Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ސްރީލަންކާ ދަތުރުފުޅު

ރައީސް މުޢިއްޒު މޭ މަހު 3 އިން 6 އަށް ލަންކާއަށް ވަޑައިގަންނަވަނީ

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2026 މޭ 3 އިން 6 އަށް އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައި. ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރައްވާ މި ދަތުރުފުޅުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމުގެ އިތުރުން، މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ވެސް ވަނީ ތާވަލުކުރެވިފައި. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އަނބިކަނބަލުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ.

މަޚްތޫމް
މަޚްތޫމް, ރާއްޖެ އެމްވީ | 30 އެޕްރީލު 2026 | ބުރާސްފަތި 09:29
ސްރީލަންކާގެ ރައީސް އަނޫރަ (ކ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ).

ސްރީލަންކާގެ ރައީސް އަނޫރަ (ކ) އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު (ވ). | ރައީސް އޮފީސް

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސާނާޔަކަގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2026 ވަނަ އަހަރުގެ މޭ މަހުގެ 3 އިން 6 އަށް ސްރީލަންކާއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ނުވަތަ ދޭދޭ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރައީސް ދިސާނާޔަކައާއެކު ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.

Advertisement - newsAdvertisement

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގެ އިސް މަސްއޫލުވެރީންނާއި ބައްދަލުކުރައްވުމުގެ އިތުރުން ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން އެ ޤައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ލީޑަރުންގެ ހާޒިރުގައި، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރުން، ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅަކީ ސްރީލަންކާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ހާމަކޮށްދޭ ދަތުރުފުޅެއް ކަމަށާއި، މިއީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް ދިސާނާޔަކަ މާލެއަށް ކުރެއްވި ދަތުރުފުޅަށް ފަހު ކުރެވޭ ދަތުރުފުޅެއްކަން ރައީސް އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޑރ. މުޙައްމަދު މުޢިއްޒުސްރީލަންކާއަނުރަ ކުމާރަ ދިސާނަޔަކަރާއްޖެ-ސްރީލަންކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް އަނެއްކާ ވެސް އަސްމާ

30 އެޕްރީލު 2026
ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހައްޔަރު ކުރި 3 ބިދޭސީން ޑީޕޯޓް ކޮށްލަނީ

29 އެޕްރީލު 2026
ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

ޚަރަދުކުޑަކުރުމާއި ސިޔާސީ މުވައްޒަފުން މަދުކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލް ވަޒީރުންނަށް ހިއްސާކޮށެއް ނުދެވުނު

29 އެޕްރީލު 2026
ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

ރައްޔިތުންގެ ކުރިމަތީގަ ރައީސް މުއިއްޒުގެ ސަރުކާރު ފަޟީހަތްވެ ބޭޒާރުވުން ނޫންކަމެއް ދެން ނުވާނެ: އައްބާސް

28 އެޕްރީލު 2026
ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"

ބޮންޑާ ރައީސް މުއިއްޒަށް ތިއީ "މުނާފިގުކަމުގެ ސިފަހުރި ވެރިއެއް"

28 އެޕްރީލު 2026

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު