Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚަރަދު ކުޑަކުރުން ސިޔާސަތު

ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

އެމްބަސީތައް ހިމެނޭހެން ގިނަ އަދަދަކަށް ސަރުކާރުގައި ސިޔާސީ މުވައްޒަފުން ތިބުމަކީ އާއްމުންގެ ބޮޑު ކަންބޮޑުވުމެއް. ޚަރަދު ކުޑަ ކުރަން ކުރާ މަސައްކަތްތަކުގެ ތަފްސީލް ވަޒީރުންނަށް ރަނގަޅަށް ހިއްސާ ނުކުރެވޭ.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 29 އެޕްރީލު 2026 | ބުދަ 13:34
އީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

އީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން | ސްކްރީން އިމޭޖް

ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލާއި ގުޅޭ ގޮތުން ސުވާލުކުރުމުން، އެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް އެކަމުގެ ތަފްސީލް ނޭނގޭ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެޓީވީގެ ނޫސްވެރިޔާ ވަނީ ސަރުކާރުން ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާކަން ހާމަކުރައްވާފައިވާ އިރު ޚަރަދު ކުޑަ ކުރުމުގެ ސިޔާސަތު ކިހާ ހިސާބަކަށް ގޮސްފައިވޭތޯ ސުވާލުކޮށްފަ އެވެ. 

އެ ސުވާލުގެ ޖަވާބުގައި ވަޒީރު ޒަމީރު ވިދާޅުވީ  ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ގޮތަށް އެ މަސައްކަތް ކުރިއަށް ދާ ކަމަށާއި އެކަމާއި ގުޅޭ ސީދާ ތަފްސީލެއް އަދި ލިބިވަޑައިގަންނަވާފައި ނެތް ކަމަށެވެ. އަދި ޕީސީބީ އިން ވެސް އެކަމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. ޒަމީރު ވަނީ މީހުން ވަކިކުރުމުގެ މަރުހަލާ އަކީ އެއް ދުވަހުން ކުއްލިއަކަށް މުވައްޒަފުން ކަނޑާލެވޭ ވަރަށް ވުރެ އިތުރަށް ބޮޑަށް ބަލައިގެން ކުރިއަށް ގެންދަން ޖެހޭ މަރުހަލާ އަކަށް ވުމުން އެ ކަމަށް ވަގުތު ހޭދަވާ ކަމަށް ފާހަގަކުރައްވާފަ އެވެ.

"އަޅުގަނޑު ކުރިން ވެސް ހަނދާންވޭ މިފަދަ ބައެއް ޑޭޓާ ދެންނެވިން. ޕޮލިޓިކަލް އެޕޮއިންޓީސްގެ ކަންކަން ކުރިއަށް ގެންދަނީ ރައީސް އޮފީހުން. ސަރުކާރުގެ ޖުމްލަ ޚަރަދުގެ 1% އަށް ވުރެ ވެސް މަދު އަދަދެއް އަޅުގަނޑުމެން ސިޔާސީ މުވައްޒަފުންނަށް މި ހޭދަ ކުރަނީ." ވަޒީރު ވިދާޅުވި އެވެ.

ނޫސްވެރިންގެ އެ ބައްދަލުވުމުގައި ރާއްޖެޓީވީ އިން ވަނީ މެލޭޝިއާގައި ހުންނަ އެމްބަސީގައި ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ތިބުމުން އެކަމާ ގުޅޭގޮތުން ވެސް ސުވާލުކޮށްފަ އެވެ. އެ ގޮތުން އެތަނުގައި މެލޭޝިއާ ސަރުކާރުން ހުއްދަދީފައިވާ މިންވަރަށް ވުރެ އިތުރަށް މުވައްޒފުން ތިބި ކަމަށާއި ތިން މަހުން ތިން މަހުން މުވައްޒަފުން ބަދަލުކުރާ ގޮތަށް މުވައްޒަފުން ތިބިކަމުގެ މައުލޫމާތު ލިބިފައިވާތީ އެކަމާ މެދު ވަނީ ސުވާލުކޮށްފަ އެވެ.

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ޖަވާބުގައި މެލޭޝިޔާގެ އެމްބަސީގައި ތިބި މުވައްޒަފުންގެ އަދަދު ހާމަ އެއް ނުކުރައްވަ އެވެ. ވަޒީރު ވިދާޅުވީ އެމްބަސީތައް ހިންގަނީ ގާބިލް މުވައްޒަފުން ނަގައިގެން ޚިދުމަތަށް ދަތި ނުވާގޮތަށް ކަމަށެވެ. އަދި މަސައްކަތް ކުރަނީ ފޮރިން ސަރވިސް ޤާނޫނުގެ ދަށުން ބުނާ މިންވަރަށް މުވައްޒަފުން ބޭތިއްބުމަށް ކަމަށް އިރުތިޝާމް ވިދާޅުވި ނަމަވެސް މެލޭޝިއާގެ ސަރުކާރުން ހުއްދަދީފައިވާ މިންވަރަށް ވުރެ އިތުރަށް މުވައްޒފުން ތިބި ކަމަށް ބުނާ ވާހަކަ ވަޒީރު ދޮގުކުރައްވާފަ އެއް ނުވެ އެވެ.

އެމްބަސީތައް ހިމެނޭހެން ގިނަ އަދަދަކަށް ސަރުކާރުގައި ސިޔާސީ މުވައްޒަފުން ތިބުމަކީ އާއްމުންގެ ބޮޑު ކަންބޮޑުވުމެކެވެ.

މޫސާ ޒަމީރުޑރ. މުޙައްމަދު މުޢިއްޒުމެލޭޝިއާޕީސީބީފޮރިން ސަރވިސް

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

ތެލުގެ އަގަށް އައި ބަދަލު ކަރަންޓުން ރިފްލެކްޓް ނުވާނެ ކަމަށް ފާހަގަކުރައްވާ ވަޒީރު ޒަމީރު ކަރަންޓު ބިލު ބޮޑުވުން ދިފާއު ކުރައްވައިފި

29 އެޕްރީލު 2026
ތެލުގެ އަގަށް އައި ބަދަލު ކަރަންޓުން ރިފްލެކްޓް ނުވާނެ ކަމަށް ފާހަގަކުރައްވާ ވަޒީރު ޒަމީރު ކަރަންޓު ބިލު ބޮޑުވުން ދިފާއު ކުރައްވައިފި
28 އެޕްރީލު 2026

ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

28 އެޕްރީލު 2026
ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް
28 އެޕްރީލު 2026

ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"

28 އެޕްރީލު 2026
ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"
28 އެޕްރީލު 2026

ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް

28 އެޕްރީލު 2026
ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް
28 އެޕްރީލު 2026

"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި

28 އެޕްރީލު 2026
"އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން އަދަދުގެ ސީއީއޯގެ ޕާސްޕޯޓު ހިފަހައްޓައިފި
27 އެޕްރީލު 2026

ދަރަނި ނެންގެވުމަށް ފަހު އެކަން އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތް ކުރައްވައިފި

27 އެޕްރީލު 2026
ދަރަނި ނެންގެވުމަށް ފަހު އެކަން އޮޅުވާލަން ރައީސް މުއިއްޒު މަސައްކަތް ކުރައްވައިފި
26 އެޕްރީލު 2026

ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އާދަމް ޝަރީފް، ތޯރިގް އަދި ދިޔާނާ

26 އެޕްރީލު 2026
ފޮރިން މިނިސްޓްރީގެ އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އާދަމް ޝަރީފް، ތޯރިގް އަދި ދިޔާނާ
26 އެޕްރީލު 2026

އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: "މުޒާހަރާ ހުއްޓާ ނުލީމަ، މުޒާހަރާގެ ބައިވެރިންނަށް ދަނީ އަނިޔާކުރަމުން."

26 އެޕްރީލު 2026
އެމްޑީޕީގެ ސިލްސިލާ މުޒާހަރާ: "މުޒާހަރާ ހުއްޓާ ނުލީމަ، މުޒާހަރާގެ ބައިވެރިންނަށް ދަނީ އަނިޔާކުރަމުން."
26 އެޕްރީލު 2026

މުއިއްޒު މުލީގައި ހޮސްޕިޓަލް އަޅަން ކޮނުނު ވަޅުގަނޑު ބޮޑު މަދިރިފެންގަނޑަކަށް - ބަލި ކޮންޓްރޯލެއް ނުވޭ

26 އެޕްރީލު 2026
މުއިއްޒު މުލީގައި ހޮސްޕިޓަލް އަޅަން ކޮނުނު ވަޅުގަނޑު ބޮޑު މަދިރިފެންގަނޑަކަށް - ބަލި ކޮންޓްރޯލެއް ނުވޭ
26 އެޕްރީލު 2026

ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު

26 އެޕްރީލު 2026
ހޯރަފުށީ ކުނި ކޮށްޓަށް ބިން ހަމަޖައްސައިދިނީމައި ބުނީ ކައުންސިލުން އެއްބާރުލުން ނުދެޔޭ، ރައީސްގެ ރިޔާސީ ވައުދުފުޅުގެ އަމަލީ އެއްވެސް މަސައްކަތެއް މިހާތަނަށް ނުކުރެޔޭ: ވަހީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު