Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ފަޟީހަތްވުން

ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

ސަރުކާރުގެ ސިޔާސަތުތައް ދިފާއުކުރުމަށް ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަދީފައި ތިބި ފަރާތްތަކަށް، ސަރުކާރުގެ ނުބައި ސިޔާސަތުތަކާ ދެކޮޅަށް ތެދުވާ މަދު ބައެއްގެ އަޑު ކަނޑުވާނުލެވުނު ކަމަށް މެންބަރު އައްބާސް ވިދާޅުވި. ބާރާއި ނުފޫޒާއި ފައިސާ ބޭނުންކޮށްގެން ހަގީގަތް އޮޅުވާލަން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، މި ސަރުކާރު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވ. މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި ސިޔާސީ މަގާމުތަކާ ގުޅިގެން އާންމުންގެ ކަންބޮޑުވުން އިތުރުވެފައިވާ ދަނޑިވަޅެއްގަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 28 އެޕްރީލު 2026 | އަންގާރަ 18:02
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް | ރައްޔިތުންގެ މަޖިލިސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުކުޅެދުންތެރިކަން ފޮރުވުމަށްޓަކައި ކޮންމެ ކަމެއް ކުރީ ސަރުކާރުގެ ބޮލުގައި އަޅުވައި، ފައިސާ އާއި ބިރު ދައްކައިގެން ރައްޔިތުންގެ އިތުބާރު ދެން ނުހޯދޭނެ ކަމަށާއި، ދިވެހި ރައްޔިތުންގެ ކުރިމަތީގައި މި ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫން ކަމެއް ދެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، ސަރުކާރު ދިފާއު ކުރުމަށްޓަކައި ތުން ބަނދެ ހަތަރެސްފައި ބަނދެވިފައި ތިބި ބޭފުޅުންނަށް ދެއްކޭނެ އިތުރު އެއްވެސް ވާހަކައެއް މިހާރު ނެތް ކަމަށެވެ. އަދި ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް އިސްތިހާރުކޮށް ޕްރޮމޯޓް ކުރުމަށްޓަކައި ރައްޔިތުންގެ ފައިސާ އިން އެތައް މިލިއަން ރުފިޔާއެއްގެ މުސާރަ ދީގެން ރައީސް މުއިއްޒު ގެންގުޅުއްވާ ފަރާތްތައް މިއަދު ތިބީ ސަރުކާރުގެ ސިޔާސަތުތައް ދިފާއު ނުކުރެވި، ގޮތް ހުސްވެފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement
މިލިއަނުން ރުފިޔާ އޮއްސައިގެން ހިންގާ އޮންލައިން ނޫސްތަކާއި، ރައްޔިތުންގެ ފައިސާ އިން ބޮޑު މުސާރަ ދީގެން ގެންގުޅޭ ދެތިން "އަންހެން ބޮޓުން" މިއަދު ތިބީ ނާކާމިޔާބު ސިޔާސަތުތައް ދިފާއު ނުކުރެވިގެން ގޮތް ހުސްވެފަ. ދައުލަތުގެ ބަޖެޓުން ބޮޑެތި އިނާޔަތްތައް ދީގެން، މީސްމީޑިއާ ގައި ދޮގު ފަތުރަން ހަވާލުކޮށްފައިވާ މި ޓީމަށް މިއަދު ވަނީ މަގު އޮޅިފަ
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް

މި ސަރުކާރުން ބޮޑު މުސާރަ ދީގެން ގެންގުޅޭ އެކްޓިވިސްޓުންގެ ބޮޑު ލަޝްކަރަށް، ސަރުކާރުގެ ނުބައި ސިޔާސަތުތަކާ ފާޅުގައި ދެކޮޅަށް ތެދުވެ ތިބި މަދު ބަޔަކު ހުއްޓުވާ ނުލެވުނު ކަމަށް އައްބާސް ވިދާޅުވި އެވެ. މުޅި ދައުލަތް އެއްކޮށް ނިކުމެ، ރައްޔިތުންގެ ހައްގުގައި ބަސްބުނާ މަދު ބައެއްގެ އަޑު ކަނޑުވާލަން ކުރާ މަސައްކަތް މިހާރު ފެނަށް ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އައްބާސް އިތުރަށް ވިދާޅުވީ، ބާރާއި ނުފޫޒާއި ފައިސާއަށް ވުރެ ތެދު ހަގީގަތުގެ ބާރު މާ ގަދަވާނެ ކަމަށެވެ. އަދި ކިތަންމެ ބޮޑު މުސާރައެއް ދީގެން "ބޮޓުން" ލައްވައި ސޯޝަލް މީޑިއާގައި ޕޯސްޓުތައް ޖެއްސުވިޔަސް، އަދި ކިތަންމެ ވަރަކަށް ނޫސްތަކަށް ފައިސާ އޮއްސައިގެން ހަގީގަތް އޮޅުވާލަން އުޅުނަސް، ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ފޮރުވައި ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެލިދޫ ދާއިރާގެ މެންބަރު އައްބާސް މިފަދަ މޭރުމަކުން ސަރުކާރަށް ފާޑުވިދާޅުވެފައި މިވަނީ، ސަރުކާރުގެ ސިޔާސަތުތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގަ އެވެ. ހާއްސަކޮށް ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި، ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި އަމަލުކުރަމުންދާ ގޮތާ މެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު އައްބާސްވެލިދޫ ދާއިރާރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

28 އެޕްރީލު 2026

ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"

28 އެޕްރީލު 2026
ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"
28 އެޕްރީލު 2026

ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް

28 އެޕްރީލު 2026
ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް
28 އެޕްރީލު 2026

'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް

28 އެޕްރީލު 2026
'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން އަދަދު ނޫހަށް ވަދެ، މުދަލާ ތަކެތި ފުލުހުން ގެންގޮސްފައިވާތީ ހުށަހެޅި ކުއްލި މައްސަލަ ބަލައެއްނުގަތް
28 އެޕްރީލު 2026

ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު

28 އެޕްރީލު 2026
ތިލަމާލެ ބްރިޖް ލަސްވަނީ މި ސަރަހައްދަކީ ކަނޑުގަދަ ސަރަހައްދަކަށް ވުމާއެކު މަސައްކަތް ދަސްކުރަން ކޮންޓްރެކްޓަރަށް ވަގުތު ބޭނުންވާތީ: މިނިސްޓަރު
28 އެޕްރީލު 2026

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު