Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޫސްވެރިކަމުގެ މިނިވަންކަން ދަށްވުން

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 4 ދަރަޖަ ދަށަށް ވެއްޓިއްޖެ

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖޭގެ ސްކޯ ދަށްވެފައިވަނީ އިގްތިސާދީ، ސިޔާސީ އަދި ގާނޫނީ ދާއިރާތަކުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން. މީގެ ތެރޭގައި މީޑިއާތަކަށް ކުރިމަތިވާ މާލީ ފިއްތުންތަކާއި، މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަކުގެ އިތުރުން ނޫސްވެރިންގެ ރައްކާތެރިކަން ކުޑަވުން ހިމެނޭ. އާރް.އެސް.އެފްގެ ރިޕޯޓުގައިވާ ގޮތުން ސަރުކާރުގެ ނުފޫޒާއި މީޑިއާ ކޮމިޝަން އުފެއްދުން ފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 09:52
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ

ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ | ރައީސް އޮފީސް

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައި، 108 ވަނައަށް ވެއްޓިއްޖެއެވެ.

މިއީ މިދިޔަ 2025 ވަނަ އަހަރު ރާއްޖެ އޮތް 104 ވަނަ ދަރަޖައާ އަޅާބަލާއިރު ދަށްވުމެކެވެ. 

Advertisement - newsAdvertisement

އިންޑެކްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ޖުމްލަ ސްކޯ ވަނީ 52.46 އިން 49.23 އަށް ދަށްވެފަ އެވެ. މި ބަދަލާއެކު ނޫސްވެރިކަމުގެ މިނިވަންކަން ވަޒަންކުރާ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ރާއްޖޭގެ ރޭންކިންއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.

ވަކިވަކި ދާއިރާތަކަށް ބަލާއިރު، ސިޔާސީ ދާއިރާގެ އިންޑިކޭޓަރު 123 އިން 129 އަށް ވަނީ ދަށްވެފަ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރް.އެސް.އެފް) އިން އެކުލަވާލާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ހިމެނޭ ސިޔާސީ މިންގަނޑަކީ، މީޑިއާގެ ކޮންޓެންޓް ނުވަތަ ޚަބަރާއި މައުލޫމާތު ފެތުރުމުގައި ސަރުކާރުތަކުގެ ނުފޫޒާއި، ފިއްތުންތަކާއި، ކޮންޓްރޯލް އޮތް މިންވަރު ބަލާ މިންގަނޑެކެވެ.

މި މިންގަނޑުން މީޑިއާތަކުގެ އެޑިޓޯރިއަލް މިނިވަންކަމާއި، ދައުލަތުގެ ޕްރޮޕެގެންޑާ ފެތުރުމަށް ބާރުއަޅާ މިންވަރާއި، ސިޔާސީ ފަރާތްތަކުން ނޫސްވެރިންނަށް ކުރިމަތިކުރާ ހުރަސްތައް ވަޒަންކުރެ އެވެ. އަދި ދުނިޔޭގެ ފެންވަރުގައި ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ބޮޑަށް ދަށަށްދާކަން ފާހަގަކުރެވެނީ ވެސް ގައުމުތަކުގެ ސިޔާސީ މަޝްރަހަށް އަންނަ މިފަދަ ބަދަލުތަކާ ގުޅިގެންނެވެ.

އެންމެ ބޮޑު ހީނަރުކަމެއް ފެންނަނީ އިގްތިސާދީ ދާއިރާއިންނެވެ. އެގޮތުން އިގްތިސާދީ އިންޑިކޭޓަރު 118 އިން 157 އަށް ވަނީ ވެއްޓިފަ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރް.އެސް.އެފް) އިން ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ހިމެނޭ އިގްތިސާދީ މިންގަނޑަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ މާލީ ފިއްތުންތަކާއި، މީޑިއާތަކުގެ މިލްކުވެރިކަން މަދު ބައެއްގެ އަތްމައްޗަށް ޖަމާވުމާއި، އިޝްތިހާރު ކުރާ ފަރާތްތަކުގެ ނުފޫޒުގެ އިތުރުން ދައުލަތުގެ އެހީގައި ހިންގާ މީޑިއާތަކުގެ ދެމެހެއްޓެނިވިކަން ބަލާ މިންގަނޑެކެވެ.

މީގެ އިތުރުން ގާނޫނީ ދާއިރާގެ އިންޑިކޭޓަރު 103 އިން 126 އަށް ދަށްވެފައިވާއިރު، ސަލާމަތީ ދާއިރާގެ އިންޑިކޭޓަރު ވަނީ 56 އިން 77 އަށް ދަށްވެފަ އެވެ. ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރް.އެސް.އެފް) އިން ނެރޭ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ހިމެނޭ ސެކިއުރިޓީ ނުވަތަ ރައްކާތެރިކަމުގެ މިންގަނޑަކީ، ނޫސްވެރިންނަށް އޮތް ރައްކާތެރިކަން ވަޒަންކުރާ މިންގަނޑެކެވެ. މި މިންގަނޑުން ބަލަނީ ނޫސްވެރިންނަށް ކުރިމަތިވާ އިންޒާރުތަކާއި، އަނިޔާވެރިކަމުގެ އަމަލުތަކުގެ އިތުރުން، އެ ބޭފުޅުންގެ މަސައްކަތް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތަކަށެވެ. މިއީ ގައުމުތަކުގެ ދަރަޖަ ކަނޑައެޅުމުގައި ބޭނުންކުރާ މައިގަނޑު ފަސް މިންގަނޑުގެ ތެރެއިން އެއް މިންގަނޑެވެ. 

މީގެ އިތުރުން އިޖުތިމާއީ ދާއިރާގެ އިންޑިކޭޓަރު ވަނީ 133 އިން 118 އަށް ކުރިއެރުމެއް ހޯދާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އޭޝިއާ ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ، ގާތްގަނޑަކަށް 520،000 މީހުންގެ އާބާދީއެއް އޮތް ދިވެހިރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އަސާސީ އުސޫލުތަކަށް އިހުތިރާމް ނުކުރާ އަމިއްލަ އެދުން އިސްކުރާ ސަރުކާރެއްގެ ދަށުގައި އޮތް ގައުމެކެވެ. ނަމަވެސް 2010 ގެ އަހަރުތަކުގައި ރާއްޖެއަށް ޑިމޮކްރަސީ އައުމާއެކު، މިނިވަން އަދި ހަރަކާތްތެރި މީޑިއާއެއް ވަނީ އުފެދިފަ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ މިގޮތަށް ދަށްވެފައި މިވަނީ، މީޑިއާގެ މިނިވަންކަމާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ރާއްޖެއަށް ހުއްޓިފައިވާ ދަނޑިވަޅެއްގަ އެވެ. މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޫސްވެރިންނަށް މަސައްކަތް ކުރުމުގައި ހުރި ގޮންޖެހުންތައް ވަނީ އިތުރުވެފަ އެވެ.

ރިޕޯޓާސް ވިތައުޓު ބޯޑާސް އިން ބުނާގޮތުން މީޑިއާގެ މިނިވަންކަމަށް ގޮންޖެހުމަކަށްވާ ގޮތަށް ހެދި އަބުރުގެ ގާނޫނު ކުރީގެ ސަރުކާރުން އުވާލި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެނައި ބަދަލުތަކުން އެކަން ބަދަލުވެފައިވެ އެވެ. އަދި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނުތަކަށް ގެނައި ބަދަލުތަކާއި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް މީޑިއާ ކޮމިޝަން އުފެއްދުން ވެސް ފާހަގަކޮށްފައިވެ އެވެ. 

ޕްރެސް ފްރީޑަމް އިންޑެކްސްޑރ. މުޙައްމަދު މުޢިއްޒުމީޑިއާ ކޮމިޝަންއަބުރުގެ ގާނޫނުނޫސްވެރިކަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު މޭ މަހު 3 އިން 6 އަށް ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް މުޢިއްޒު މޭ މަހު 3 އިން 6 އަށް ލަންކާއަށް ވަޑައިގަންނަވަނީ

30 އެޕްރީލު 2026
އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ

30 އެޕްރީލު 2026
ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

29 އެޕްރީލު 2026
މިސަރުކާރުން ރައްޔިތުންގެ ހައްގުތައް އޮޅާލަމުންދާއިރު، ފުލުހުންގެ ޚިދުމަތުން ބަލަން ތިބެން ނުވާނެ: މައުސޫމް

މިސަރުކާރުން ރައްޔިތުންގެ ހައްގުތައް އޮޅާލަމުންދާއިރު، ފުލުހުންގެ ޚިދުމަތުން ބަލަން ތިބެން ނުވާނެ: މައުސޫމް

29 އެޕްރީލު 2026
ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

28 އެޕްރީލު 2026

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު