Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާ އިން ދަތި ކުރާނެ ކަމުގެ އިންޒާރު ދީފި

އިޤްތިޞާދީ ހަނގުރާމަ ކަމަށް ނަން ދީފައިވާ ހަރަކާތުގެ ދަށުން އީރާން އަށް އެންމެ ބޮޑު ދަތި ކުރުން ތަކެއް އަޅުވާނެ ކަމަށާއި، އީރާންގެ ފަރާތްތަކާ ވިޔަފާރު ކުރާ ނުވަތަ އެހީތެރިވާ ތިން ވަނަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެއްވެސް ދެބަސްވުމެއް ނޯންނާނެ ކަމަށް ވެސް ބެސެންޓް ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އެޕްރީލު 2026 | އަންގާރަ 08:33
އެމެެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް.

އެމެެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް. | ގެޓީ އިމޭޖަސް

އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރާ ކުންފުނި ތަކަށް އެމެރިކާގެ ދަތި ކުރުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެމެެރިކާގެ ޓްރެޒަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބެސެންޓް އެކަން އިއުލާާން ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާ ވަނީ ވޯލް ސްޓްރީޓް ޖާނަލްގައި ބަޔާން ކޮށްފައިވާ ވާހަކަތައް ވެސް ހިއްސާ ކޮށްފަ އެވެ. 

ދަތި ކުރުމުގެ ލިސްޓުގައި ހިމެނޭ އީރާންގެ އެއާލައިންތަކާ އެކު ވިޔަފާރި ކުރުމަކީ އެމެރިކާގެ ދަތި ކުރުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ބެސެންޓް ވިދާޅުވި އެވެ. އަދި ސަރުކާރު ތަކުން އެ ސަރަަހައްދުގައި އޮންނަ ކުންފުނި ތަކުން އެ އެއާކްރާފްޓް ތަކަށް ޚިދުމަތް ނުދިނުމަށް ބޭނުންވާ ހުރިހާ ފިޔަވަޅު ތަކެއް އަޅަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެގޮތުން ޖެޓް ފިއުލް އާއި، ކޭޓަރިން އާއި ލޭންޑިން ފީ އަދި މެއިންޓެނަންސް ހިމެނޭ ކަމަށް ވެސް ބެސެންޓް ވަނީ ވިދާޅުވެފަ އެވެ. 

އިޤްތިޞާދީ ހަނގުރާމަ ކަމަށް ނަން ދީފައިވާ ހަރަކާތުގެ ދަށުން އީރާން އަށް އެންމެ ބޮޑު ދަތި ކުރުން ތަކެއް އަޅުވާނެ ކަމަށާއި، އީރާންގެ ފަރާތްތަކާ ވިޔަފާރު ކުރާ ނުވަތަ އެހީތެރިވާ ތިން ވަނަ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެއްވެސް ދެބަސްވުމެއް ނޯންނާނެ ކަމަށް ވެސް ބެސެންޓް ވިދާޅުވި އެވެ. 

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން، އީރާންގެ ވައިގެ ސަރަހައްދު ބަންދު ކުރި ނަމަވެސް، މަޑު މަޑުން އަންނަނީ ދަތުރުތައް ފަށަމުންނެވެ. އީރާންއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި އަސަރު ތަކެއް ކޮށްފައިވެ އެވެ. ޚާއްސަކޮށް ތެލާއި ގޭސް ވިއްކުމުން ލިބޭ އާމްދަނީ އަށް ބޮޑެތި ހުރަސް ތަކެއް ކުރިމަތިވެފައިވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ސްކޮޓް ބެސެންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް

އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީގެ ޝުކުރާއި ތައުރީފު ރަޝިޔާ އަށް

28 އެޕްރީލު 2026
އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ

އީރާނުގެ އެންމެ ފަހުގެ ހުށަހެޅުމާ މެދު ޓްރަމްޕް ހިތްހަމައެއް ނުޖެހޭ

28 އެޕްރީލު 2026
ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

ސަލާމަތީ ސަބަބު ތަކަށްޓަކައި ނަތަންޔާހޫގެ ބަޔާން ނެގުން ކެންސަލް ކޮށްފި

27 އެޕްރީލު 2026
ޕުޓިންއާ ބައްދަލު ކުރެއްވުމަށް، އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ރަޝިޔާ އަށް

ޕުޓިންއާ ބައްދަލު ކުރެއްވުމަށް، އީރާންގެ ފޮރިން މިނިސްޓަރު އަރާގްޗީ ރަޝިޔާ އަށް

27 އެޕްރީލު 2026
ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި

ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭ ގޮތަށް، އީރާން އިން އައު ހުށަހެޅުން ތަކެއް ހުށަހަޅައިފި

27 އެޕްރީލު 2026

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު