞިލުކޮށްދެވޭނީ ހީވާގި ދިވެހި މަސައްކަތްތެރީންނަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑރ. މުޙައްމަދު މުޢިއްޒުދިވެހި ވަޠަނީ ޙަރަކާތުވޮކޭޝަނަލް ހައިސްކޫލްމަސައްކަތްތެރިންގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ވިދާޅުވީ މައުލޫމާތު ސިއްރު ނުުރާނެ ކަމަށް، ތަރުޖަމާން ވިދާޅުވީ ދައުލަތެއްގެ ހުރިހާ މައުލޫމާތެއް ހާމަ ނުކުރެވޭނެ ކަމަށް

ރައީސް ވިދާޅުވީ މައުލޫމާތު ސިއްރު ނުުރާނެ ކަމަށް، ތަރުޖަމާން ވިދާޅުވީ ދައުލަތެއްގެ ހުރިހާ މައުލޫމާތެއް ހާމަ ނުކުރެވޭނެ ކަމަށް

30 އެޕްރީލު 2026
ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 4 ދަރަޖަ ދަށަށް ވެއްޓިއްޖެ

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 4 ދަރަޖަ ދަށަށް ވެއްޓިއްޖެ

30 އެޕްރީލު 2026
ރައީސް މުޢިއްޒު މޭ މަހު 3 އިން 6 އަށް ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް މުޢިއްޒު މޭ މަހު 3 އިން 6 އަށް ލަންކާއަށް ވަޑައިގަންނަވަނީ

30 އެޕްރީލު 2026
އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ

30 އެޕްރީލު 2026
ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

29 އެޕްރީލު 2026

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު