Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައިޝާ ޑޮކިއުމެންޓްރީ

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އަބުރަށް އަރައިގަނެ، ދޮގު މައުލޫމާތު ފަތުރާފައިވާ ކަމަށް ތުހުމަތުކުރެވޭ "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ތިން މަސް ދުވަހަށް ހިފަހައްޓައިފި. ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކަށް އޭނާ ފުރުން މަނާކުރީ، އެ ޑޮކިއުމެންޓްރީގައި ހިމެނޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސް އެދިވަޑައިގެންފައި ވަނިކޮށް. ކްރިމިނަލް ކޯޓުން މި އަމުރު ނެރުނީ ފިޔާޒް ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމަށް ބެލެވޭތީ ތަހުގީގަށް އޭނާ ރާއްޖޭގައި ބެހެއްޓުމުގެ މުހިންމުކަން ބޮޑުވުމުން ކަމަށް ބުނެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 28 އެޕްރީލު 2026 | އަންގާރަ 01:40
އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ

އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ | އަދަދު

ރައީސް މުއިއްޒު އަށް ނިސްބަތްވާ ގޮތަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ހޯމަ ދުވަހުގެ ރޭ ނެރުނު އަމުރަކުން ފިޔާޒްގެ ޕާސްޕޯޓު ތިން މަސް ދުވަހުގެ މުއްދަތަކަށް ވަނީ ހިފަހައްޓާފަ އެވެ.

Advertisement - newsAdvertisement

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އައިޝާ ޑޮކިއުމެންޓްރީގައި ރައީސް މުއިއްޒުއާ ގުޅޭ ގޮތުން ގިނަ ތުހުމަތުތަކެއް ކޮށް ގަޒުފްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފިޔާޒްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވެ އެވެ. އެހެންކަމުން އޭނާ ރާއްޖެއިން ފުރައިގެން ގޮސްދާނެ ކަމަށް ބެލެވޭތީ ފުރުން މަނާކުރަން ޖެހޭ ކަމަށް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

ފިޔާޒްގެ ޕާސްޕޯޓު ހިފަހައްޓާފައި މިވަނީ ޖިނާއީ މައްސަލައެއްގެ ތަހުގީގަށް އޭނާ ރާއްޖޭގައި ހުރުން މުހިންމު ކަމަށް ފުލުހުންނަށް ފެންނާތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އައިޝާ ޑޮކިއުމެންޓްރީގައި ހިމެނޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެކަމުގައި ޝާމިލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކަމާބެހޭ އިދާރާތަކުގައި ހޯމަ ދުވަހު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެދިވަޑައިގެންނެވި ފަހުން، ފިޔާޒްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އިތުރުން، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކޮށް ގިނަ އަދަދެއްގެ ސާމާނު އެތަނުން ނެރެގެން ގެންގޮސްފަ އެވެ. 

އައިޝާ ޑޮކިއުމެންޓްރީ އަކީ އަދަދު ނޫހުގެ ސޯޝަލް މީޑިއާ މަންސަތަކުގަ އާންމުކުރި ޑޮކިއުމެންޓްރީއެކެވެ. އެ ޑޮކިއުމެންޓްރީ ގައި އައިޝާ ނަމަކަށް ކިޔާ އަންހެން މީހަކު ރައީސް މުއިއްޒުއާ ގުޅުން ހުރި ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. 

ޑރ. މުޙައްމަދު މުޢިއްޒުހުސައިން ފިޔާޒު މޫސާއަދަދު ނޫސްކްރިމިނަލް ކޯޓްއައިޝާ ޑޮކިއުމެންޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި

މޭޔަރު އާޒިމަށް ހަމަލާދިން މީހާ ހަައްޔަރުކޮށް، 15 ދުވަހަށް ބަންދުކޮށްފި

27 އެޕްރީލު 2026
"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

"އައިޝާ" ޑޮކިއުމަންޓްރީ ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ކުރެއްވި އަމުރާއެކު، ފުލުހުން އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަން ފަށައިފި

27 އެޕްރީލު 2026
ދަރަނި ނެންގެވުމަށް ފަހު އެކަން އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތް ކުރައްވައިފި

ދަރަނި ނެންގެވުމަށް ފަހު އެކަން އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތް ކުރައްވައިފި

27 އެޕްރީލު 2026
ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!

ޝިއާއުގެ މަރު: ސާހިލްއަށް ކުރާ ގަސްދު މަރުގެ ދައުވާގައި ޚުލާސާ ބަޔާން އިއްވުން ދެން އޮންނަ އަޑުއެހުމެއްގައި!

27 އެޕްރީލު 2026
އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

އައިޝާ ޑޮކިއުންމެންޓަރީ އަކީ ދޮގެއް، އެ ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދެން: ރައީސް މުއިއްޒު

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު